ލަންކާއަށް އާ ކެބިނެޓެއް، ބޮޑު ވަޒީރާއި ރައީސް ބަދަލެއް ނުވާނެ

ސްރީލަންކާގެ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ޓްވިޓާ

ސްރީލަންކާގެ ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާ ކުރަނީ. -- ފޮޓޯ: ޓްވިޓާ

ސްރީ ލަންކާގެ ރައީސް އާއި ބޮޑު ވަޒީރު ބަދަލު ނުވާ ގޮތަށް މުޅިން އާ ކެބިނެޓެއް އާދީއްތަ ދުވަހު މަގާމުގެ ހުވާ ކުރަން ހަމަޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާދީއްތަ ދުވަހު އާ ކެބިނެޓުގެ މެމްބަރުން މަގާމުގެ ހުވާ ކުރަން ހަމަޖެހިފައިވާ އިރު، ޒުވާން ބޭފުޅުންތަކެއް މިނިސްޓްރީތަކާ ހަވާލުވާނެ އެވެ.

އާ ކެބިނެޓް ހުވާ ކުރި ނަމަވެސް ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުގައި ދެމިތިއްބަވާނެ އެވެ.

ލަންކާގެ ރައީސް އޮފީސް ކުރިމަތީގައި އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާ ކުރަމުން ދާތާ އަށް ދުވަސްވެފައިވާ އިރު، އެ މީހުންގެ އެންމެ ބޮޑު ޑިމާންޑަކީ ރައީސް އާއި ބޮޑު ވަޒީރުގެ އިސްތިއުފާ އެވެ.

މުޒާހަރާގެ ބައިވެރިންނާ ބައްދަލުކުރައްވަން ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަ ހުށަހެޅުއްވި ނަމަވެސް، އެ މީހުން ބުނީ ބައްދަލުކުރަން ބޭނުން ނޫން ކަމަށެވެ.

އެ މީހުން ބޮޑު ވަޒީރަށް ފޮނުވި ސިޓީއެއްގައި ބުނީ ބައްދަލުކުރަން ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އިސްތިއުފާ އާއި ރާޖަޕަކްސަ އާއިލާގެ ހުރިހާ މެމްބަރުން ސަރުކާރުން ވަކިވުން ކަމަށެވެ.

ސިޓީގައި ފާހަގަކޮށްފައިވާ ރާޖަޕަކްސަ އާއިލާގެ މެމްބަރުންނަކީ ރައީސް ގޮތަބަޔާގެ އިތުރުން ބޮޑު ވަޒީރު މަހިންދަ އާއި ޗަމާލް ރާޖަޕަކްސަ، ބެސިލް ރާޖަޕަކްސަ، ނަމާލް ރާޖަޕަކްސަ، ޝަޝިންދްރަ ރާޖަޕަކްސަ އަދި ނިޕުނާ ރަނަވަކަ އެވެ.

މުޒާހަރާގެ ބައިވެރިން ޑިމާންޑް ކުރަނީ އެ ހުރިހާ އެންމެން ވެސް ސަރުކާރާއި ޕާލިމެންޓުން ދުރަށް ޖެހުމަށެވެ. ސޯޝަލް މީޑިއާގައި ސިޓީ އާއްމު ކުރުމަށް ފަހު މުޒާހަރާގެ ބައިވެރިން ބުނީ ޑިމާންޑްތައް ބަލައިގަންނަން ދެން ހުއްޓާ ނުލައި މުޒާހަރާ ކުރާނެ ކަމަށެވެ.

އެހެންކަމުން، އާދީއްތަ ދުވަހު އާ ކެބިނެޓް ހުވާ ކުރާ އިރު ރައީސް އާއި ބޮޑު ވަޒީރު މަގާމުގައި ދެމިހުންނަވާތީ ލަންކާ ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox