މަސްއޫދަށް ހަމަލާދޭ ވީޑިއޯގައި ފެންނަ މީހާ އެވަގުތު ހުރީ އެހެންތަނެއްގައި ކަމަށް ކަނޑައަޅައި މިނިވަންކޮށްފި

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާ ދޭކަން ސީސީޓީވީ ފުޓޭޖުން ފެންނަ މީހާ

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ މަސްއޫދަށް ހަމަލާ ދޭކަން ސީސީޓީވީ ފުޓޭޖުން ފެންނަ މީހާ

ދިއެފްއެމް ރޭޑިއޯގެ ކުރީގެ ސީއީއޯ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ކުރީގެ މެންބަރު މަސްއޫދު ހިލްމީއަށް ހަމަލާ ދޭ މަންޒަރު ވީޑިއޯ ފުޓޭޖުން ފެންނަ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ރޭގަނޑު ވަގުތެއްގައި މަސްއޫދު އޭނާގެ އަނބިމީހާއެކު ފޮނަދޫގައި ސައިކަލެއްގައި ދަނިކޮށް، އެހެން ސައިކަލެއްގައި އައިސް މަސްއޫދާ އަރާ ހަމަކޮށް ދަގަނޑުބުރިއަކުން އޭނާގެ އަތުގައި ޖެހި މައްސަލައިގައި ދައުވާ އުފުލީ ލ. ފޮނަދޫ، ދިލްކުސާގެ، އަހްމަދު ޝަމީމްގެ މައްޗަށެވެ.

ޝަމީމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ތޫނު އެއްޗެއް ބޭނުންކޮށްގެން މަރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައި އަސާސީ އަދަބެއްގެ ގޮތުގައި ހަތް އަހަރާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އޮންނަ އެ ދައުވާގެ ޝަރީއަތަށް ދައުލަތުން 11 ހެކިން ހުށަހެޅި އެވެ.

ވީޑިއޯ ފުޓޭޖު ހިމެނޭހެން 11 ހެއްކެއް ދައުލަތުން ހުށަހެޅިއިރު، އޭގެ ތެރެއިން ގިނަ ހެކި ބަލައިނުގަންނަން ޝަރީއަތުން ނިންމި އެވެ. ދިފާއުގައި އޭރު އޭނާ އެ ވަގުތު ހުރީ ކޮންމެ ވެސް ގެއެއްގައި ކަން ސާބިތު ކުރަން ވެގެން ޝަމީމް ހުށަހެޅި ހަތަރު ހެކިންގެ ބަސް ނަގާފައިވެ އެވެ.

ފޮނަދޫ ކޯޓުން އެ މައްސަލަ ބެއްލެވި ލ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އަލީ ޝަރީފް ކުރެއްވި ހުކުމުގައިވާ އޮތީ، އަނިޔާވީ މަސްއޫދުގެ ކަނާއަތަށް ކަމަށް ދައުލަތުން ހުށަހެޅި ލިޔެކިއުންތަކުން ފެންނަން އޮތް ނަމަވެސް މެޑިކަލް ރިޕޯޓް ތައްޔާރު ކުރި ޑޮކްޓަރު ބުނީ އަނިޔާވީ މަސްއޫދުގެ ވައަތަށް ކަމަށެވެ.

މަސްއޫދުގެ އަނބިމީހާގެ ފޯނު ފުލުހުން ހުޅުވާފައިވަނީ ކޯޓު އަމުރަކާ ނުލާތީ އެ ވީޑިއޯ ވެސް ބަލައިނުގަތުމަށް މެޖިސްޓްރޭޓް ނިންމެވި އެވެ. އެހެންވެ ވީޑިއޯ އެންޑް އިމޭޖް އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރު ކުރި އޮފިސަރުންގެ ހެކި ބަސް ވެސް ބަލައިނުގަންނަން ނިންމި އެވެ.

މަސްއޫދުގެ އަނބިމީހާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް މެޖިސްޓްރޭޓް ނިންމެވި އެވެ. ސަބަބަކީ މަސްއޫދުއާއި ގާތް މީހަކަށްވެ މަސްލަހަތު ފުށު އަރާ ހެކި ބަހަކަށް އޭނާގެ ހެކި ބަސް ވާނެތީ ކަމަށް ހުކުމުގައިވެ އެވެ.

މީގައި މަސްއޫދުގެ ފަރާތުން ހެކިބަސް ދެވުނީ އޭނާއަށް އެކަންޏެވެ. ދައުވާ ރައްދުވާ ޝަމީމްގެ ފަރާތުން ހެކިބަސް ދިން ހަތަރު މީހުން ވެސް އޭނާ އެ ވަގުތު ގެއެއްގައި ސިޓިން ރޫމު ސާމާނުތަކެއް ރާވަން ހުރި ކަމަށް ބުނުމުން ޝަރީއަތުން ބުރަވީ ޝަމީމްގެ ކޮޅަށެވެ. އަދި ދައުވާ ސާބިތު ނުވާ ކަމަށް ނިންމެވީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox