ކްރިކެޓް ކާނިވަލް: ޔޫތު މިނިސްޓްރީ އާއި މީރާ ތާވަލުގެ ކުރީގައި

Apr 23, 2022, 6:32 AM
ކްރިކެޓް ކާނިވަލް: ޔޫތު މިނިސްޓްރީ އާއި މީރާ ތާވަލުގެ ކުރީގައި

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޮފީސް މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާ މީރާ އާއި ޔޫތު މިނިސްޓްރީގެ ޓީމު އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

އިއްޔެ ވަނީ ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕްބޯލް މުބާރާތުގެ ދެ މެޗާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ތިން މެޗު ކުޅެފަ އެވެ.

އޮފީސް ޓޭޕް ބޯލް މުބާރާތުގައި ހަޔަ އެޑިއުކޭޝަންއާ ބައްދަލުކޮށް މީރާ މޮޅުވީ 30 ލަނޑުންނެވެ. ދެ ވަނަ މެޗުގައި ޕޮލިސް ކްލަބް އަތުން ޔޫތު މިނިސްޓްރީ މޮޅުވީ 3 ވިކެޓުންނެވެ.

ހަވީރުގެ ފުރަތަމަ މެޗުގައި ޓޮސް ދިމާވުމުން މީރާ އިން ނިންމީ ފީލްޑް ކުރުމަށެވެ. ހަޔަ އެޑިއުކޭޝަނުން ކުޅެން އަރައި 8 އޯވަރު ތެރޭ 85 ލަނޑު ހެދި އެވެ. އެ ޓީމަށް އެންމެ ގިނަ ލަނޑު ހަދައިދިނީ ނުބައިނުވެ 22 ބޯޅައިން 30 ލަނޑު ހެދި އާދަމް އަބްދުﷲ އެވެ. ޖަވާބުގައި މީރާ އިން ކުޅެން އަރައި ފަސް އޯވަރު ތެރޭ 91 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 34 ލަނޑު ހެދި މުހަންމަދު ޖިނާހް އެވެ.

ދެ ވަނަ މެޗުގައި ޓޮސް ދިމާވީ ޔޫތު މިނިސްޓްރީ އަށެވެ. އެ ޓީމުން ނިންމީ ފީލްޑް ކުރުމަށެވެ. ޕޮލިހުން ކުޅެން އަރައި 8 އޯވަރުތެރޭ 84 ލަނޑު ހެދި އެވެ. ޕޮލިހުގެ އަހުމަދު ޝިރުހާން ވަނީ 12 ބޯޅައިން 30 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ޔޫތު މިނިސްޓްރީން ކުޅެން އަރައި 7 އޯވަރުތެރޭ 85 ލަނޑު ހަމަކޮށް މެޗުން މޮޅުވީ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ސައިފުލް އިސްލާމް އެވެ. އޭނާ ވަނީ ހަ ބޯޅައިން 18 ލަނޑު ހަދައިފަ އެވެ.

އިއްޔެ ކުޅެވުނު ކޮމްޕެނީ މުބާރާތުގެ މެޗުތަކަށް ބަލާއިރު ފުރަތަމަ މެޗުގައި އެސްޓީއޯއާ ބައްދަލުކޮށް ޓީމު ސިވިލިއަންސް ކާމިޔާބުކުރީ 8 ލަނޑުންނެވެ. ދެ ވަނަ މެޗުގައި ލެމަން ގްރާސްއާ ބައްދަލުކޮށް އިކްވިލެންޓް ލައިން ކާމިޔާބުކުރީ 8 ވިކެޓުންނެވެ. ތިން ވަނަ މެޗުގައި އެމްޓީސީސީ އޭއާ ބައްދަލުކޮށް އަލިޔާ މޯލްޑިވްސް ކާމިޔާބުކުރީ 8 ވިކެޓުންނެވެ.

ޓީމު ސިވިލިއަންސް އިން ކުޅެން އަރައި، 8 އޯވަރު ތެރޭ 121 ލަނޑު ހެދިއިރު، އެ ޓީމުގެ މުހަންމަދު ސިޔާމް އަދި ސަވިންދަރު ކޮންމެ ކުޅުންތެރިއެއް ވަނީ 31 ލަނޑު އެއްކޮށްފަ އެވެ. ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި 8 އޯވަރު ހަމަވިއިރު 113 ލަނޑު ހަދައި، މެޗުން މޮޅުވި އެވެ. އެ ޓީމުގެ ހަލާލް ހުސެއިން ވަނީ 44 ލަނޑު ހަދައިފަ އެވެ.

ދެ ވަނަ މެޗުގައި ލެމަން ގްރާސް އިން ކުޅެން އަރައި 8 އޯވަރު ތެރޭ 69 ލަނޑު ހެދި އެވެ. އެ ޓީމުގެ ބިންދުކާ 15 ލަނޑު ހެދިއިރު، އިކްވިލަންޓްހެ ޕްރިޔަންތަރު ސިލްވާ 4 ވިކެޓް ނެގި އެވެ. ޖަވާބުގައި އިކްވިލަންޓް މޯލްޑިވްސް އިން ކުޅެން އަރައި 4 ވަނަ އޯވަރުގައި 70 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ.

އެމްޓީސީސީ އޭ އިން އިއްޔެ ކުޅެން އަރައި، 8 އޯވަރު ތެރޭ 76 ލަނޑު ހެދި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި ޕްރަކާޝް އެވެ. ޖަވާބުގައި އެލިޔާ މޯލްޑިވްސް ކުޅެން އަރައި ފަސް ވަނަ އޯވަރުގައި 81 ލަނޑު ހަދައި، މެޗުން މޮޅުވީ އެވެ. އެ ޓީމުން 36 ލަނޑު ހެދި ރިލްވާން އާއި 19 ލަނޑު އެއްކުރި ހަމީދު މޮޅަށް ކުޅުނެވެ.

މުބާރާތުގައި މިއަދު ތިން މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ކުޅޭނީ ކޮމްޕެނީ މުބާރާތުގެ ފްރެންޑްސް އޮފް މޯލްޑިވްސް އާއި އަހިންސަކާސްގެ ޓީމުގެ މެޗެވެ. އެ މެޗު ފަށާނީ 14:30 ގަ އެވެ. ހަވީރު 16:00 ފެށިގެން އޮފީސް ޓޭޕްބޯލް މުބާރާތުގެ ދެ މެޗެއް ކުޅޭނެ އެވެ. އެ މުބާރާތުގައި ފުރަތަމަ ކުޅޭނީ އެމްއެމް އާއި އިމިގްރޭޝަންގެ މެޗެވެ. ދެން އޮންނާނީ މުލިއާގޭ ރެކްރިއޭޝަން ކްލަބާއި ރައީސް އޮފީސް ބައްދަލުކުރާ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox