ޕާކިސްތާނުން އަފްގާނިސްތާނަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައިފި

ޕާކިސްތާނުން ދިން ހަމަލާއާ ދެކޮޅަށް އަފްގާނިސްތާނުގެ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުން ދިން ހަމަލާއާ ދެކޮޅަށް އަފްގާނިސްތާނުގެ ރައްޔިތުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ހޯސްތް އަދި ކުނާރް ޕްރޮވިންސަށް ޕާކިސްތާނުގެ ސިފައިން ދިން ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައިފި އެވެ.

މިދިޔަ އޯގަސްޓް މަހު އަފްގާނިސްތާނުގެ ވެރިކަމަށް ތާލިބާނުން އައި ފަހުން، ދެ ގައުމުގެ މެދުގައި ބޯޑަރުގެ މައްސަލައިގައި އޮތް ނުތަނަވަސްކަން ވަނީ ބޮޑުވެފަ އެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި ހަނގުރާމަވެރި ގްރޫޕުތަކުން އަފްގާން ފަސްގަނޑުގައި ތިބެ، ޕާކިސްތާނާ ދެކޮޅަށް ދަނީ ގަވާއިދުން ހަމަލާ އަމާޒު ކުރަމުންނެވެ.

ޕާކިސްތާނުގެ ހަނގުރާމަވެރިންނަށް ރައްކާތެރިކަން ނުދޭ ކަމަށް އަފްގާން ތާލިބާނުން ބުނެ އެވެ. އަފްގާން ތާލިބާނުން އެންމެ ހިތްހަމަނުޖެހޭ މައްސަލައަކީ ދެ ގައުމުގެ 2،700 ކިލޯމީޓަރު ދިގު ބޯޑަރު މެދުގައި ޕާކިސްތާނުން ފެންސެއް ބިނާކުރަމުން ދިޔުމެވެ.

އަފްގާނިސްތާނުން ތުހުމަތު ކުރާ ގޮތުގައި ހޮނިހިރު ދުވަހު ފަތިސް ވަގުތާ ދިމާކޮށް އިރުމަތީގެ ދެ ޕްރޮވިންސަކަށް ވައިގެ ހަމަލާ ދިނީ ޕާކިސްތާނުގެ އަސްކަރީ ހެލިކޮޕްޓަރުތަކުންނެވެ.

ދެ ގައުމުގެ ބޯޑަރު ގުޅޭ ހިސާބުގައި އޮންނަ ދެ ޕްރޮވިންސަށް ދިން ހަމަލާތަކުގައި އާއްމުން ދިރިއުޅޭ ގެތަކަށް ގެއްލުންވި އެވެ. ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެނުންނާއި ކުޑަކުދިންނެވެ. އިތުރު 22 މީހުންނަށް އަނިޔާވި އެވެ.

އަފްގާނިސްތާނުގެ އޮފިޝަލަކު ބުނީ އެއް އާއިލާއަކަށް ނިސްބަތްވާ 24 މީހުން މަރުވި ކަމަށެވެ. ހަމަލާތަކާ ގުޅޭ ގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާއިން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.

ނަމަވެސް އާދީއްތަ ދުވަހު ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން އަފްގާން ތާލިބާނުންނަށް ގޮވާލީ އަފްގާނިސްތާނުގައި އުޅޭ ހަނގުރާމަވެރި ގްރޫޕްތައް ކޮންޓްރޯލް ކުރުމަށެވެ.

އެގޮތުން އަފްގާނިސްތާނުން އޮޕަރޭޓް ކުރަމުން ދިޔަ ޓެރަރިސްޓުން ދިން ހަމަލާތަކެއްގައި މިދިޔަ ބުރާސްފަތު ދުވަހު އުތުރު ވަރިޒިސްތާން ޑިސްޓްރިކްޓުގައި ޕާކިސްތާނުގެ ހަތް ސިފައިން މަރުވި ކަމަށް ބުންޏެވެ.

އެ ސަރަހައްދަކީ ޕާކިސްތާނުގެ ތާލިބާނުން އެންމެ ހަރަކާތްތެރި އެއް ސަރަހައްދެވެ. އަފްގާން އާއި ޕާކިސްތާނުގެ ތާލިބާނަކީ ތަފާތު ދެ ގްރޫޕެކެވެ. ނަމަވެސް ދެ ގްރޫޕުން ގެންގުޅެނީ އެއް ފިކުރެކެވެ.

ޕާކިސްތާނުގެ ތާލިބާނުން ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕާކިސްތާން ސިފައިންނާ ދެކޮޅަށް ހިންގާ ކެމްޕެއިން ވަރުގަދަ ކުރާނެ ކަމަށް ބުނެފަ އެވެ.

ހޮނިހިރު ދުވަހުގެ ވައިގެ ހަމަލާތަކާ އެކު އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން ވަނީ ޕާކިސްތާނަށް އިންޒާރު ދީފަ އެވެ. ދެ ގައުމުގެ މެދުގައި ހަނގުރާމައެއް ފަށައިފި ނަމަ އެއްވެސް ބަޔަކަށް ފައިދާ ނުކުރާނެ ކަމަށް އަފްގާން ސަރުކާރުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox