ބެންޒެމާގެ ގޯލުން ރެއާލުން ފަހަތުން އަރައި ސެވިއްޔާ ބަލިކޮށް ބޮޑު މޮޅެއް ހޯދައިފި

Apr 17, 2022, 9:13 PM
ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސެވިލް، ސްޕެއިން (އޭޕްރީލް 18) - ސްޕެނިޝް ލީގުގައި މިރޭ އިތުރު ވަގުތުގައި ކަރިމް ބެންޒެމާ ޖެހި ގޯލާ އެކު ފަހަތުން އަރައި 3-2 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑުން ލީގު ޗެމްޕިއަން ކަށަވަރުކުރުމަށް މުހިންމު މޮޅެއް ހޯދައިފި އެވެ.

މިރޭގެ މޮޅާ އެކު ރެއާލުން ލީގުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެންނެވެ. ސެވިއްޔާ އަތުން ރެއާލަށް މި ލިބުނު ތިން ޕޮއިންޓަކީ ލީގު ޗެމްޕިއަންކަން ހޯދުމަށް ބަލާއިރު، އެ ޓީމަށް ބޮޑު އެޑްވާންޓާޖެއް ނެގޭނެ މޮޅެކެވެ. އެއީ ލީގުގެ ރޭހުގައި އޮތް ޓީމެއް އަތުން ރަށުންބޭރުގައި ހޯދުނު މުހިންމު ތިން ޕޮއިންޓް ކަމަށްވާތީ އެވެ.

ރެއާލަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ވަނީ 30 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ވަނީ 32 މެޗުން 60 ޕޮއިންޓް ލިބިފަ އެވެ.

ސެވިއްޔާގެ ސަންޗޭޒް ޕިޒްޗުއާން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ 21 ވަނަ މިނިޓްގައި ސެވިއްޔާ އިން ލީޑުނެގީ އިވާން ރަކިޓިޗް ވައްދާލި ހިލޭޖެހުމުންނެވެ. ރަކިޓިޗް ފޮނުވާލި އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އޭގެ ހަތަރު މިނިޓް ފަހުން ހެސޫސް ކޮރޯނާ ދިން ބޯޅައަކުން އެެރިކް ލަމޭލާ ވަނީ ގޯލެއް ޖަހައި ސެވިއްޔާ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. ސެވިއްޔާ އިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ.

ރެއާލުން ދެ ވަަނަ ހާފަށް ކުޅެން ނުކުތީ އެޑުއާޑޯ ކަމަވިންގާގެ ބަދަލުގައި ރޮޑްރީގޯ ކުޅެން އަރުވައިގެންނެވެ. މެޗުގެ 50 ވަނަ މިނިޓްގައި ރެއާލްގެ ޑެނީ ކާވަހާލް ނެގި ހުރަހަކުން ރޮޑްރީގޯ ވަނީ ގޯލެއް ޖަހައި، ރެއާލަށް އުންމީދެއް ހޯދައިދީފަ އެވެ. މެޗުގެ 74 ވަަނަ މިނިޓްގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި އެ ގޯލު ނުލާން ނިންމީ ވިނީޝިއުސް އަތުން ބޯޅަ ކޮންޓްރޯލް ކުރި ކަމަށް ބަލައިފަ އެވެ.

ފުލުފުލުގައި ރެއާލުން އެޓޭކްކުރަމުންދިޔައިރު، މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުން ދެ ވަނަ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ބަދަލަކަށް ކުޅެން އެރި ނަޗޯ ފެނާންޑޭސް ޖެހި ގޯލެކެވެ. ކުޅެން އެރިތާ މާގިނައިރެއްނުވެ ނަޗޯ މި ގޯލު ޖެހީ ކާވަހާލް ދިން ބޯޅައަކުންނެވެ. ރެއާލް މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި ބެންޒެމާ ޖެހި ގޯލުންނެވެ. މިއީ ރޮޑްރީގޯ އޭރިއާތެރެއަށް ވަދެ، ޖައްސާލި ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ބެންޒެމާ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ސީޒަނުގައި ބެންޒެމާ ޖެހި 39 ވަނަ ގޯލެވެ.

ފަހު ވަގުތު ކުރިއަށް ޖެހިގެން ސެވިއްޔާ އިން އިތުރު ގޯލެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox