ކްރިކެޓް ކާނިވަލް: ސެމީގެ ފަހު ދެ ޖާގަ އޭއާރްސީ އާއި އެވިއާ މޯލްޑިވްސް އަށް

Apr 13, 2022, 5:56 PM
ކްރިކެޓް ކާނިވަލް: ސެމީގެ ފަހު ދެ ޖާގަ އޭއާރްސީ އާއި އެވިއާ މޯލްޑިވްސް އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕް ބޯލް މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ އެއާޕޯޓް ރެކްރިއޭޝަން ކްލަބާއި އެވިއާ މޯލްޑިވްސް އިން ހޯދައިފި އެވެ.

ތިން ގްރޫޕަކަށް ބަހާލައިގެން އޯޕަން ޓޭޕް ބޯލް މުބާރާތް ކުރިއަށްދިޔައިރު، ގްރޫޕް އޭގެ އެއް ވަނަ ހޯދައި ސެމީ އަށް ދިޔައީ ހަތަރު މެޗުން ވެސް މޮޅުވި އޭއާރްސީ އެވެ. ގްރޫޕް ބީ އިން ފުރިހަމަ ރެކޯޑަކާ އެކު ސެމީ އަށް ދަތުރުކުރީ ސަންކުއިކް ލިލީއެވެ. ގްރޫޕް ސީ އިން ސެމީގެ ޖާގަ ހޯދީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އެވެ.

ސެމީގެ ފަހު ޖާގަ ކަނޑައެޅީ ތިން ގްރޫޕުން އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ވަނަ ޓީމެއް ހޮވައިގެންނެެވެ. އެ ޖާގަ ހޯދީ އެވިއާ މޯލްޑިވްސް އެވެ. ސެމީ ފައިނަލް ފުރަތަމަ މެޗުގައި މާދަމާ ހަވީރު އޭއާރްސީ ބައްދަލުކުރާނީ އެވިއާއާ އެވެ. އެ މެޗަށް ފަހު ދެ ވަނަ ސެމީގައި އެމްއޭސީއެލް އާއި ސަންކުއިކް ލިލީ ބައްދަލުކުރާނެ އެވެ.

މުބާރާތުގައި މިއަދު ހަވީރު ދެ މެޗެއް ކުޅުނެވެ. އެ ގޮތުން ފުރަތަމަ މެޗުގައި މެރީ ކޯނާއާ ބައްދަލުކޮށް ދިވެހި ސިފައިންގެ ކްލަބް މޮޅުވީ 82 ލަނޑުންނެވެ. ޓޮސް ދިމާވުމުން ސިފައިން ނިންމީ ބެޓްކުރާށެެވެ. ކުޅެން އަރައި އަށް އޯވަރުގެ ތެރޭގައި ސިފައިން ވަނީ 163 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 68 ލަނޑު ޖެހި އަހުމަދު ހަސަން އާއި 31 ލަނޑު އެއްކުރި އިބްރާހިމް ހިލްމީ އެވެ. ޖަވާބުގައި މެރީ ކޯނާ އިން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު، ހެދުނީ 93 ލަނޑެވެ.

މިއަދު ކުޅެން އޮތް ދެ ވަނަ މެޗަށް ގަލޮޅު ކަންމަތި ބަނަފްސާ ގަޑިއަށް ހާޒިރު ނުވުމުން މެޗުގެ އަމްޕަޔަރު ނިންމީ އެވިއާ މޯލްޑިވްސް މޮޅުވީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox