ފެންބޮޑުވެ ސައިކަލް ހަލާކުވީތަ؟ ހައްލަކީ މިއީ!

Apr 14, 2022, 7:46 AM
މާލޭގެ ކާރުބާރު ބޮޑު މަގެއް: ތިމާގެ އަމިއްލަ ވެހިކަލްތަކަށް ލިބިދާނެ ގެއްލުމުން ރައްކާތެރިކަން ހޯދަން އިންޝުއަރެންސް ޕްލޭނެއް މުހިންމު. -- ފޮޓޯ: އަދަދު ފައިލް

މާލޭގެ ކާރުބާރު ބޮޑު މަގެއް: ތިމާގެ އަމިއްލަ ވެހިކަލްތަކަށް ލިބިދާނެ ގެއްލުމުން ރައްކާތެރިކަން ހޯދަން އިންޝުއަރެންސް ޕްލޭނެއް މުހިންމު. -- ފޮޓޯ: އަދަދު ފައިލް

ދިވެހިރާއްޖެ އަކީ ތިރި އަދި ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވާއިރު ގުދުރަތަކީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެކަމަކު ބައެއް ފަހަރު އަހެރެމެންގެ ހަތުރެއްގެ ގޮތުގައި ވެސް ފެނެ އެވެ. އަހަރެމެންގެ ވަށައިގެން އޮންނަނީ ކަނޑެވެ. އަނެއް ކޮޅުން މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ވެސް އެހާމެ ބޮޑަށް މި ރަށްތަކަށް ކުރިމަތިވެ އެވެ. ދިޔަ ބޮޑުވާ ބައެއް ދުވަސްވަރު އުދަ އަރާ ރަށް ފެންބޮޑުވެއެވެ. ކްލައިމެޓް ޗޭންޖާއެކު މޫސުމީ ވިއްސާރަ ވެސް އޮޅުން ބޮޅުންވެ، ވެހޭ ވާރޭން މުޅި ރަށުތެރެ ފެންބޮޑުކޮށްލަ އެވެ. މިކަހަލަ ކޮންމެ ހާދިސާއަކުން އާންމު ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވެ އެވެ. މުދަލަށް ގެއްލުންވާ ފަހަރު ވެސް އާދެ އެވެ.

ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުމުގެ ފުރުސަތު އެންމެ ބޮޑު، މިފަދަ އެއް މުދަލަކީ އަހަރެމެން މަގުމަތީގައި ހާމައަށް ބަހައްޓާ އަގުބޮޑު މުދަލެވެ. ރަށުތެރޭގައި ދަތުރުފަތުރަށާއި ތަކެތި އުފުލުމަށް ގެންގުޅޭ އުޅަނދުފަހަރެވެ. އިރުމަތިން އަތިރިމައްޗާއި ކާނިވާ ސަރަހައްދަކީ އުދަ އަރާ ފަހަރުތަކުގައި ފެންބޮޑުވާ ތަންތަނެވެ. އަދި މާލެއަކީ ބޯ ވިއްސާރައަށްފަހު ފެންބޮޑުވުން އާންމު އަދި ފެން ހިނދުމަށް ވެސް ގިނަ އިރު ނަގާ ސިޓީއެކެވެ. މިގޮތަށް ފެންބޮޑުވާ ބައެއް ފަހަރު ސައިކަލު ސްޓާޓުކުރުމަށް އުނދަގޫވެ އެވެ. އަދި އިންޖީނު މައްސަލަ ޖެހި، ގަރާޖަކުން "ފަރުވާ" ކޮށްގެން ނޫނީ އަމުދުން ނުދުއްވޭ ހާލަތް ވެސް ކުރިމަތިވެ އެވެ.

ދިވެހިރާއްޖޭގައި ދުއްވާ ކޮންމެ އުޅަނދަކީ ގާނޫނުން ލާޒިމުކޮށްގެން ތާޑްޕާޓީ މޮޓޯ އިންޝުއަރެންސް ޕްލޭނެއް ނަގާފައި ހުންނަންޖެހޭ އުޅަނދުތަކެކެވެ. އެކަމަކު ތާޑްޕާޓީ މޮޓޯ ޕްލޭންތަކުން ރައްކާތެރިކަމެއް ފޯރުކޮށްދެނީ ތިމާއަކަށް ނޫނެވެ. އެއީ ތިމާގެ އުޅަނދުގެ ސަބަބުން އެހެން މީހެއްގެ އުޅަނދަކަށް ލިބޭ ގެއްލުމަކަށް ލިބޭ ރައްކާތެރިކަމެކެވެ.

އެކަމަކު އުދަ އެރުމާއި ވިއްސާރަކޮށް ފެންބޮޑުވުން ފަދަ ހާދިސާތަކުން ތިމާގެ ސައިކަލާއި ކާރާއި އެހެނިހެން އުޅަނދުތަކަށް (ފަސްޓް ޕާޓީ ޕްރޮޕަޓީއަށް) ލިބޭނެ ގެއްލުމަށް ރައްކާތެރިކަން ހޯދޭނެ މަގެއް އޮވެ އެވެ. އެއީ އެލައިޑް އިންޝުއަރަންސުން ފޯރުކޮށްދޭ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެވެ. މިފަދަ ހާދިސާތަކުގެ އިތުރުން އަމިއްލަ ވެހިކަލަށް ލިބޭ އެހެނިހެން ގެއްލުންތަކާއި، ވެހިކަލުގައި އުޅެނިކޮށް ލިބޭ އަނިޔާ އަދި ކުރިމަތިވެދާނެ ދާއިމީ ނުކުޅެދުންތެރިކަމަކުން ވެސް މި ޕްލޭނުން ކަވަރުކޮށްދެ އެވެ. ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނަކީ އެލައިޑް އިންޝުއަރަންސްގެ އިތުރުން އެލައިޑްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން ވެސް ނެގިދާނެ ޕްލޭނެކެވެ.

އެކި ކަހަލަ ނުރައްކާތަކުން އުޅަނދުފަހަރަށް ރައްކާތެރިކަން ހޯދުމުގެ މުހިންމުކަމާއެކު، އެލައިޑުން މި ރޯދަ މަހު ވަނީ ވަރަށް ހާއްސަ އަގުތަކެއްގައި ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސް ލިބޭ ކެމްޕޭނެއް ފަށާފަ އެވެ. އަންނަ މޭ މަހުގެ 22 ގެ ނިޔަލަށް 20-25 ޕަސެންޓާ ހަމައަށް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސްގެ އަގުތައް ވަނީ ތިރިކޮށްފަ އެވެ.

މީގެ އިތުރުން މި މުއްދަތުގައި ކޮމްޕްރެހެންސިވް ޕްލޭނެއް ނަގާ ކޮންމެ ކަސްޓަމަރަކަށް، ގޭތެރޭގައި ގެންގުޅޭ މުދާ ހަލާކުވެއްޖެނަމަ 150,000 ރުފިޔާގެ މުދަލަށް ބަދަލު ހޯދުމުގެ މަގު ފަހިކޮށްދޭ "ހޯމް ކޮންޓެންޓް ވައުޗަރ" އެއް މުޅިން ހިލޭ ލިބޭނެއެވެ. ހޯމް ކޮންޓެންޓް ޕްލޭނުން ކަވަރުކޮށްދޭ މުދަލުގެ ތެރޭގައި ގޭތެރޭގައި ހުންނަ ފަރުނީޗަރު، އެއާކޮންޑިޝަނާއި އަގުބޮޑެތި އިލްކްޓްރޯނިކްސް ހިމެނެ އެވެ. ތަފާތު ހާދިސާތަކާ ގުޅިގެން ލިބޭ ގެއްލުންތަކުން މިތަކެތި ރައްކާތެރިކޮށްދީ، އެ ލިބޭ ގެއްލުންތަކަށް މި ޕްލޭނުން ބަދަލު ލިބޭނެ އެވެ. މީގެ އިތުރުން ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ނަގައިގެން ހިލޭ ލިބޭ ހޯމް ކޮންޓެންޓް ޕްލޭންސް، ބޭނުން ނަމަ އެހެން މީހަކަށް ހަދިޔާ ވެސް ކުރެވިދާނެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox