ޕީއެސްޖީން 10 ވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި

Apr 23, 2022, 11:42 PM
ޕީއެސްޖީން 10 ވަނަ ފަހަރަށް ފްރެންޗް ލީގު ކާމިޔާބުކޮށް ރެކޯޑަކާ ހަމަކޮށްފި

ޕެރިސް (އޭޕްރީލް 23) - ފްރެންޗް ލީގުގައި މިރޭ ލެންސާ 1-1 އިން އެއްވަރުވި ނަމަވެސް ޕީއެސްޖީން 10 ވަނަ ފަހަރަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައި ރެކޯޑަކާ ހަމަކޮށްފި އެެވެ.

ބާކީ ހަތަރު މެޗު އޮއްވައި ޕީއެސްޖީން ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދުމާ އެކު އެ ޓީމުން ވަނީ ސެއިން އެޓިއެންގެ ކާމިޔާބީގެ ރެކޯޑާ ހަމަކޮށްފަ އެވެ. ދެ ޓީމުން ވެސް ވަނީ ޖުމްލަ 10 ފަހަރު ފްރެންޗް ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ.

މިއީ ގަތަރުގެ މަހުޖަނު ނާސިރު އެލް ހެއްލާފީ ޕީއެސްޖީއާ ހަވާލުވި ފަހުން އެ ޓީމުން ލީގު ކާމިޔާބުކުރި އަށް ވަނަ ފަހަރެވެ. އަދި މިިދިޔަ 10 އަހަރު ތެރޭ ލީގު ކާމިޔާބުކުރާ އަށް ވަނަ ފަހަރު ވެސް މެ އެވެ. ޕީއެސްޖީ އޮތީ ލީގުގެ ދެ ވަނައިގައި އޮތް މާސޭ އަށް ވުރެ 16 ޕޮއިންޓް ކުރީގަ އެވެ. ޕީއެސްޖީ އަށް 34 މެޗުން 78 ޕޮއިންޓް ލިބިފައިވާއިރު، މާސޭގެ އޮތީ 33 މެޗުން 62 ޕޮއިންޓެވެ.

މިރޭ ޕީއެސްޖީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދޭން ކީލިއަން އެމްބާޕޭ، އަޝްރަފް ހަކީމީ އަދި ނޭމާ އަށް ލިބުނު ފުރުސަތުތަކުގައި ގޯލަށް ބޯޅަ ފޮނުވާލެވޭ ގޮތެއްނުވި އެވެ.

ލެންސް ޓީމުގެ ޑިފެންޑަރު ކެވިން ޑަންސޯ އަށް މެޗުގެ 58 ވަަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން މެޗުގެ ފަހު 35 ވަރަކަށް މިނިޓް އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެެވެ.

ލެންސްގެ ކުޅުންތެރިއަކު މަދުވިތާ މާގިނައިރެއްނުވެ، ޕީއެސްޖީން ގޯލު ޖެހި އެވެ. ޕީއެސްޖީ އަށް ލީޑުނަގައިިދިނީ އަނިޔާ އަށް ފަހު މިރޭ ޓީމަށް އެނބުރި އައި ލިއޮނަލް މެސީ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ނޭމާ ދިން ބޯޅައަކުން އޭރިއާބޭރުން މެސީ ފޮނުވާލި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ލެންސުން ވަނީ ހިތްވަރުކޮށް މެޗުގެ 88 ވަނަ މިނިޓްގައި އެއްވަރުކޮށްފަ އެވެ. ޕީއެސްޖީ ސިއްސުވާލުމަށް ފަހު މި ގޯލު ޖެހީ ކޮރެންޓީން ޖީން އެވެ.

މިރޭގެ ނަތީޖާއާ އެކު މިއީ ޕީއެސްޖީ ކޯޗަކަށް ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗިން ކެރިއަރުގައި ލީގެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޕީއެސްޖީގެ ތަރި މެސީ މި ވަނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ސްޕެނިޝް ލީގު ނޫން ލީގެއް ކާމިޔާބުކޮށްފަ އެެވެ. މެސީ ވަނީ ބާސެލޯނާއާ އެކު 10 ފަހަރު ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox