ހިޔާލުފާޅު ކުރުމާއި ޖުޑީޝަރީ މިނިވަން ނުކުރާ މައްސަލަ ބަލައިނުގަތް

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވާފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުން ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވާފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ހިޔާލުފާޅު ކުރުމުގެ ހައްގާއި ޖުޑީޝަރީ މިނިވަން ކުރުން ފަދަ މުހިންމު ވައުދުތައް ފުއްދިފައިވާ ނުވާކަމަށް ބުނެ ބައިނަލްއަގުވާމީ މަދަނީ ޖަމިއްޔާއަކުން ނެރުނު ރިޕޯޓާ ގުޅުވައި އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަތް ބޭރުކޮށްލައިފި އެވެ.

ހިއުމަން ރައިޓްސް ވޮޗު އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު "އައި ކުޑް ހޭވް ބީން ނެކްސް، ސްޓައިމީޑް ރިފޯމްސް އިން ދަ މޯލްޑިވްސް" ރިޕޯޓެއްގައި ބުނީ ދިވެހި ސަރުކާރުން ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ނަމަވެސް, ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް އެހެން ކަހަލަ މުހިންމު ބަދަލުތައް ގެނައުމުގައި ފަރުވާކުޑަ ކޮށްފައިވާ ކަމަށެވެ.

ޖުމްލަ 56 ސަފްހާގެ އެ ރިޕޯޓުގައި ވަނީ ސަރުކާރުގެ ފަސް އަހަރު މެދަކާ ހިސާބަށް ގޮސްފައިވާއިރު، ރިޔާސީ އިންތިހާބަށް ވެފައިވާ ބައެއް ވައުދުތައް ފުއްދިފައިނުވާކަން ފާހަގަކޮށްފަ އެވެ.

އޭގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ނައްތާލުމަށާއި، ޖިނާއީ އަދުލުގެ ނިޒާމަށް ގެންނަން ނިންމި ބަދަލުތަކާ ގުޅޭ ވައުދުތައް ހިމެނޭކަމަށް ހިއުމަން ރައިޓްސް ވޮޗުން ފާހަގަކުރެ އެވެ.

އެ ޖަމިއްޔާގެ ރިޕޯޓާ ގުޅުވައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައި ޖުޑީޝަރީ މިނިވަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރާނެ ކަމަށް ވެރިކަމަށް އައުމުގެ ކުރިން މި ސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާ ކަމަށެވެ.

ނަމަވެސް، މި ސަރުކާރުގެ ދައުރަށް ހަތަރު އަހަރު ފުރެންދާއިރު އެފަދަ މުހިންމު ވައުދުތައް އަދިވެސް ފުއްދިފައިނުވާތީ އެ ވައުދުތައް ފުއްދުމަށް ހުސެއިން ހުށަހެޅުއްވި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަނެ، ބަހުސްކުރަން ފެނޭތޯ ބަލަން ނެގި ވޯޓު ބުރަވީ އެ މައްސަލައާ ދެކޮޅަށެވެ.

އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް 32 މެމްބަރުން ވޯޓު ދެއްވިއިރު، އެ މައްސަލައާ އެއްކޮޅަށް ވޯޓު ދެއްވީ އެންމެ އަށް މެމްބަރުންނެވެ.

ހިއުމަން ރައިޓްސް ވޮޗުން އެ ރިޕޯޓު ތައްޔާރުކުރީ ޖުމްލަ 26 ފަރާތަކާއި އިންޓަވިއު ކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ ކަމާގުޅޭ މީހުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެފަދަ މީހުން ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

އެގޮތުން، ސިޔާސީ ގޮތުން ހިމާޔަތް ލިބިފައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ކިބައިން ކުރިމަތިވާ ނުރައްކާތަކަށް ފިޔަވަޅު އަޅަން ސަރުކާރަށް ނުކުޅެދިފައިވާ ކަމަށް އެ ޖަމިއްޔާއިން އެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

އޭގެ އިތުރުން ވެސް ރާއްޖޭގައި ދީނުން ބޭރުވެފައިވާ ކަމަށް ބުނެ ބިރުދެއްކުމާއި އިންޒާރު ކުރިމަތިވާ ދީނީ އިލްމުވެރިންނާއި، އަންހެނުންގެ ހައްގުތަކަށް ވަކާލާތްކުރާ މީހުންނާއި، ޖިންސީ ގޮތުން އެކި ކަންކަމަށް ވަކާލާތުކުރާ ފަރާތްތަކާއި، ނޫސްވެރިންނަށް އެފަދަ ހަރުކަށި ޖަމާއަތްތަކުގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ވެސް ސަރުކާރަށް ހުއްޓުވިފައިނުވާ ކަމަށް އެ ޖަމިއްޔާގެ ރިޕޯޓުގައި ފާހަގަކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox