ރިޕޯޓުވާގޮތް: އަމިއްލައަށް ބެލެންސްކުރާ ސައިކަލެއް!

ވާގޮތް: އަމިއްލައަށް ބެލެންސްކުރާ ސައިކަލެއް!

ހޮންޑާއިން ތައާރަފްކުރަން މަސައްކަތްކުރާ ސެލްފް ބެލެންސިން މޮޓޯސައިކަލުގެ ޕްރޮޓޯޓައިޕް އެއް
ހޮންޑާއިން ތައާރަފްކުރަން މަސައްކަތްކުރާ ސެލްފް ބެލެންސިން މޮޓޯސައިކަލުގެ ޕްރޮޓޯޓައިޕް އެއް

މޮޓޯސައިކަލް ދުއްވަން އަލަށް ދަސްކުރަން އުޅޭ މީހެއްގެ އެންމެ ބޮޑު ބިރަކީ ސައިކަލާ އެކު ވެއްޓި ބޮޑު އަނިޔާއެއް ވެދާނެކަމުގެ ބިރެވެ. ސައިކަލް އުފެއްދުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ހޮންޑާ ކުންފުނިން ބޭނުންވަނީ މި މައްސަލައަށް ހައްލެއް ހޯދާށެވެ. އެ މަގުސަދުގައި ކުރި މަސައްކަތުން އުފެއްދި "ހޮންޑާ ރައިޑިން އެސިސްޓް-އީ ސިސްޓަމް" ފުރަތަމަ ދައްކައިލީ 2017 ވަނަ އަހަރު އެވެ. އޭރުގައި އުފެއްދީ މީހާގެ ވެސް ކޮންމެވެސް ވަރެއްގެ ވިސްނުމެއް ބޭނުންކޮށްގެން ފަސޭހަކަމާ އެކު ނުވެއްޓި ސައިކަލް ދުއްވޭނެ ނިޒާމެކެވެ.

އެއްގަމު އުޅަނދުތައް މިހާރަށް ވުރެ ތަރައްގީކުރަން ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ލޯއަޅައި ފާރަވެރިވާ މަޖައްލާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ އަހަރު ފަހުކޮޅު ހޮންޑާއިން ވަނީ ރައިޑިން އެސިސްޓް-އީ މުޅިން އެެހެން މަރުހަލާއަކަށް ގެންގޮސްފަ އެވެ. އެ ނިޒާމުގެ ދެވަނަ ޖީލުގައި ބޭނުންކޮށްފައި ވަނީ ސައިކަލުގެ ކުރީފުރޮޅާ އެއްކޮށް ހަރުކޮށްފައިވާ ސްވިންގް އާމްއާ އެކު މަސައްކަތްކުރާ ގައިރޮސްކޯޕް އެވެ.

ގައިރޯސްކޯޕަކީ އޭގެ ވަށައިގެން ހުންނަ ބުރު ކޮންމެ ގޮތަކަށް އެނބުރުނަސް، މެދު ސީދާ ތެދަށް ހުންނަ ގޮތަށް ހަދާފައި ހުންނަ އެއްޗެކެވެ.

ހޮންޑާގެ ސެލްްފް ބެލެންސިން ސައިކަލްގެ މި ޕްރޮޓޯޓައިޕަކީ އެކުންފުނިން ތަރައްގީކުރަމުން އަންނަ ހިއުމަނޮއިޑް ރޮބޮޓަށް ކުރަމުން އަންނަ ރިސާޗްގައި ހޯދިފައިވާ ހޯދުންތައް ބޭނުންކޮށްގެން އުފެއްދި ޕްރޮޓޯޓައިޕެކެވެ. ސައިކަލްގެ ސްޕީޑް ދަށްކޮލުމުން ނުވަތަ ހުއްޓައިލުމުން ނުވެއްޓި ހުންނާނެހެން ބެލެންސް ކޮށްލަނީ މި ރޮބޮޓިކް ނިޒާމުންނެވެ.

ޔޫޓިއުބްގައި އާއްމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސައިކަލު ނުވެއްޓި ހުންނަނީ އޭގެ މައިގަނޑު ފަރާތަކަށް އައިވެލާއިރަށް އެފަރާތްނޫން އަނެއް ފަރާތަށް އޭގެ ފުރޮޅު ދާތީ އެވެ. ފުރޮޅުތައް ހަރުކޮށްފައިވާ ބައިތައް ހުންނަނީ އެގޮތަށް ފަސޭހައިން ހަރަކާތްކުރާ ގޮތަށެވެ. އެބައިތައް ކުރިއަށާއި ފަހަތަށް ވެސް އެހާ ފަސޭހަކަމާ އެކު ހަރަކާތްކުރެ އެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ހޮންޑާއިން ސެލްފް ބެލެންސިން މޮޓޯސަައިކަލް ތަރައްގީކުރަމުން އަންނަނީ ދުއްވާ މީހާގެ އިޝާރާތްތަކަށް އަމިއްލައަށް އައުން ފަދަ ރޮބޮޓިކް ސިފަތަކާ ވެސް އެކުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox