ވާގޮތް: ކަންޒު ކަހަނބާއި ވެލާ ކަހަނބުގެ ދިގު އުމުރު

ވާގޮތް: ކަންޒު ކަހަނބާއި ވެލާ ކަހަނބުގެ ދިގު އުމުރު

ޑިޒްނީގެ އެ މަޝްހޫރު ކާޓޫނު ފިލްމު "ފައިންޑިން ނީމޯ" އަކީ އަދިވެސް މަޝްހޫރު ފިލްމެކެވެ. އެ ފިލް އެންމެ ހިތްގަޔާވި އެއް ކެރެކްޓާއަކީ އޭގައި އުޅޭ ވެލާ "ކްރަޝް" އެވެ. މުޅި ފިލްމަށް އޭނާގެ ސަކަ "ޗިލް" މިޒާޖުން ތަފާތު ޓްވިސްޓެއް ގެނުވައިދިންއިރު، ވެލަޔާއި ކަހަނބު 150 އަހަރު ދިރިއުޅެފާނެ ވާހަކަ އަޑުއެހި އެއީ ފުރަތަމަ ފަހަރެވެ. އެކަމާ ހައިރާންވީ ނަމަވެސް ފުރަތަމަ ހިތަށް އެރީ "އެއީ ކާޓޫނެކޭ، ގަބޫލުކުރާކަށް ނުވާނެޔޭ" އެވެ. އެއީ ތެދެއްތޯ ބަލާހިތްވީ އެ ހިސާބުންނެވެ.

އެކަމަކު ހަގީގަތަކީ ވެލާ ކަހަނބާއި އޭގެ "ތަތްކަމަށް" ނަން މަޝްހޫރު ކަޒިން، ކަންޒު ކަހަނބަކީ ޖަނަވާރުތަކުގެ ތެރެއިން އެންމެ އުމުރު ދިގު ޖަނަވާރުތައް ކަމެވެ.

މިހާ ދުނިޔޭގައި އޮތް އެންމެ އުމުރުން ދުވަސްވީ (އިންސާނުންނަށް އެނގޭ) ކަހަނބަކީ ސީޝެލްސްގައި އޮތް ޖޮނަތަން ނަމަކަށްކިޔާ ކަންޒު ކަހަނބެކެވެ. އުމުރުން 190 އަހަރުގެ ޖޮނަތަން އަކީ އޭނާ ގެންގުޅޭ މީހުން ބުނާގޮތުންނަމަ އަދިވެސް މުސްކުޅި ކަހަނބެއް ނޫނެވެ.

Advertisement

ވިސްނާލާށެވެ. އޭތި އުފަންވިކަމަށް ބެލެވެނީ 1832 ގަ އެވެ. މާނައަކީ ޖޮނަތަންއަށް އެކަންކަން ރޭކާނުލިޔަސް، އޭނާ ދިރިހުއްޓާ ދުނިޔޭގައި ލައްކަ ގިނަ ކަންތަކެއް ހިނގައިފި ކަމެވެ.

ޖޮނަތަން އުފަންވިފަހުން ހިނގައިދިޔަ ބައެއް ކަންކަން

ޗާލްސް ޑާވިން ގެލަޕަގޮސް އައިލެންޑަށް ދިޔުން - 1835

  • އިނގިރޭސި ރާނީ ވިކްޓޯރިއާ އެގައުމުގެ ވެރިކަމަށް އައުން - 1837
  • އެންމެ ފުރަތަމަ ފަހަރަށް އެނެސްތީޝިއާ ބޭނުންކުރުން - 1842
  • ސުއޭޒް ކެނަލް ކޮނުން - 1869
  • ނޫ ކުލައިގެ ޖީންސް އުފެއްދުން - 1873
  • ތޯމަސް އެޑިސަން އެންމެ ފުރަތަމަ ބޮކި އުފެއްދުން - 1879

ދެ ބޮޑު ހަނގުރާމައާއި، އެޓޮމިކް ބޮމެއް ފުރަތަމަ ފަހަރަށް ގޮއްވާލުމާއި ފިނި ހަނގުރާމައެއް ވެސް ދުނިޔޭގައި ހިނގީ ޖޮނަތަންގެ ޅަ އުމުރުގަ އެވެ. ޖޮނަތަންއަށްވުރެ އުމުރުން ހަގު އެތައް ގައުމެއް އެބަ އޮތެވެ. އަދި ޖޮނަތަންގެ އިތުރުން އެހެން އެތައް ކަހަނބެއް ވެލައެއް ވެސް ހަމަ އެހާ ދުވަހު ދުނިޔޭގައި ދިރިއުޅެފައި އެބަހުއްޓެވެ. ދެން އޮތް ސުވާލަކީ ކަންޒު ކަހަނބާއި ވެލާ ކަހަނބު އެހާ ގިނަ ދުވަހު ދިރިއުޅެނީ ކިހިނެތްތޯ؟

މިއީ ގިނަ ސައިންސްވެރިންނަށް ވެސް މުޅިން ކަށަވަރު ޖަވާބެއް ދެވެން އޮތް ސުވާލެއް ނޫނެވެ. އެކަމަކު ގިނަ ބަޔަކު އެއްބަސްވާ އެއްކަމަކީ ކަނޒު ކަހަނބާއި ވެލާ ކަހަނބު ވެސް އެހާ ދުވަހު ދިރިއުޅެނީ، އެސޮރުމެންގެ ހަށިގަނޑަށް އަނިޔާއެއް ނުލިބި، އެ ތަކެތީގެ ސިއްހަތު ދަމަހައްޓައި، އުމުރުން ދުވަސްވުމުން ހަށިގަނޑަށް ލިބޭ ކުދި ކުދި ގެއްލުމާއި ބަދަލުތައް މަދުކުރުމުގެ ސަބަބުންނެވެ.

އިންސާނުންނާއި ޖަނަވާރު ވެސް އުމުރުން ދުވަސްވާވަރަކަށް ބަލިކަށިވާން ފަށާކަމީ ހަގީގަތެވެ.

އެކަމަކު މިއީ ކަންޒު ކަހަނބާއި ވެލާ ކަހަނބަށް އޮންނަ އުސޫލެއް ނޫނެވެ. ގުދުރަތީ ގޮތުން ބައެއް ފަހަރު އުމުރުން ދުވަސްވާވަރަކަށް އެ ސޮރުމެންގެ ހަށިގަނޑަށް "ވެއާ އެންޑް ޓެއާ" އެއް ނާދެ އެވެ. އަދި އުމުރުން ދުވަސްވިޔަސް، ބިސް އަޅައި ސިއްހަތު ރަނގަޅު ދަރިން ލިބުމަކީ ވެސް އެ ސޮރުމެންނަށް މާ ފަސޭހަ ކަމެކެވެ. މި ކަމަށް ސައިންސްވެރިން ކިޔައި އުޅެނީ "ނެގްލިޖިބަލް ސެނެސެންސް" އެވެ.

ކަންޒު ކަހަނބާއި ވެލާ ކަހަނބުގެ ދިގު އުމުރުގެ މުޅި ހަގީގަތް އަދި ނުހޯދުނުނަމަވެސް، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި އެކަމަށް އޮތް އެންމެ ކައިރި ޖަވާބަކީ "އޮކްސިޑޭޓިވް ސްޓްރެސް" އިން އެ ތަކެއްޗަށް ކުރާ އަސަރު ދަށްވުމެވެ. އޮކްސިޑޭޓިވް ސްޓްރެސް ހަށިގަނޑަށް އެތެރެކުރާ އޮކްސިޖަންގެ ސަބަބުން ސެލްތަކަށް އަންނަ ރިއެކްޝަނުން ކުރާ ގެއްލުމެވެ. އެއީ އޮކްސިޖަން ހިމެނޭ މާއްދާއެއް، ހަށިގަނޑުގެ އެހެން މޮލެކިއުލްތަކާ އެއްވެ މަސްހުނިވުމުން ލިބޭ ގެއްލުމެކެވެ.

ދުވަސްވާވަރަކަށް މިކަމުގެ ސަބަބުން ހަށިގަނޑަށް، ވަކިން ހާއްސަކޮށް އިމިއުން އަދި ނިއުރޮން ސެލްތަކަށް، ކުރާ ގެއްލުން އެއީ ހަށިގަނޑު މުސްކުޅިކޮށްލާ އެއް ސަބަބުކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އެކަމަކު އެއީ ގުދުރަތީ ގޮތުން ގޯސްކަމެއް ނޫނެވެ.

އެއީ މިސާލަކަށް މީހާ ކާ ތަކެތި ސެލިއުލާ ފިއުލް ނުވަތަ ހަކަތައަށް ބަދަލުކޮށްދިނުމުގައި ވެސް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. އެހެންވީމާ ޖޮނަތަންހާ ގިނަ ދުވަހު ދިރިއުޅެން ހިފާފައި ހުރި އިންސާނަކަށް އޮތް ހިތާމަވެރި ހަބަރަކީ، އެކަން އެއީ ގުދުރަތީގޮތުން އިންސާނުންނަށް އޮންނަ ކަމެއް ނޫންކަމެވެ.

އެކަމަކު ކަހަނބު އެކަން ކުރަނީ ކިހިނެތް ހެއްޔެވެ؟ ޖަވާބަކީ، ކަހަނބު އެކަން ކުރަނީ ރިއެކްޓިވް އޮކްސިޖަންގެ މަރުހަލާތައް އެއްކޮށް ހުއްޓާލައިގެން ނޫން ކަމެވެ. އެކަމަކު އެ މަރުހަލާ ކޮންޓްރޯލްކޮށްގެން ކަމެވެ. ކަހަނބުގެ އެބައި އޮންނަނީ މަދުންނެވެ.

ކަހަނބުގެ މެޓަބޮލިޒަމް ލެވެލް އަކީ ވެސް އެސޮރުމެންހާ ލަހުން ދުވާ އެއްޗެކެވެ. މާނައަކީ އެސޮރުމެން ހެލިފެލިވެ އުޅެން ބޭނުންވާ ކެލޮރީގެ އަދަދު އެހެން ޖަނަވާރުތަކާ އަޅާކިޔާއިރު މަދު ކަމެވެ.

ކަހަނބުގެ އުމުރު ދިގުވާ އިތުރު ސަބަބެއް ވެސް އަދި އޮވެދާނެކަމަށް ސައިންސްވެރިން ދެކެ އެވެ. ކަހަނބަކީ "ޕޮއިކިލޮތާމިކް" ޖަނަވާރުތަކެކެވެ. މާނައަކީ އެ ސޮރުމެންނަށް އެކި ފިނިހޫނުމިނުގައި އެކި އިރުއިރު އެއްވެސް ދައްޗަކާނުލައި ދިރިއުޅެވިދާނެ ކަމެވެ.

އެހެންވީމާ އެސޮރުމެންނަށް މާހައުލުގެ ސަބަބުން ކުރާ ސްޓްރެސް ވެސް މަދުވެގެންދެ އެވެ. އޭގެ މާނައަކީ އެއްކަލަ ރިއެކްޓިވް އޮކްސިޖަންގެ އަސަރު އަނެއްކާ ވެސް ދަށްވެގެންދާ ދިޔުމެވެ. އޭގެ ބަދަލުގައި އިންސާނުންނަށް ވިސްނާއިރު، މާ ފިނިގަދަވެއްޖެނަމަ ދިރިއެއް ނޫޅެވޭނެ އެވެ. މާ ހޫނުގަދަވިޔަސް ނޫޅެވޭނެ އެވެ. ހުރިހާ ކޮޅަކުން ވެސް އޮތީ ސްޓްރެސް އެވެ.

ކަހަނބަކީ އެ ސޮރުމެން އުފައްދާ އޮކްސިޑޭޓިވް ސްޓްރެސް މެނޭޖުކުރާ ތަކެއްޗެވެ. އޮކްސިޑޭޓިވް ސްޓްރެސްގެ މަރުހަލާއިން ޑީއެންއޭގެ ޓެލޮމިއާސް ނުވަތަ ޑީއެންއޭގެ ރައްކާތެރިކަމަށް ހުންނަ ކެޕުތަކަށް ވެސް ގެއްލުން ދެ އެވެ. އެހެންކަމުން ކަހަނބުތަކުން އެ ޓެލޮމިއާ އުފައްދާ އެންޒައިމް ވެސް އެތައް ގުނަ އިތުރަށް އުފައްދަ އެވެ.

ނަތީޖާއަކީ ކަހަނބުގެ ޓެލޮމިއާސްއަށް ވެސް ލިބޭ ގެއްލުން ކުޑަވުމެވެ. އަދި އެކަމުގެ ސަބަބުން ކަހަނބުގެ ސެލްތަކުގެ ސިއްހަތު ވެސް އެތައް ގުނައެއް ރަނގަޅު ކޮށްދެ އެވެ. އެހެންކަމުން ކެންސަރުފަދަ ބަލިތަކުން ވެސް ކަހަނބު ރައްކާތެރިކޮށްދޭ މިންވަރު އެތައް ގުނައެއް އިތުރުވެ އެވެ.

ކަހަނބަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓްސްއާ އެކަހަލަ ޕްރޮޓީންސް އުފައްދާ ޖަނަވާރެކެވެ. އެހެންކަމުން އޭގެ ސެލްތަކަށް ކުރާ ނޭދެވޭ އަސަރު މިކަމުގެ ސަބަބުން ވެސް މަދުކޮށްދެ އެވެ. އަދި ކަހަނބަކީ މާހައުލުގެ ގޮތުން، މާ ފިނިނަމަ އޮކްސިޖަން ބޭނުންވާ ނާރު ސާކިޓްތައް ވެސް މުޅިންހެން ބޭނުންކުރުން ހުއްޓާލާ ޖަނަވާރެކެވެ. އޭގެން ވެސް ކަހަނބު އޮކްސިޖަން ބޭނުންކުރާ މިންވަރު މަދުކޮށްދެ އެވެ.

މި ހުރިހާ ސަބަބަކީ ވެސް ކަހަނބުގެ ދިގު އުމުރުގެ ސިއްރުކަމަށް ވެދާނެ އެވެ. އެކަމަކު ބައެއް ބަޔޮލޮޖިސްޓުން ދެކޭ ގޮތުގައި އެއީ ގުދުރަތީ ގޮތުން ކަހަނބު ނޭވާ ނުލައި ނުވަތަ ނޭވާ ދިގުވުމަށް އައި އެޑްޕްޓޭޝަން ތަކެކެވެ. ވެލަޔާއި ކަހަނބަކީ އާދަޔާހިލާފަށް ނޭވާ ދިގު ޖަނަވާރުތަކެކެވެ.

ވެލާ އަދި ކަހަނބު ވެސް އުމުރުން ދުވަސްވުމުން މަރުވެދެ އެވެ. އެކަމަކު އެ ސޮރުމެންނަކީ އެ ދިގު އުމުރާހެދި އެތައް ގޮތަކުން އަޖައިބުކުރުވަނިވި ޖަނަވާރުތަކެކެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox