ޕީއެސްޖީ މޮޅުވިޔަސް ލީގު ކަށަވަރުކުރަން އިންތިޒާރެއް

Apr 20, 2022, 9:33 PM
އެންޖާސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރާމޯސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އެންޖާސް ކޮޅަށް ގޯލު ޖެހުމަށް ފަހު ރާމޯސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 20) - ސާޖިއޯ ރާމޯސްގެ ގޯލާ އެކު މިރޭ އެންޖާސް އަތުން 3-0 އިން ޕީއެސްޖީ މޮޅުވި ނަމަވެސް، ފްރެންޗް ލީގު ޗެމްޕިއަންކަން ކަށަވަރުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

ޕީއެސްޖީ އަށް މިރޭ ލީގު ޔަގީންކުރެވެން އޮތީ ދެ ވަނައިގައި އޮތް މާސޭ އަށް ނޯންޓެސް އަތުން މޮޅުނުވެވިިއްޖެނަމަ އެވެ. މިރޭގެ މެޗުން ނޯންޓެސް އަތުން ފަހަތުން އަރައި 3-2 އިން މާސޭ މޮޅުވުމުން ޕީއެސްޖީ އަށް މި ވަނީ ލީގު ތަށި ހޯދައިގެން ބާއްވަން ބޭނުންވި އުފާފާޅުކުރުން ލަސްކުރަން ޖެހިފަ އެވެ.

ޕީއެސްޖީ މި ވަގުތު ފްރެންޗް ލީގުގެ އެއް ވަނައިގައި އޮތީ 33 މެޗުން 77 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާސޭ އަށް 33 މެޗުން މި ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ޕީއެސްޖީ އަށް ދެން ޗެމްޕިއަންކަން ޔަގީންކުރެވޭނީ ހޮނިހިރު ދުވަހު ލެންސާ ކުޅޭ މެޗުންނެވެ. އެ މެޗުން ޕޮއިންޓެއް ހޯދައިގެން ވެސް ޕީއެސްޖީ އަށް ބާކީ ހަތަރު މެޗު އޮއްވައި، ލީގު ތަށި ކަށަވަރުު ކުރެވޭނެ އެވެ. ޕީއެސްޖީން މީގެ ކުރިން ވަނީ ނުވަ ފަހަރު ފްރެންޗް ލީގު ކާމިޔާބުކޮށްފަ އެވެ.

އެންޖާސް ދަނޑުގައި މިރޭ ޕީއެސްޖީން ލީޑުނެގީ 28 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ ދިން ބޯޅައަކުން އޭރިއާ ބޭރުން ކީލިއަން އެމްބާޕޭ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުުރު ވަގުުތުގައި ޕީއެސްޖީގެ ލީޑުފުޅާކޮށްދިނީ އެންހެލް ޑި މާރިއާ ނެގި ހުރަހަކުން ރާމޯސް ބޮލުން ޖެހި ގޯލުންނެވެ. މެޗު ނިމެން 13 މިނިޓަށް ވެފައި ވަނިކޮށް، މާކުއީނިއޯސް ޕީއެސްޖީގެ ތިން ވަނަ ގޯލު ޖެހީ ވެސް ޑި މާރިއާ ނެގި ހުރަހަކުންނެވެ.

ބަދަލަކަށް އެރި އެންޖާސްގެ އެޑުއާޑް މިޗުޓަށް ވަނީ އިތުރު ވަގުތުގައި ރަތް ކާޑު ދައްކައިފަ އެެވެ. އަނިޔާގެ ސަަބަބުން މި މެޗުގައި ޕީއެސްޖީގެ ތަރި މެސީ ނުކުޅެ އެވެ.

މާސޭ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 26 ވަނަ މިނިޓްގައި އަންދްރެއި ގިރޯޓޯ ވަނީ ނޯންޓެސް އަށް ލީޑުނަގައިދީފަ އެެވެ. އެކަމަކު، 39 ވަނަ މިނިޓްގައި ޑިމިޓްރީ ޕަޔެޓް ޕެނަލްޓީ އަކުން މާސޭ އަށް އެއްވަރުކޮށްދިނެވެ. މާސޭ އިން އެއްވަރުކުރިތާ ދެ މިނިޓް ފަހުން ނޯންޓެސް އިން ވަނީ ދެ ވަނަ ފަހަރަށް ލީޑުނަގައިފަ އެވެ. މިއީ މާކަސް ކޯކޯ ޖެހި ގޯލެކެވެ.

ނޯންޓެސް އިން ހާފު ނިންމާލީ ކުރީގައި އޮވެގެންނެވެ. އެކަމަކު، މާސޭ އިން ދެ ވަނަ ހާފުގައި ތަފާތު ރޫހެއްގައި ކުޅެލައި ވަނީ ނަތީޖާ އަނބުރާލައިފަ އެވެ. މާސޭ އިން ދެ ވަނަ ފަހަރަށް އެއްވަރު ކުރީ ވެސް ޕަޔެޓް ޖެހި ޕެނަލްޓީ އަކުންނެވެ. މޮޅުވި ގޯލު ކާމިޔާބުކުރީ އަމީން ހަރީޓް އެވެ.

ނޯންޓެސް އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުުތުގައި ކޯކޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox