ހުލާސާކޮށް އިއްޔެ: އިގްތިސާދު ކުރިއެރިޔަސް ދަރަނި މެނޭޖުކުރަން ވޯލްޑް ބޭންކުގެ އިލްތިމާސެއް

ހުޅުމާލޭގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް. މިފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނި މެނޭޖުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނޭ --- ހުސައިން ޝަޔާހު/އަދަދު

ހުޅުމާލޭގައި ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް. މިފަދަ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނި މެނޭޖުކުރަން ޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނޭ --- ހުސައިން ޝަޔާހު/އަދަދު

ރާއްޖޭގެ އިގްތިސާދު ކުރިއެރި ނަމަވެސް ދަރަނީގެ ބޮޑު ބުރައެއް އުފުލަން ޖެހުމުގެ ސަބަބުން ރާއްޖެއަށް ވަނީ ނާޒުކު ހާލަތެއް ކުރިމަތިވެފައި ކަމަށް ވޯލްޑް ބޭންކުން ބުނީ އިއްޔެ އެވެ.

ވޯލްޑް ބޭންކުން ނެރެފައިވާ "މޯލްޑިވްސް ޑިިވެލޮޕްމެންޓް އަޕްޑޭޓް" ގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރަށް އިއާދަވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރު ތެރޭގަ އެވެ.

މި އަހަރު ރާއްޖޭގެ އިގްތިސޯދު 7.6 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އެ ބޭންކުން ލަފާކޮށްފައިވާ އިރު އެ ރިޕޯޓްގައިވާ ގޮތުން އަންނަ އަހަރު ރާއްޖޭގެ ރިއަލް ޖީޑީޕީ 10.2 ޕަސެންޓަށް ކުރިއަރާނެ އެވެ.

ނަމަވެސް, އެކި ގައުމުތަކުގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކާ ހެދި އިގްތިސާދަށް އަސަރު ކުރާނެ ކަމަށް ވޯލްޑް ބޭންކުން އިއްޔެ ލަފާކޮށްފައިވެ އެވެ.

ރާއްޖޭގެ އިގްތިސާދަށް އަސަރުކުރާނެ ކަމަށް ލަފާކޮށްފައިވަނީ ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ހެދި އެވެ. އެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުގައި ތަކެތީގެ އަގު އުފުލެމުންދާއިރު ހަކަތައިގެ ބާވަތްތަކުގެ އަގު އަދިވެސް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖެއަށް އެކަމުގެ ސަބަބުން އަސަރު ކުރާނީ ރާއްޖޭގެ އިގްތިސާދު އިމްޕޯޓަށް ބަރޯސާވެފައި އޮތުމުންނެވެ.

"ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސޯދު ކޮވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ. ނަމަވެސް، މާލީ ހާލަތު ދެމެހެއްޓެނިވި މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ދަރަނި މެނޭޖްކުރުން ކޮންމެހެން ވެސް މުހިންމު،" ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވި އެވެ.

އޭނާ އިތުރަށް އިއްޔެ ވިދާޅުވީ ފަތުރުވެރިކަމަށް ބަރޯސާވުމާއި އެހެން ދާއިރާތަކަށް އިގްތިސާދު ފުޅާކުރަން ހުރި ފުރުސަތުތައް ހަނިވުމަކީ ވެސް ނިޒާމީ ގޮތެއްގައި ހުރި ގޮންޖެހުންތަކެއް ކަމަށެވެ.

އަދި, ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ރާއްޖެއަށް އެއްބާރުލުން ދީ، އިއާދަކުރަނިވި ހަކަތައަށް އިންވެސްޓްކޮށް، ފެހި، ކާރިސާތަކަށް ތައްޔާރުވެފައި އޮންނަ އަދި އެންމެންގެ ބައިވެރިވުން އޮންނަ ތަރައްގީގެ މަގެއް ހޯދުމަށް އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފާރިސް ވިދާޅުވެފައިވެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • އާޒިމާ ޝުކޫރުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި އިސްތިއުނާފު ކުރި ޝަރީއަތުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިޔާހަތަށް އާޒިމާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީގެން އެ ޝަރީއަތް ފެށީ އިއްޔެ އެވެ.
  • ދީނީ ހަރުކަށި ޖަމާއަތްތަކުގެ ފަރާތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ނުރައްކާ ހުއްޓުވަން ރާއްޖޭގެ ސަރުކާރުން އެދެވޭ މަސައްކަތްތަކެއްކޮށްފައި ނުވާ ކަމަށް ބުނެ ހިއުމަން ރައިޓްސް ވޮޗުން ރާއްޖެއަށް ފާޑުކީ އިއްޔެ އެވެ.
  • ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި 8 ލައްކަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކުން ދިވެހިރާއްޖެ އާއި ސްރީ ލަންކާ އަދި ނޭޕާލް އަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒާވޮސް ވިދާޅުވީ:

"ފަތުރުވެރިކަން ބާރަށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިއާދަވާ މިންވަރު މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2023 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ އިގްތިސޯދު ކޮވިޑްގެ ކުރިން ހުރި މިންވަރަށް ދާނެ ކަމަށް ލަފާކުރެވޭ،"

ދުވަހުގެ ފޮޓޯ

އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މޯލްޑިވްސް ސޮކާ މޭޓްސް އަދި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ނިމުނީ -44 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މޯލްޑިވްސް ސޮކާ މޭޓްސް އަދި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ނިމުނީ -44 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެފްއޭއެމް ވެޓެރަންސް ލީގު 2022 ގައި މޯލްޑިވްސް ސޮކާ މޭޓްސް އަދި ދިވެހި ސިފައިންގެ ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. މި މެޗު ނިމުނީ -44 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ރީޝޭޕިން ނޯމްސް: އަ ނިއު ވޭ ފޯވާޑް"

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަންނަ މި ދަނޑިވަޅުގައި ދެކުނު އޭޝިއާގެ އިގްތިސާދުތަކަށް ބަލާލައި ވޯލްޑް ބޭންކުން ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގައި ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަރާނެ މިންވަރާއި އެ ދުވެލި ހިފެހެއްޓުމަށް ރާއްޖެއިން ކުރަން ޖެހޭ ކަންކަން ހިމަނާފަ އެވެ. ނިއު ނޯމަލްގައި އިގްތިސާދީ ކަންކަން ބައްޓަން ކުރާނެ ގޮތުގެ ބައެއް ހުށަހެޅުންތައް ވެސް މި ރިޕޯޓުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox