އެންމެ މުހިންމު ވާޖިބަކީ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރިޒަން ސާވިސްއެއް: ޕްރިޒަންސް ކޮމިޝަނަރު

މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތެއްގައި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު (ވ-2) ކަރެކްޝަންސް އޮފިސަރުންތަކަކާ އެކު: ކަރެކްޝަންސް އޮފިސަރުންގެ ކަންކަން ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި. -- ފޮޓޯ: އަދަދު ފައިލް

މާފުށީ ޖަލަށް ކުރެއްވި ޒިޔާރަތެއްގައި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު (ވ-2) ކަރެކްޝަންސް އޮފިސަރުންތަކަކާ އެކު: ކަރެކްޝަންސް އޮފިސަރުންގެ ކަންކަން ހަރުދަނާކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި. -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ ޖަލުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެންމެ މުހިންމު ވާޖިބެއް ކަމުގައި ދެކެނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރިޒަން ސާވިސްއެއް ގާއިމުކުރުން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މާފުށީ ޖަލުގައި ބޭއްވި ކަރެކްޝަންސް އޮފިސަރުންގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމު ނިންމުމާއި އޮފިސަރުން ހުވާކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މިހެން ވިދާޅުވީ، އެ އޮފިސަރުންނަށް ހިންގި ތަމްރީނު ޕްރޮގްރާމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން އަހުމަދު މި ތަމްރީނު ޕްރޮގްރާމު ސިފަކުރެއްވީ ޖަލުތަކާއި ޕެރޯލް ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވޭ އަދި އެ ގާނޫނު ތަސައްވުރުކުރާ ފަދަ އޮފިސަރުންތަކެއް އުފައްދަން ކޮންމެހެން ބޭނުންވާ ކޯހެއްގެ ގޮތުގަ އެވެ.

"އަޅުގަނޑުގެ ހިތުން މި ރާއްޖޭގެ ޖަލުތަކާއި ޕެރޯލް ގާނޫނުގައި މަތިކޮށްފައިވާ ޕްރިޒަން އޮފިސަރެއްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށްޓަކައި ބޭނުންވާނެ ހުނަރާއި މައުލޫމާތާ އަދި އެ ނޫން އެހެނިހެން ކަންކަން މިހާރު ވާނީ ތި އޮފިސަރުންނަށް ބުނެދެވި، ކިޔައިދެވި، ދަސްކޮށްދެވިފަ،" އަހުމަދު ވިދާޅުވި އެވެ.

ކަރެކްޝަންސް އޮފިސަރުން ތަމްރީނުކުރަން އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް އިން ހިންގާ ސެޓްފިކެޓް ތްރީ އިން ކަސްޓޯޑިއަލް މެނޭޖްމަންޓު އެންޑް ސެކިޔުރިޓީ ކޯހަކީ މިގޮތަށް މުއައްސަސާއަކުން ހިންގަން ފެށި ފުރަތަމަ ކޯހެވެ. މިހާރު މި ކޯސް ހިންގާތާ 15 އަހަރުވެފައިވާއިރު މިއީ ކޮލިފިކޭޝަން އޮތޯރިޓީ ގަބޫލުކުރާ ތަމްރީނު ޕްރޮގްރާމެކެވެ.

އެކަމާ މެދު އުފާފާޅުކުރައްވާ ކަމަށް ވިދާޅުވުމާ އެކު އަހުމަދު ވަނީ މި ޕްރޮގްރާމު ހަރުދަނާކުރަން އިތުރަށް މަސައްކަތްތައް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ޕްރޮގްރާމު ބައިނަލްއަގުވާމީ މިންގަނޑަށް ފެއްތުމުގެ ގޮތުން ވޭތުވި ދެ އަހަރުގެ ތެރޭގައި މުހިންމު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރެކްޝަންސް އޮފިސަރުންގެ ތަމްރީނު ޕްރޮގްރާމަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ޕްރިޒަންސް ކޮމިޝަނަރު އެންމެ ބޮޑަށް ފާހަގަކުރެއްވީ ޖަލުތަކުގައި ހުންނަށް ޖެހޭ އެންމެ ދަށް މިންގަނޑު ކަމަށް އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ގެ އުސޫލުތަކަށް އަހުލުވެރިވުން ކޯހުގެ ތެރެއިން މަޖުބޫރު ކުރުމެވެ.

އެގޮތުން މިފަހުން ޕްރޮގްރާމު ފުރިހަމަ ކުރި ދެ ބެޗުން ވެސް އދ. ގެ މަސްތުވާތަކެއްޗާއި ކުށްތަކާ ގުޅޭ ކަންކަމުގެ އިދާރާ، ޔޫއެންއޯޑީސީގެ އީ-ކޯސް ފުރިހަމަކޮށްފައިވާ ކަން އުފަލާ އެކު އަހުމަދު ފާހަގަކުރެއްވި އެވެ. އަދި، ކަރެކްޝަންސްގެ އެހެން މުވައްޒަފުން މަންޑޭލާ ރޫލްސްއަށް އަހުލުވެރިކުރުމުގެ ގޮތުން މިދިޔަ އަހަރު ހާއްސަ ޓީއޯޓީ ތަމްރީނު ޕްރޮގްރާމުތައް ހިންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކަރެކްޝަންސްގެ ތިން ބައި ކުޅަ އެއްބައި މުވައްޒަފުން މި ޕްރޮގްރާމު ފުރިހަމަކޮށްފައިވާ އިރު، އަހުމަދު ވިދާޅުވީ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ކަރެކްޝަނުގެ ހުރިހާ އޮފިސަރުން މި ޕްރޮގްރާމު ފުރިހަމަކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ޖަލު ހިންގާ ހުރިހާ އޮފިސަރުންނަކީ ވެސް މި ދެންނެވި ތަމްރީން ޕްރޮގްރާމު ފުރިހަމަކޮށް، ދުނިޔޭގެ މިންގަނޑުތަކާއި ހަމަތަކާއި މިންގަނޑުތައް ދަސްވެ، ފަރިތަ މުވައްޒަފުންނަށް ހެދުން. އަދި ޖަލު އޮފިސަރުންނަކީ ޕްރޮފެޝަނަލް ކަމާ އެކީ މަސައްކަތް ކުރަން ދަންނަ، ފަރިތަ ބަޔަކަށް ހެދުން،" އަހުމަދު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ކަރެކްޝަންސްއާ އަލަށް ގުޅުން އޮފިސަރުންނަށް ދެއްވި މެސެޖުގައި އަހުމަދު ވަނީ އެންމެ އޮފިސަރެއް ކުރާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާ ބަދުނާމުވާފަދަ ކަންކަން ހިނގަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މިފަދަ ކަންކަމާ ދުރުވާން އެ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން އޭނާ ވިދާޅުވީ ގައިދީން ހަރުދަނާ ބަޔަކަށް ހަދަން ޕްރިޒަން އޮފިސަރުން ނަމޫނާއަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

"ގައިދީން ހަރުދަނާ ބަޔެއް ގޮތުގައި ހެދުމަށްޓަކާ ޕްރިޒަން އޮފިސަރުންނަކީ ނަމޫނާ ދައްކާ ރިވެތި ސުލޫކާ އަދި އަހުލާގެއްގެ ވެރި ބަޔެއް ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އަދި މިދެންނެވި މަގުން ކަންކަން ކުރުމަށްޓަކާ މިރޭގެ ދަސްވެނިން މުހިންމު އިސްކަމެއް ދެއްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން" އަހުމަދު ވިދާޅުވި އެވެ.

މި ހުވާކުރުމުގެ ރަސްމިއްޔާތުގައި 35 ޕްރިޒަން އޮފިސަރުން ވަނީ ކަރެކްޝަންސް ހިދުމަތާ އަލަށް ގުޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox