ހުލާސާކޮށް އިއްޔެ: ރިސޯޓު ހަދަން ހަތް ރަށެއް ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމުން

ރިސޯޓު ހަދަން އެވޯޑުކޮށްފައިވާ ގދ. ކަނޑަހަލަގަލާ: މިފަހަރު ކުއްޔަށް ދޭން ނިންމީ ހއ.، މ.، ފ.، ގއ. އަދި ގދ. އަތޮޅުން. -- ފޮޓޯ: ގޫގްލް އާތު

ރިސޯޓު ހަދަން އެވޯޑުކޮށްފައިވާ ގދ. ކަނޑަހަލަގަލާ: މިފަހަރު ކުއްޔަށް ދޭން ނިންމީ ހއ.، މ.، ފ.، ގއ. އަދި ގދ. އަތޮޅުން. -- ފޮޓޯ: ގޫގްލް އާތު

މިފަހުން ރިސޯޓު ހަދަން ހުޅުވާލި ރަށްތަކަށް ލިބުނު ބިޑުތައް އިވެލުއޭޓުކުރުމަށް ފަހު އޭގެ ތެރެއިން ހަތް ރަށެއްގައި ޓޫރިސްޓު ރިސޯޓު ތަރައްގީކުރަން އެވޯޑުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމީ އިއްޔެ އެވެ.

މި ރަށްތަކަކީ މިދިޔަ އަހަރު ދުބާއީ އެކްސްޕޯގައި ބީލަން ހުޅުވާލި 18 ރަށުގެ ތެރޭގައި ހިމެނޭ ރަށްތަކެވެ. މީގެ ތެރެއިން ނުވަ ރަށަކަށް 18 ބީލަން ލިބުނެވެ.

މި ބީލަންތައް އިވެލުއޭޓުކޮށް ނިންމުމަށް މިނިސްޓްރީން އިއްޔެ އެވޯޑުކުރި ރަށްތަކަކީ:

  1. ހއ. އަލިދުއްފަރުފިނޮޅު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 390،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 7،000.00 ޑޮލަރު
  2. މ. ސީދީހުރާ (މ. ސީދީހުރާ ވެލިގަނޑާ އެކު) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 1,599,999.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 120،000.00 ޑޮލަރު
  3. ފ. އެނބުލުފުށި - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 3،601،155.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  4. ފ. ޖިންނަތުގައު - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2,021,121.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 200،121.00 ޑޮލަރު
  5. ގއ. ފުނަދޫވިލިގިއްލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 އެމެރިކާ ޑޮލަރަށް
  6. ގދ. ކަނޑަހަލަގަލާ - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 2،800،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 150،000.00 ޑޮލަރު
  7. ގދ. ފެރޭތަވިލިގިއްލާ (ގދ. ދެކާނބަ، ގދ. ކޮޑެރެޓާ އަދި 0°22’12.86”N 73°1’28.98” E އާ އެކު) - ލީސް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި 702،000.00 ޑޮލަރު، ޓޫރިޒަމް ޓްރެއިނިން ފަންޑަށް 5،000.00 ޑޮލަރު

މިފަހަރު ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ރިސޯޓުތައް ވަރަށް މަދުން ހުރި ހއ.، މ.، އަދި ފ. އަތޮޅުގެ އިތުރުން ހުވަދޫ އަތޮޅެވެ.

ބިޑު ލިބުނު ރަށްތަކުގެ ތެރެއިން ހަވާލުނުކުރަނީ ހއ. މެދަފުއްޓާއި ތ. އަތޮޅުން ރަށެކެވެ.

ރިސޯޓު ހަދަން ރަށްތައް ކުއްޔަށް ދީގެން ލިބޭނެ އާމްދަނީ

އެކުއިޒިޝަން ކޮސްޓް - 11،834،275 ޑޮލަރު (182.4 މިލިއަން ރުފިޔާ)

ޓޫރިޒަމް ޓްރެއިނިން ފަންޑު - 637،121 ޑޮލަރު (9.8 މިލިއަން ރުފިޔާ)

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބީލަން އެވޯޑުކުރި ފަރާތްތަކުން އެކުއިޒިޝަން ކޮސްޓާއި ޓްރެއިނިން ފަންޑަށް ހުށަހަޅާފައިވާ އަދަދުގެ ދެބައިކުޅަ އެއްބައި ދެއްކުމުން އިނީޝަލް އީއައިއޭ ހަދަން 60 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މި ރަށްތައް ހަވާލުކުރިކަން ހާމަކުރި ނަމަވެސް ބިޑު ކާމިޔާބު ކުރީ ކޮން ބަޔެއް ކަމެއް މިނިސްޓްރީން އިއްޔެ ހާމަނުކުރެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ކުރީގެ ރައީސް އަބްދުﷲ ޔާމީނަަށް މަނީ ލޯންޑާ ކުރަން މަގުފަހިކޮށްދިންކަމުގެ ތުހުމަތުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލި ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމާއި އެ ދައުވާ ކްރިމިނަލް ކޯޓުގައި ގެންދެވޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.
  • މި އަހަރުގެ ފެބްރުއަރީ މަހު، ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން ދިވެހި ފުލުހުން ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު (އައިސިސް ހޫދު) ގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ އިއްޔެ އެވެ.
  • ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ބާލަން ގޮވާލާ އިދިކޮޅުން ފަށާފައިވާ އިންޑިއާ އައުޓް ހަަރަކާތުގެ ދަށުން ބޭނުންކުރާ "އިންޑިއާ އައުޓް" ސްލޯގަން ޖަހާފައިވާ ބެނޭތައް ނަގަން ގޭގޭގެ ވެރިންނަށް ފުލުހުން އަންގަން ފެށީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގައި ތިބި ކަމަށް ބުނާ އިންޑިއާގެ ހަތިޔާރުއެޅި ސިފައިން ބާލަން ގޮވާލާ އިދިކޮޅުން ފަށާފައިވާ އިންޑިއާ އައުޓް ހަަރަކާތުގެ ދަށުން ބޭނުންކުރާ "އިންޑިއާ އައުޓް" ސްލޯގަން ޖަހާފައިވާ ބެނޭތައް ނަގަން ގޭގޭގެ ވެރިންނަށް އަންގަމުން ފުލުހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ:

"ބެނާގައި އާއްމުކޮށް ފެންނާނެހެން "އިންޑިޔާ އައުޓް" ޖަހާފައި ދަމާފައި ހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި،"

ދުވަހުގެ ފޮޓޯ

ލ. އަތޮޅުގެ އަތަހެނދާއިން ފުރޮޅާލާފައި ތިއްބާ ފެނުނު ފަސް ވެލާ. އެ ވެލާތައް ފެނުނީ ރަށުގެ ރާޅުޖަހާ ސަރަހައްދާއި ތިން މީޓަރު އެތެރެއިން. ވެލާތައް ސަލާމަތްކުރުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު ރިސޯޓު، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވި --- ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް
ލ. އަތޮޅުގެ އަތަހެނދާއިން ފުރޮޅާލާފައި ތިއްބާ ފެނުނު ފަސް ވެލާ. އެ ވެލާތައް ފެނުނީ ރަށުގެ ރާޅުޖަހާ ސަރަހައްދާއި ތިން މީޓަރު އެތެރެއިން. ވެލާތައް ސަލާމަތްކުރުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު ރިސޯޓު، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވި --- ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ލ. އަތޮޅުގެ އަތަހެނދާއިން ފުރޮޅާލާފައި ތިއްބާ ފެނުނު ފަސް ވެލާ. އެ ވެލާތައް ފެނުނީ ރަށުގެ ރާޅުޖަހާ ސަރަހައްދާއި ތިން މީޓަރު އެތެރެއިން. ވެލާތައް ސަލާމަތްކުރުމުގައި މޯލްޑިވްސް އަންޑަވޯޓާ އިނިޝިއޭޓިވް، އޮލިވް ރިޑްލީ ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު ރިސޯޓު، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި ފުލުހުން ވެސް ވަނީ ހަރަކާތްތެރިވި --- ފޮޓޯ: އޮލިވް ރިޑްލީ ޕްރޮޖެކްޓް

ދިރާސާތަކުން ކިޔާލުމަށް

"ޓޫރިޒަމް ސެޓަލައިޓް އެކައުންޓް 2017"

މިއީ ރާއްޖޭގެ އިގްތިސާދަށް ސީދާ ގޮތުން ޓޫރިޒަމް އިންޑަސްޓްރީން ކުރާ އަސަރުތައް ދެނެގަތުމަށް ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އާ ގުޅިގެން 2017 ވަނަ އަހަރު ކުރި ދިރާސާއެކެވެ. މި ދިރާސާގައި ވަނީ ރާއްޖެ އަންނަ ފަތުރުވެރިން އެންމެ ގިނަ ހޯދާ ހިދުމަތްތަކާއި ގަންނަ ޕްރޮޑަކްޓުތަކުގެ އިތުރުން އެ ތަކެތި އުފެއްދުމަށް ރާއްޖޭގައި ކުރާ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox