ރޯމާގެ ރެކޯޑް ނިމުމަކަށް ގެނެސް އިންޓަ އެއް ވަނަ އަށް

Apr 23, 2022, 7:20 PM
ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މާޓީނޭޒް އުފާފާޅުުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 23) - އިޓާލިއަން ލީގުގައި މިރޭ ރޯމާ އަތުން 3-1 އިން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާނުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

މި މެޗަށް ރޯމާ އިން ކުރިމަތިލީ ބަލިނުވެ 12 މެޗު ހަމަކޮށް ރަނގަޅު ފޯމެއް ދެމެހެއްޓުމަށް ފަހު އެވެ. އެކަމަކު، އިންޓަ އިން ރަނގަޅު ރޫހެއްގައި ކުޅެ، އެއް ވަނަ އަށް އަރަން ލިބިފައި އޮތް ފުރުސަތުގެ ބޭނުންހިފީ އެވެ. އެއް ވަނައިގައި އޮތް އިންޓަ އަށް 33 މެޗުން 72 ޕޮއިންޓް ލިބިފައިވާއިރު، އޭސީ މިލާން ދެ ވަނައިގައި އޮތީ 33 މެޗުން 71 ޕޮއިންޓާ އެކު އެވެ. މިލާނުން މާދަމާރޭ ލާޒިއޯ ބަލިކޮށްގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ.

އިންޓަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުން ފުރަތަމަ ހަަމަލާ ފޮނުވާލީ އޭރިއާބޭރުން ހަކަން ޗަނޮނޮގްލޫ އެވެ. އޭނާ ޖެހި ބޯޅަ ރޯމާގެ ކީޕަރު ރުއީ ޕެޓްރީޝިއޯ ވަނީ މަތަކޮށްފަ އެވެ. ރޯމާ އަށް ލީޑުނަގައިދޭން ހިލޭ ޖެހުމަކުން ޖިއަންލޫކާ މަންޗީނީ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މެޗުގެ 30 ވަނަ މިނިޓްގައި އިންޓަ އިން ލީޑުނެގީ ނެދަލެންޑްސްގެ ފުލްބެކް، ޑެންޒެލް ޑަމްފްރީސް ޖެހި ގޯލުންނެވެ. މިއީ ޗަނޮނޮގްލޫ ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ޑަމްފްރީސް ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. މެޗުގެ 40 ވަނަ މިނިޓްގައި އޭރިއާތެރެއިން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން މާސެލޯ ބްރޮޒޮވިޗް ވަނީ އިންޓަ އަށް ލީޑުފުޅާކޮށްދީފަ އެވެ. ބްރޮޒޮވިޗް ވަނީ މިދިޔަ ހަފްތާގައި އިންޓަ ކުޅުނު މެޗުގައި ސްޕެޒިއާ ކޮޅަށް ވެސް ގޯލު ޖަހައިފަ އެވެ. އެ ގޯލަކީ އަހަރެއްހާ ދުވަސް ފަހުން ލީގުގައި ބްރޮޒޮވިޗް ޖެހި ފުރަތަމަ ގޯލެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް ވަަނަ މިނިޓްގައި އިންޓަ އިން ތިން ވަނަ ގޯލެއް ޖެހި އެވެ. މިއީ މެޗުގެ 52 ވަނަ މިނިޓްގައި ކޯނަރަކުން ޗަނޮނޮގްލޫ ނެގި ބޯޅައަކުން ލަޓާރޯ މާޓީނޭޒް ބޮލުން ޖެހި ގޯލެކެވެ. ރޯމާ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ މެޗުގެ 85 ވަނަ މިނިޓްގަ އެވެ. މިއީ އެލްޑޯ ޝޮމުރޯޑޯވް ދިން ބޯޅަައަކުން އޭރިއާތެރެއިން ހެންރިކް މިކިތާރްޔަން ޖެހި ގޯލެކެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިވާން މަސައްކަތް ކުރަމުން އަންނަ ރޯމާ އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ކުޅެމުން އަންނަ ރޯމާ އަށް 34 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް ޔުވެންޓަސް އަށް ވަނީ 33 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ.

ހަ ވަނައިގައި އޮތް ފިއޮރެންޓީނާ އާއި ހަތް ވަަނައިގައި އޮތް ލާޒިއޯ އަށް ވަނީ 56 ޕޮއިންޓް ލިބިފަ އެވެ. މެޗު ހަމަކުރާއިރު، މި ދެ ޓީމަށް ވެސް ރޯމާ އަށް ވުރެ ކުރިއަށް އެރުމުގެ ފުރުސަތު އެބައޮތެވެ. ފިއޮރެންޓީނާ އިން 32 މެޗު ކުޅެފައިވާއިރު، ލާޒިއޯ އިން ވަނީ 33 މެޗު ކުޅެފަ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox