އިގްތިސާދީ ކާރިސާއިން އަރައިގަންނަން ލަންކާއަށް ހަތަރު ބިލިއަން ޑޮލަރު ބޭނުންވޭ

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ.

ސްރީލަންކާގެ އިގްތިސާދީ ކާރިސާއިން އަރައިގަންނަން މި އަހަރު ހަތަރު ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެ އެވެ.

ބްލޫމްބާގްއަށް ދެއްވި އިންޓަވިއުއެއްގައި ސަބްރީ ވިދާޅުވީ އިގްތިސާދީ ކާރިސާއާ ގުޅިގެން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީއަށް އެދެން ތައްޔާރުވަމުންދާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލަންކާ ސަރުކާރާއި އައިއެމްއެފްގެ އޮފިޝަލުންނާ ދެމެދު މަޝްވަރާތައް ފަށާނީ އެޕްރީލް 18 ވަނަ ދުވަހު ވޮޝިންޓަންގަ އެވެ.

"އަޅުގަނޑުމެން މި އެދެނީ ވީ އެންމެ އަވަހަކަށް އެމެޖެންސީ ފަންޑެއް ދޫކޮށްދިނުމަށް،" މަޝްވަރާ ރަނގަޅަށް ގޮސްފި ނަމަ ދެ ހަފްތާ ތެރޭގައި ފަންޑު ލިބޭނެކަން ފާހަގަކުރައްވަމުން ސަބްރީ ވިދާޅުވި އެވެ.

މި ހަފްތާގައި ލަންކާގެ ލޯނުތައް ޑީފޯލްޓުވެ، ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، އެކަން ކާމިޔާބު ކުރުމަށް ލަންކާއަށް ފަންޑު މުހިއްމެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވާ ވާހަކައަކީ ދަރަނި އަދާ ކުރުމަށް އިހްތިރާމް ކުރާނަމޭ. ދަރަނި ދައްކަން ބޭނުން، އެކަމަކު އެކަމަށް ބޭނުންވާ ފައިސާއެއް މިހާރަކު ނެތް،" ސަބްރީ ވިދާޅުވި އެވެ.

ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކުގެ މާލީ އެހީ ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށާއި ފަންޑު ލިބުމާ އެކު ހަރަދު ކުޑަކޮށް، އާމްދަނީ އިތުރު ކުރަން ހަރުދަނާ ފިޔަވަޅުތަކަށް އަޅާނެ ކަމަށް ސަބްރީ ވިދާޅުވި އެވެ.

ލަންކާގެ އިގްތިސާދީ ހާލަތުގެ ސަބަބުން ޒަރޫރީ ތަކެތި ލިބުން ދަތިވެ، ކޮންމެ ދުވަހަކު ވެސް ގިނަ ގަޑިއިރުތަކެއް ވަންދެން ކަރަންޓު ކަނޑަ އެވެ.

އާއްމު ދިރިއުޅުމަށް ހުރަސް އެޅިފައި ވާތީ، ރައްޔިތުން ދަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ. އެ މީހުން ބޭނުން ވަނީ ރާޖަޕަކްސަ އާއިލާ ވެރިކަމާ ދުރަށް ޖެހުމަށެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ އޮފީސް ކުރިމަތީގައި ގިނަ ބަޔަކު ޓެންޓު ޖަހައިގެން މުޒާހަރާ ކުރާތާ ފަސް ދުވަސްވެފައިވާ އިރު، ލަންކާގައި މިއަދު ފާހަގަކުރާ އާ އަހަރާ ދިމާކޮށް ރައީސް ދެއްވި މެސެޖުގައި ގޮވައިލެއްވީ ކެތްތެރިކަމާއި އެއްބައިވަންތަ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox