ކްރިކެޓް ކާނިވަލް: އޯޕަން ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމްއޭސީއެލް

Apr 15, 2022, 4:30 PM
ޗެމްޕިއަންކަން ހޯދި އެމްއޭސީއެލް ޓީމު ފޮޓޯ އަކަށް ހުއްްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ޗެމްޕިއަންކަން ހޯދި އެމްއޭސީއެލް ޓީމު ފޮޓޯ އަކަށް ހުއްްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރަމަޟާން ކްރިކެޓް ކާނިވަލްގެ އޯޕަން ޓޭޕްބޯލް މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު، އެވިއާ މޯލްޑިވްސް ބަލިކޮށް މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ (އެމްއޭސީއެލް) އިން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލްގައި މެޗުން އެމްއޭސީއެލް މޮޅުވީ ހަ ވިކެޓުންނެވެ. އެމްއޭސީއެލް އަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ.

އެވިއާ އިން ކުޅެން އަރައި އަށް އޯވަރު ހަަމަވިއިރު ހެދުނީ 117 ލަނޑެވެ. އެ ޓީމުން އެންމެ ގިނަ ލަނޑު ހެދީ 26 ބޯޅައިން 51 ލަނޑު ހެދި ޖިލްވާޒް ރަޝީދު އެވެ. އަދި އައިހަމް ޒިޔާދު ވަނީ 16 ބޯޅައިން 27 ލަނޑު އެއްކޮށްފަ އެވެ. ޖަވާބުގައި އެމްއޭސީއެލް އިން ކުޅެންއަރައި ހަ އޯވަރުތެރޭ ވަނީ 119 ލަނޑު ހަދައި، މެޗުން މޮޅުވެފަ އެވެ. އެމްއޭސީއެލް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ހަތް ބޯޅައިން 34 ލަނޑު ހެދި އާދަމް ނާސިފު އެވެ. އެ ޓީމުގެ މުއާވިއަތު އަބްދުލް ގަނީ ވަނީ އަށް ބޯޅައިން 33 ލަނޑު ހަދައިފަ އެވެ. އަދި މުހައްމަދު ޝާފީ ވަނީ އަށް ބޯޅައިން 26 ލަނޑު އެއްކޮށްފަ އެވެ.

އެވިއާ މޯލްޑިވްސް އާއި އެމްއޭސީއެލް ކުޅުނު ފައިނަލް މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އޯޕަން ޓޭޕް ބޯލް މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ އެވިއާގެ ޖިލްވާޒް އެވެ. މި މުބާރާތުގެ އެންމެ ގިނަ ވިކެޓް ނެގީ އެމްއޭސީއެލްގެ އަހުމަދު އަމީލް އެވެ. މުބާރާތުގެ ފައިނަލް މެޗަށް ފަހު ބޭއްވި އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފައުންޑާ އެން ސީއީއޯ އޮފް ލިލީ ގްރޫޕް އަލްފާޝިލް އަހުމަދު ނާސިރު އެވެ. އަރިހުގައި ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސެއިން (ކުޑަ ދޮނާ) ބައިވެރިވެވަޑައިގެންނެވި އެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތް މިއަދު ފެށިއިރު، ތިން މެޗު ކުޅުނެވެ.

ހެނދުނުގެ ފުރަތަމަ މެޗުގައި އިކުއިވަލަންޓްސްއާ ބައްދަލުކޮށް ފްރެންޑްސް އޮފް މޯލްޑިވްސް ކާމިޔާބުކުރީ 6 ވިކެޓުންނެވެ. އިކުއިވެލަންޓުން އަށް އޯވަރުތެރޭ 87 ލަނޑު ހެދިއިރު، އެ ޓީމުގެ ރަކީބް 17 ލަނޑު ހެދި އެވެ. ޖަވާބުގައި ފްރެންޑްސް އޮފް މޯލްޑިވްސް އިން ކުޅެން އަރައި ހަ އޯވަރުތެރޭ 90 ލަނޑު އެއްކޮށް މެޗުން މޮޅުވީ އެވެ. އެ ޓީމުގެ ސާނަކަ ވަނީ 34 ލަނޑު ހަދައިފަ އެވެ.

ދެ ވަނަ މެޗް އެމްޓީސީސީ ބީ ޓީމާ ބައްދަލުކޮށް އެލިއާ މޯލްޑިވްސް ކާމިޔާބުކުރީ ހަ ވިކެޓުންނެވެ. އެމްޓީސީސީ ބީ ޓީމުން އަށް އޯވަރުތެރޭ 95 ލަނޑު ހެދިއިރު، އެ ޓީމުގެ މޫރްތީ ސެވާން ވަނީ 22 ލަނޑު ހަަދައިފަ އެވެ. ޖަވާބުގައި އެލިއާ މޯލްޑިވްސް ކުޅެންއަރައި ހަ އޯވަރުތެރޭ 100 ލަނޑު ހަދައި، މެޗުން މޮޅުވި އެވެ. އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 10 ބޯޅައިން 33 ލަނޑު އެއްކުރި މުހައްމަދު ރިލްވާން އެވެ.

މިއަދުގެ ތިން ވަނަ މެޗުގައި އަހިންސަކާސްއާ ވާދަކޮށް ފަތަހަ ސްޓާސް މޮޅުވީ ހަތް ވިކެޓުންނެވެ. އަހިންސަކާސް އިން އަށް އޯވަރުތެރޭ 133 ލަނޑު ހެދިއިރު، އެ ޓީމުގެ ތާރަކަ ވަނީ 30 ލަނޑު ހަދައިފަ އެވެ. އަދި އެ ޓީމުގެ މަދުވާލް ވަނީ 29 ލަނޑު ހަދައިފަ އެވެ. ފަތަހަ ޓީމުގެ ބާބުލް ވަނީ ދެ ވިކެޓް ނަގައިފަ އެވެ. ޖަވާބުގައި ފަތަހަ ސްޓާސް އިން ކުޅެންއަރައި 136 ލަނޑު ހަދައި، މެޗުން މޮޅުވި އެވެ. އެ ޓީމުގެ ރޯމަން މިއާ ވަނީ 14 ބޯޅައިން 35 ލަނޑު ހަދައިފަ އެވެ. އަދި މެހެދީ ހަސަން ވަނީ 14 ބޯޅައިން 34 ލަނޑު އެއްކޮށްފަ އެެވެ.

ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ މެދުގައި ކުޅެވޭ އޮފީސް ޓޭޕް ބޯލް މުބާރާތް ދެ މެޗު މާދަމާ ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މީރާ އާއި އެމްއެމްއޭ އެވެ. ދެ ވަނަ މެޗްގައި ޕޮލިސް ކްލަބާއި ރައީސް އޮފީހުގެ ޓީމު ވާދަކުރާނެ އެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނިގެ ކްރިކެޓް ދަނޑުގައި ހަވީރު 16:00 ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox