ޔަމަންގެ ސުލްހަ ދަމަހައްޓަން އދ. އިން ދެ ފަރާތަށް ވެސް ބާރު އަޅަނީ

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ މަންދޫބް ހާންސް ގްރުންޑްބާގް. -- ފޮޓޯ: އޭއެފްޕީ

އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ މަންދޫބް ހާންސް ގްރުންޑްބާގް. -- ފޮޓޯ: އޭއެފްޕީ

ޔަމަނުގެ ހަނގުރާމަ މެދުކަނޑާލަން ނިންމުމާ އެކު މިހާރު ގާއިމްވެފައި އޮތް ވަގުތީ ސުލްހަ ދަމަހައްޓަން ދެ ފަރާތުން ވެސް ސީރިއަސް މަސައްކަތްތަކެއް ކުރުމަށް އދ. އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަ މަންދޫބު ބާރު އަޅުއްވައިފި އެވެ.

ޔަމަނުގެ ހޫތީން ކޮންޓްރޯލް ކުރާ ވެރިރަށަށް ކުރެއްވި ޒިޔާރަތެއްގައި ބޭއްވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހާންސް ގްރުންޑްބާގް ވިދާޅުވީ މި ވަގުތަށް ސުލްހަ އޮތް ނަމަވެސް އެ ގޮތުގައި ދަހަމައްޓަން ގޮންޖެހުން އެބަ ހުރި ކަމަށެވެ.

އިރާނުގެ އެހީއާ އެކު އުޅޭ ހޫތީންނާއި ޔަމަނުގެ ސަރުކާރަށް އެއްބާރުލުންދޭ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ދެ މަހަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވީ ރޯދަ މަހާ ދިމާކޮށެވެ. އެއާ އެކު މީގެ 11 ދުވަސް ކުރިން ހަމަލާތައް މެދުކަނޑާލި އެވެ.

"އެ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިހްތިރާމް ކުރާ މަންޒަރު އެބަ ފެނޭ. އެކަމަކު ހުރި ގޮންޖެހުންތައް ހަނދާން ނައްތާލައިގެން ނުވާނެ،" ޔަމަނުގެ ވެރިރަށަށް ކުރެއްވި ތިން ދުވަހުގެ ދަތުރު ނިންމަވަމުން ސްވިޑަންގެ ޑިޕްލޮމެޓް ވިދާޅުވި އެވެ.

"ސުލްހަ ދަމަހައްޓަން މި ބަރޯސާ ވަނީ ދެ ފަރާތުގެ އެއްބާރުލުމާއި ސީރިއަސްކަމާ އެކު ކުރާ މަސައްކަތަށް."

ދެ މަހަށް ހަނގުރާމަ މެދުކަނޑާލަން އެއްބަސްވި އިރު، އެއްބަސްވުމުގައިވާ ގޮތުން އެ މުއްދަތު ހަމަވުމުން ވެސް ދެ ފަރާތުން ބޭނުންވާ ނަމަ ހަނގުރާމަ އޮންނާނީ މެދުކަނޑާލާފަ އެވެ. އެފަދަ އެއްބަސްވުމަކަށް އާދެވުނީ އަހަރުތަކެއް ފަހުންނެވެ.

ހޫތީ ހަނގުރާމަވެރިން ވެރިރަށް ސަނާ ހިފައި ގާނޫނީ ވެރިކަމާ ދެކޮޅަށް ނުކުތީ 2014 ވަނަ އަހަރު އެވެ. ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަނުން ހަނގުރާމައިގެ ތެރެއަށް ވަނީ ޔަމަނު ސަރުކާރުގެ އެދުމަކަށެވެ.

ހޫތީންނާ އެކު ސުލްހައިގެ މަޝްވަރާތައް ކުރުމަށް ހާއްސަ ލީޑަރުންގެ ކައުންސިލެއް ގާއިމްކޮށް، މިދިޔަ ހަފްތާގައި ޔަމަނުގެ ރައީސް ވަނީ އެ ކައުންސިލާ ހުރިހާ ބާރުތަކެއް ހަވާލުކޮށްފަ އެވެ. އެނެލިސްޓުން ބުނީ ސުލްހަ ދެމެހެއްޓުމަށް ފެހި ސިގްނަލެއް ކަމަށެވެ.

އދ. އިން ލަފާ ކުރާ ގޮތުގައި އެ ހަނގުރާމައިގައި 400،000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އޭގެ ތެރެއިން 60 ޕަސެންޓު މަރުވީ ބަނޑުހައި ހޫނުކަމާއި، ސިއްހީ އެހީތެރިކަން ނުލިބުމާއި، ސާފު ބޯފެން ނެތުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox