ހައްގުތަކުގެ މައްސަލަ މަޖިލީހުން ބަލައިނުގަތުމުން ކަންބޮޑުވުން

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ހިޔާލުފާޅު ކުރުމުގެ ހައްގާއި ޖުޑީޝަރީ މިނިވަން ކުރުން ފަދަ މުހިންމު ވައުދުތައް ފުއްދިފައިވާ ނުވާކަމަށް ބުނެ ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާއަކުން ނެރުނު ރިޕޯޓާ ގުޅުވައި އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ބޭރުކޮށްލުމުން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މަޖިލީހަށް އިއްޔެ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައި ޖުޑީޝަރީ މިނިވަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް ވެރިކަމަށް އައުމުގެ ކުރިން މި ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށެވެ.

ނަމަވެސް، މި ސަރުކާރުގެ ދައުރަށް ހަތަރު އަހަރު ފުރެންދާއިރު އެފަދަ މުހިންމު ވައުދުތައް އަދިވެސް ފުއްދިފައިނުވާތީ އެ ވައުދުތައް ފުއްދުމަށް ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ބަލަން ނެގި ވޯޓު ބުރަވީ އެ މައްސަލައާ ދެކޮޅަށެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 32 މެމްބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ އަށް މެމްބަރުންނެވެ.

ޓްރާސްޕޭރެންސީ މިއަދު ބުނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ބަލައިނުގަތުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ޓްރާންސްޕޭރެންސީން ވަނީ ހިއުމަން ރައިޓްސް ވޮޗުން އާންމުކޮށްފައިވާ ރިޕޯޓުގައި ހުރި ކަންކަން ފާހަގަ ކޮށްފަ އެވެ.

ހިއުމަން ރައިޓްސް ވޮޗު އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "އައި ކުޑް ހޭވް ބީން ނެކްސް، ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް" ރިޕޯޓެއްގައި ބުނީ ދިވެހި ސަރުކާރުން ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް އެހެން ކަހަލަ މުހިންމު ބަދަލުތައް ގެނައުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށެވެ.

ޖުމްލަ 56 ސަފްހާގެ އެ ރިޕޯޓުގައި ވަނީ ސަރުކާރުގެ ފަސް އަހަރު މެދަކާ ހިސާބަށް ގޮސްފައިވާއިރު، ރިޔާސީ އިންތިހާބަށް ވެފައިވާ ބައެއް ވައުދުތައް ފުއްދިފައިނުވާކަން ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ނިންމި ބަދަލުތަކާ ގުޅޭ ވައުދުތައް ހިމެނޭކަމަށް ހިއުމަން ރައިޓްސް ވޮޗުން ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox