ސިޓީ ކައުންސިލަށް ހުއްދަ ނުދިނީ އޯލެވެލް ފެންވަރުގެ މަގާމަކަށް 20،000ރ. މުސާރައެއްގައި މީހަކު ނަގަން: ސީއެސްސީ

ސިޓީ ކައުންސިލަށް ހަ މަސް ދުވަސް ފުރުން ފާހަގަކޮށް އެ ކައުންސިލްއިން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ސިޓީ ކައުންސިލްގެ މެމްބަރުންނާ އަންހެނުންގެ ތަރައްގީ ކޮމިޓީގެ މެމްބަރުން. މާލެ ސިޓީ ކައުންސިލުން ވަނީ އެކައުންސިލަށް މުވައްޒަފުން ނެގުމުގައި ސީއެސްސީއިން ހުރަސްއަޅާ ކަމަށް ބުނެފައި --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ސިޓީ ކައުންސިލަށް ހަ މަސް ދުވަސް ފުރުން ފާހަގަކޮށް އެ ކައުންސިލްއިން ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން ސިޓީ ކައުންސިލްގެ މެމްބަރުންނާ އަންހެނުންގެ ތަރައްގީ ކޮމިޓީގެ މެމްބަރުން. މާލެ ސިޓީ ކައުންސިލުން ވަނީ އެކައުންސިލަށް މުވައްޒަފުން ނެގުމުގައި ސީއެސްސީއިން ހުރަސްއަޅާ ކަމަށް ބުނެފައި --- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިފަހުން ހުށަހެޅި ބައެއް ވަޒީފާތަކަށް މީހުން ނެގުމަށް ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ނުދިންކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، ބައެއް މަގާމުތަކުގެ ޝަރުތުތަކާއި މުސާރައާ ނުބައްދަލުވާތީ އެކަން އިސްލާހުކުރަން އެންގި ކަމަށް ސިވިލް ސާވިލް ކޮމިޝަނުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ސިޓީ ކައުންސިލަށް މުވައްޒަފުން ނެގުމުގައި ސިވިލް ސާވިސް ކޮމިޝަނުން ހުރަސް އަޅަމުންދާކަމަށް މި ނޫހަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މި ނޫހަށް ވިދާޅުވީ، ސިޓީ ކައުންސިލުން އަމިއްލަ ޝަރުތުތަކާއި މުސާރައާއެކު ހަތް މަގާމަކަށް މީހުން ނަގަން ސީއެސްސީއަށް ހުށަހެޅި ކަމަށެވެ.

ސީއެސްސީން ސިޓީ ކައުންސިލަށް އިސްލާހުކުރަން އެންގީ މަގާމުގެ ޝަރުތުތަކާ މުސާރައާ ނުބައްދަލު މަގާމުތަކަށް މީހުން ނެގުމަށް ހުށަހެޅުމުން ކަމަށް ރަޝީދު ވިދާޅުވި އެވެ. އެގޮތުން ސިޓީ ކައުންސިލުން އޯލެވެލް ފެންވަރުގެ ޝަރުތާއެކު މީޑިއާ އޮފިސަރަކަށް 20،000ރ. ރުފިޔާގެ މުސާރައެއް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އޯ ލެވެލް ފެންވަރަށް ކިޔަވައިގެން، 20،000ރ. މުސާރައެއް ނުދެވޭނެތާ މީޑިއާ އޮފިސަރެއްގެ މަގާމަށް. އޭރުން އެހެން މުއައްސަސާތަކުން ވެސް އެގޮތަށް އަމަލުކުރަން ފަށާނީ. ދެން ސީއެސްސީން ޒިންމާ ނަގަން އޮންނަނީ މިކަންކަމަށް. މަގާމުގެ މުސާރައާ ޝަރުތުތައް ބައްދަލުވާން ޖެހޭނެތާ," ރަޝީދު ވިދާޅުވި އެވެ.

އެ ސަބަބުތަކާހެދި ރަޝީދު ވިދާޅުވީ މުވައްޒަފުން ނަގަން ސީއެސްސީން ގެންގުޅޭ އޮނިގަނޑާ އެއްގޮތަށް އެކަން ކުރިޔަށް ގެންދިޔުމަށް ކައުންސިލަށް އެންގި ކަމަށެވެ. އަދި މީހުން ނެގުމަށް އޮންނަ މިންގަނޑާ ދިމާވާ މަގާމުތަކަށް އެ ކޮމިޝަނުން ހުއްދަ ދީފައިވާނޭ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ވަޒީފާގެ މުސާރައާއި ޝަރުތުތަކުގެ ހަމަހަމަކަން ދަމަހައްޓައި، ބައްދަލުވާކަން ކަށަވަރު ކުރުމަކީ ސީއެސްސީގެ ޒިންމާއެއް ކަމަށާއި، އެހެންކަމުން އެދޭ ގޮތަކަށް އެދޭ ޝަރުތުތަކާއެކު އެދޭ މުސާރައެއް ދިނުމަށް ހުއްދަ ދެވޭކަށް ނޯންނަކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް އަމިއްލަ މުސާރައާ ޝަރުތުތައް ކަނޑައަޅާނަމަ، އެހެން ހުރިހާ ކައުންސިލަކުން ވެސް އެގޮތަށް އަމަލުކުރަން ބޭނުންވާނެ. އެކަމަކު އެއީ ކުރެވެން އޮންނަ ކަމެއް ނޫން،" ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ގިނަ ބަޔަކަށް އެކަން އެހެން ގޮތަކަށް ހީވެފައި އޮތަސް، މުއައްސަސާތަކުގައި މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުން ވެސް ބަލަނީ ސިވިލް ސާވިސްގެ ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެހެންކަމުން އެފަދަ ހާލަތްތަކުގައި ވެސް މުސާރައިގެ ކަންކަން ސީއެސްސީން ބަލަމުންދާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސިޓި ކައުންސިލުން ހުށަހެޅި ގިނަ މަގާމުތަކަށް ސީއެސްސީން ހުއްދަ ދީފައިވާނެ ކަމަށެވެ. އަދި ނުދީ ހުންނާނީ ވަރަށް މަދު އަދަދެއްގެ މަގާމުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން 20،000 ރުފިޔާގެ މުސާރައެއްގައި މީޑިއާ އޮފިސަރަކަށް އެދުނު ހުށަހެޅުން އެއީ އެފަދަ އެއް މަގާމު ކަމަށެވެ.

މުއިއްޒު ވަނީ 360 އެއްހާ މުވައްޒަފުން މިހާރު ތިބި ސިޓީ ކައުންސިލަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ސިޓީ ކައުންސިލަށް މަގާމުތަކަށް މީހުން ނަގަން ފިނޭންސް މިނިސްޓްރީއާ އެލްޖީއޭއިން ހުއްދަދީފައިވާއިރު، ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ނުދޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލްގެ މަސައްކަތްތަކަށް ބުރޫއަރާކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox