މާސޭ ބަލިކޮށް ޕީއެސްޖީން ލީގު ކަށަވަރުކުރުމާ ގާތަށް

Apr 17, 2022, 9:41 PM
ޕީއެސްޖީގެ އެމްބާޕޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީއެސްޖީގެ އެމްބާޕޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 18) - ފްރެންޗް ލީގުގައި މިރޭ ދެ ވަނައިގައި އޮތް މާސޭ 2-1 އިން ބަލިކޮށް، ޕީއެސްޖީން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ބުދަ ދުވަހުގެރޭ ނޯންޓެސް އަތުން މާސޭ އަށް މޮޅުނުވެވި، ޕީއެސްޖީ ކުޅޭ މެޗުން އެންޖާސް އަތުން ކުރިހޯދައިިފިނަމަ ޕީއެސްޖީ އަށް ލީގު ޗެމްޕިއަންކަން ކަށަަވަރުކުރެވޭނެ އެވެ.

މިރޭގެ މެޗަށް ފަހު ޕީއެސްޖީ ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ޕީއެސްޖީ އަށް 32 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، މާސޭ ދެ ވަނައިގައި އޮތީ 32 މެޗުން 59 ޕޮއިންޓް ހޯދައިގެންނެވެ.

ޕީއެސްޖީ ދަނޑުގައި މިރޭ ކުޅުނު މެޗަށް މާސޭ ސަޕޯޓަރުން ނުވައްދަ އެވެ. ފްރެންޗް ފުޓްބޯޅައިގެ މަޝްހޫރު "ލެ ކްލާސިކް" މެޗަށް މާސޭ ސަޕޯޓަރުން ނުވައްދަން ނިންމީ މި ދެ ކްލަބްގެ ކުރިމަތިލުންތަކުގައި ފަހަކަށް އައިސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރި ނަމަވެސް ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާތީ އެވެ. އެންމެ ފަހުން ދެ ޓީމުގެ ސަޕޯޓަރުން އެކުގައި ދަނޑުގައި ތިބެގެން މެޗެއް ފުރިހަމަކުރެވުނީ 2018 ވަނަ އަހަރު އެވެ.

މިރޭގެ މެޗުގައި ޕީއެސްޖީ އަށް ލީޑުނަގައިދިނީ 12 ވަނަ މިނިޓްގައި ނޭމާ އެވެ. މާކޯ ވެރާޓީ ދިން މޮޅު ބޯޅައަކުން ނޭމާ މި ގޯލު ޖެހީ އޭރިއާތެރެއިން މާސޭގެ ކީޕަރު ޕައު ލޮޕޭޒަށް މާ ބޮޑު ފުރުސަތެއްނުދީ އެވެ.

މެޗުގެ 31 ވަނަ މިނިޓްގައި ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ޕީއެސްޖީގެ ކީޕަރު އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ ހެދި ގޯހެއްގެ ފައިދާނަގައި މާސޭ އިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ ކްރޮއޭޝިއާގެ ޑިފެންޑަރު، ޑޫޔޭ ޖަލޭޓާ-ޖާ އެވެ. އޭގެ ފަހުން ޕީއެސްޖީގެ ލިއޮނަލް މެސީ ޖެހި ދެ ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ މެޗުން މޮޅުވި ގޯލު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި މި ގޯލު ޖެހީ ޕެނަލްޓީ އަކުން ކީލިއަން އެމްބާޕޭ އެވެ. މާސޭގެ ވަލެންޓިން ރޮންޖިއޭ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފަ އެވެ. އެ ނިންމުމާ މެދު މާސޭ އިން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މި ޕެނަލްޓީން ޖެހި ގޯލަކީ އެމްބާޕޭ މި ފަހަރު ލީގުގައި ޖެހި 21 ވަނަ ގޯލެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގެ ޖުމްލަ އަށް ބަލާނަމަ 32 ވަނަ ގޯލެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، ޑިމިޓްރީ ޕަޔެޓްގެ ހިލޭ ޖެހުމަކުން ވިލިއަމް ސަލީބާ ވަނީ ގޯލެއް ޖަހައި މާސޭ އަށް އެއްވަރުކޮށްދީފަ އެވެ. އެކަމަކު، އެ ގޯލު ބަލައިނުގަންނަން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ.

ޕީއެސްޖީން މި ފަހަރު ފްރެންޗް ލީގު ކާމިޔާބުކޮށްފިނަމަ މިއީ ފާއިތުވި 10 އަހަރު ތެރޭ އެ ޓީމުން ލީގު ކާމިޔާބުކުރާނެ އަށް ވަނަ ފަހަރެވެ. އަދި ޕީއެސްޖީގެ ތާރީހުގައި އެ ޓީމުން ލީގު ހޯދާނެ 10 ވަނަ ފަހަރެވެ. ޕީއެސްޖީގެ ރައީސް ކަމާާ ގަތަރުގެ މަހުޖަނު ނާސިރު އަލް ހެއްލާފީ ހަވާލުވި ފަހުން އެ ޓީމު ވަނީ މިހާތަނަށް ހަތް ފަހަރު ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox