ރާއްޖެއިން މެލޭޝިޔާއަށް ހާއްސަ އަގެއްގައި ފްލައިޓެއް ބާއްވަން މޯލްޑިވިއަން އިން ނިންމައިފި އެވެ.
އެ ފްލައިޓް ބާއްވަން ނިންމާފައި ވަނީ މި މަހު 28ގަ އެވެ. އަދި އެނބުރި މާލެއަށް އަންނަ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ މަހު ހަތެއްގަ އެވެ.
މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ "އަދަދު"އަށް ވިދާޅުވީ އެ ފްލައިޓް ބާއްވަނީ ވަރަށް ހާއްސަ ފެއާއެއްގައި ކަަމަށެވެ.
މިގޮތުން، ދަތުރުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 399 އެމެރިކާ ޑޮލަރު ކަމަށާއި އެކަމަކު ވިއްކަނީ 200 ޓިކެޓް ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ހެދި ޓޫރިޒަމް ހުއްޓުމަކަށް އައުމަށް ފަހު ސާފުތާހިރުކަމާއި އަދި ރައްކާތެރިކަން ފަތުރުވެރިންނަށް ކަށަވަރު ކޮށްދެމުން މެލޭޝިޔާ ގެ ބޯޑަރުތައް އަލުން ހުޅުވާލައިފައި ވަނީ މި މަހު އެކެއްގަ އެވެ.

ބޯޑަރު ހުޅުވާލާފައި ވަނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީނު ވާން ނުޖެހޭ ގޮތަށެވެ.












