ހައިކޯޓުގެ ފަނޑިޔާރު ހަމީދު އަދި ރައޫފު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ނިންމައިފި

ވަކިކުރަން ނިންމި ދެ ފަނޑިޔާރުން: ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި

ވަކިކުރަން ނިންމި ދެ ފަނޑިޔާރުން: ސުލޫކީ މައްސަލައެއް ވަނީ ސާބިތުވެފައި

ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ އަބްދުالله ހަމީދާއި އަބްދުއްރައޫފް އިބްރާހިމް ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމާފައިވަނީ ޖޭއެސްސީން މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅަން ފާސްކުރީ އެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެންނެވެ.

ދެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވެފައިވަނީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ ކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ އެވެ.

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ހާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުން ކަމަށެވެ. އަދި ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު ރައޫފް އަދި ފަނޑިޔާރު ހަމީދު ހަވާލުވުމަކީ ގާނޫނުއަސާސީއާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ނިންމި އެވެ. އެހެންވެ, އެ ދެ ފަނޑިޔާރުން ވެސް ވަކިކުރަން ހުށަހަޅަން އެ ކޮމިޝަނުން ފާސްކުރީ އެވެ.

ގާނޫނުގައި އޮންނަ ގޮތުން, ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން މަޖިލީހަށް ހުށަހެޅުމުން މައްސަލަ ކޮމިޓީގައި ދިރާސާކޮށް ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހައިގެންނެވެ.

އެނގިފައިވާ ގޮތުގައި މި ދެ ފަނޑިޔާރުން ފްލެޓް ހަމަޖައްސާފައިވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހައިކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށްފަހު އެވެ. އެކަން ހިނގީ, ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރި ހުކުމަށް ހައިކޯޓުން ތާއިދުކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ހުށަހަޅަން ޖޭއެސްސީން މިރޭ ނިންމިއިރު, އެ ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނެވި, ފަނޑިޔާރު އަލީ ސަމީރު ވަނީ މީގެ ދެ ދުވަސް ކުރިން ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ފްލެޓް މައްސަލާގައި ފަނޑިޔާރު ރައޫފު އަދި ހަމީދާ ގުޅޭ ގޮތުން ސާބިތުވި ސުލޫކީ މައްސަލައިގެ ތެރޭގައި ފަނޑިޔާރު އަލީ ސަމީރު ވެސް ހިމެނެ އެވެ. އެ މައްސަލަ އެ ކޮމިޝަނަށް ހުށަހެޅީ ތިން ފަނޑިޔާރުންނަށް ތުހުމަތުކޮށެވެ.

ވަކިކުރަން ނިންމި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ރައޫފަކީ ސުޕްރީމް ކޯޓުގެ އާ ބެންޗަށް އައްޔަންކުރުމަށް ޖޭއެސްސީން ލަފާ ދެއްވި ބޭފުޅެކެވެ. ނަމަވެސް, އޭނާއާ ގުޅޭ ސުލޫކީ މައްސަލަތަކެއް އޭރު ވެސް އޮތުމާއެކު, އެ ނަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ނުފޮނުވަ އެވެ.

ފަނޑިޔާރު ރައޫފަކީ ޖޭއެސްސީން އުފައްދާފައިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގައި ހައިކޯޓުގެ ފަރާތުން އިންނަވާ ފަނޑިޔާރު ވެސްމެ އެވެ. އޭނާ ވަނީ މީގެކުރިން ޖޭއެސްސީ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ފަނޑިޔާރު ހަމީދަކީ, ހައިކޯޓުގައި މިވަގުތު ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. އެގޮތުން, ފަނޑިޔާރު ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 2007 ވަނަ އަހަރު އެވެ. ފަނޑިޔާރު ހަމީދު ވަނީ މީގެކުރިން ޖޭއެސްސީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox