ކްރިމިނަލް ކޯޓުން 22 މައްސަލައެއް ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

ކްރިމިނަލް ކޯޓުން 22 މައްސަލައެއް ބޭރުކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން ނިންމައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ދައުވާ އުފުލުމުގެ މުއްދަތު ފާއިތުވި ފަހުން ހުށަހެޅި މައްސަލަތަކެއް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ބޭރުކޮށްލި 22 މައްސަލައަކާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން އަމުރުކޮށްފި އެވެ

ޖިނާއީ ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރަން ޕޮރެސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މި 22 މައްސަލަ ބަލައިނުގަންނަން ފުރަތަމަ ނިންމީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުގައި އެ ކަން މުރާޖައާ ކޮށްދޭން އެދި ހުށަހެޅުމުން ގާޒީން ވަނީ ރަޖިސްޓްރާގެ ނިންމެވުމަށް ތާއީދު ކުރައްވައިފަ އެވެ. އެ ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއަކަށެވެ.

ހައި ކޯޓުގެ ގަޒިއްޔާ، މުހައްމަދު އަމީން ވ. ޕްރޮސެކިއުޓާ ޖެނެރަލް، ގައި ބަޔާން ކޮށްފައިވާނީ އެއްވެސް މުއްދަތަކަށް ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެއް ނަމަ، އެ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރެވޭތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީޙުން ދައުވާ އުފުލަން ވާނެ ކަމަށެވެ.

ޕީޖީ އޮފީހުގެ ފަރާތުން އެ 22 މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ އިސްތިއުނާފް ރައްދުވާ ފަރާތެއް ނެތް ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެކި މީހުނަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، އެ މީހުންގެ ޣައިރު ހާޒިރުގައި ހައި ކޯޓަށް މައްސަލަ ކުރިއަށް ގެންދެވޭނެތޯ ވެސް ސުވާލު އުފެދުނެވެ.

ކޯޓަށް މައްސަލައެއް ބަލައިގަތުމާ މެދު ގޮތެއް ނިންމުމުގެ މަރުހަލާއަކީ މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ފުރުސަތު ދީގެން ކުރިއަށް ގެންދާ މަރުހަލާއަކަށް ނުވާތީ، އިސްތިއުނާފް ރައްދުވާ ފަރާތެއް ނެތް ގޮތަށް އެ މައްސަލަ ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި އެވެ.

ހައި ކޯޓުން މި މައްސަލާގައި އިއްވި ހުކުމުގައި ވަނީ، ކްރިމިނަލް ކޯޓުގެ ނިންމުން ބިނާވެފައިވަނީ ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ހައި ކޯޓުގެ ގަޒިއްޔާއަކަށް ކަމަށް ވުމުން އެ ނިންމުން ބިނާކޮށްފައިވާ ގާނޫނީ އަސާސް ސައްހަ ކަމަށް ބެލެވެން ނެތުމުން ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލް ކުރަން ޖެހޭ ކަމަށެވެ.

އެހެންވެ ޕީޖީ އޮފީހުން އެ މައްސަލަތައް ހުށަހެޅުމުން އޭގައިވާ ކަންކަމަށް ބަލާފައި އަލުން ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަން ކަމާއި، 22 މައްސަލަ ޕީޖީ އޮފީހުން އަލުން ހުށަހެޅުން، މައްސަލާގައި ހިމެނޭ ކަންކަމަށް ބަލާފައި އަލުން ގޮތެއް ނިންމަން ހައި ކޯޓުގެ ހުކުމުގައި އަމުރުކޮށްފައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ސަމީރުގެ އިތުރަށް ދެން ތިއްބެވި ފަނޑިޔާރު ހުސައިން މަޒީދުއާއި، ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ހައި ކޯޓުގެ ހުކުމް ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox