ވިކްޓަރީ ސަސްޕެންޝަނުން ސަލާމަތްވާން މަސައްކަތްތަކެއް ފަށައިފި

Apr 23, 2022, 9:17 AM
ވިކްޓްރީގެ އިންޓަރިމް ޗެއާމަން މުހައްމަދު އާދަމް.-- ފޮޓޯ: އެފްއޭއެމް

ވިކްޓްރީގެ އިންޓަރިމް ޗެއާމަން މުހައްމަދު އާދަމް.-- ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ގަދަބާރު، ވިކްޓަރީ ސްޕޯޓްސް ކްލަބް އަލުން ފުޓްބޯޅަ އަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ފަށައިފި އެވެ.

ވިކްޓަރީން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައި ނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އެބައޮތެވެ.

މިދިޔަ މަހު ވިކްޓްރީގެ ޗެއާޕާސަންގެ މަގާމުން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އާއި ބޯޑުގެ ބައެއް މެމްބަރުން އިސްތިއުފާ ދެއްވައިފަ އެވެ. މި މަހު 29 ވަނަ ދުވަހު ވިކްޓްރީގެ އިންތިހާބު ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެކަންކަން ބެލެހެއްޓުމަށް އިންޓަރިމް ޗެއާމަނެއްގެ ގޮތުގައި ހަވާލުވެހުރީ ކުރިން ވިކްޓަރީ އަށް ކޯޗުކޮށްދިން މުހައްމަދު އާދަމް އެވެ.

ވިކްޓަރީން 2018 ވަނަ އަހަރު ބޭއްވި އެ ކްލަބްގެ އިންތިހާބުގައި ބޯޑަށް އިންތިހާބުވި މެމްބަރުން.

މިއަދު "އަދަދު" އިން ކުރި ސުވާލަކަށް މުހައްމަދު ބުނީ ވިކްޓަރީ އަލުން ގެނެވޭތޯ ކުރާ މަސައްކަތުގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ކްލަބްގެ ހިންގާ ބޯޑު އިންތިހާބު ކުރުން ކަމަށެވެ. އަދި މި މަހު 29 ވަނަ ދުވަހު ބާއްވާ އިންތިހާބަށް އަދި އެއްވެސް ފަރާތަކުން ކުރިމަތިނުލާ ކަމަށް ވެސް މުހައްމަދު ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން އެފްއޭއެމާ ވާހަކަ ދައްކައިގެން ހޯދި ހޯދުމުން އެނގެން އޮތީ ހައެއް ނޫނީ ހަތް ލައްކަ ރުފިޔާއޭ މި އުޅެނީ ކްލަބް އެކްޓިވް ހާލަތަށް އަންނަން ނުދެއްކި. ދެން ފީފާގައި އޮތް ބޭރު ކުޅުންތެރިންގެ މުސާރައިގެ މައްސަލަ ހައްލުކޮށްފައި، ދެން މި ކްލަބުން މުސާރަ ނުދެވި ހުރި ދިވެހި ކުޅުންތެރިންނާ އެކު ފައިސާ ދެވޭނެ ގޮތުގެ އެއްބަސްވުންތަކެއް ހެދޭތޯ މި ބަލަނީ. ފުރަތަމަ ކަމަކަށް އިންތިހާބު މި އޮތީ، އެކަން މި ބަލަނީ،" އެންމެ ފަހުން ވިކްޓަރީ ލީގުގައި ވާދަކުރިއިރު ކޯޗުކަން ކުރި މުހައްމަދު ބުންޏެވެ.

ވިކްޓަރީގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި މަހު 28 ވަނަ ދުވަހަށެވެ. އިންތިހާބު އޮތީ އޭގެ އަނެއް ދުވަހުގަ އެވެ.

ވިކްޓަރީން، 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރާތީ އެންމެ ފަހުން އެ ކްލަބް ސަސްޕެންޑްވީ އެވެ.

ސަސްޕެންޑްކުރިއިރު، ވިކްޓަރީން ތުހުމަތުކުރީ އެ އަދަބަކީ އެ ކްލަބުން އިސްވެ، އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރަން މަސައްކަތްކުރާތީ ކުރި ކަމެއް ކަމަށެވެ.

މިހާރު އޮތްގޮތުން ވިކްޓަރީން މި މަސް ތެރޭ އިންތިހާބެއް ބާއްވައިގެން އާ ބޯޑުގެ ދަށުން ކްލަބް ހިންގަން ފަށައިގެން ކްލަބްގެ ސަސްޕެންޝަން އުވާލެވިދާނެ އެވެ. އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާގެ ކަންކަމާ ގުޅޭގޮތުން އެއްބަސްވުންތަކެއް ހަދައި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކޮށްގެންނެވެ. އޭރުން، މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވިކްޓްރީ އަށް ވާދަކުރެވިދާނެ ކަމަށް އެފްއޭއެމުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox