އެމެޖެންސީ ބޭސް ގަންނަން ވޯލްޑް ބޭންކުން ލަންކާއަށް 10 މިލިއަން ޑޮލަރުގެ އެހީއެއް

ސްރީލަންކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ކޮލޮމްބޯގެ ހޮސްޕިޓަލެއްގައި ބޭރުގައި ސިއްހީ ދާއިރާގެ މުވައްޒަފުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

ސްރީލަންކާ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ކޮލޮމްބޯގެ ހޮސްޕިޓަލެއްގައި ބޭރުގައި ސިއްހީ ދާއިރާގެ މުވައްޒަފުން މުޒާހަރާ ކުރަނީ. -- ފޮޓޯ: އޭޕީ

އެމެޖެންސީ ބޭސް ގަންނަން ސްރީލަންކާއަށް 10 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ވަގުތުން ދޫކުރަން ވޯލްޑް ބޭންކުން ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީ ދޭން ނިންމީ ލަންކާ ސަރުކާރުން ބޭންކުގެ އޮފިޝަލުންނާ އެކު ކުރި މަޝްވަރާއަށް ފަހު ކަމަށެވެ.

ބޭހާއި އެހެނިގެން ޒަރޫރީ ތަކެތި ގަންނަން ބޭނުންވާ 500 މިލިއަން ޑޮލަރުގެ އިތުރު ހިލޭ އެހީ ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވޯލްޑް ބޭންކުން ދޫކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވެ، ސިއްހީ ކުއްލި ހާލަތު ސްރީލަންކާގައި އިއުލާން ކުރީ އެޕްރީލް ފަސް ވަނަ ދުވަހު އެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމުން، ދައުލަތުން ސިއްހީ ހިދުމަތްދޭ ފެސިލިޓީތަކުގައި މިހާރު އިސްކަންދޭނީ އެމެޖެންސީ އަދި އަވަސް ފަރުވާއަށް އެކަންޏެވެ.

އެ ގައުމަށް ބޭނުންވާ ބޭސް ގަންނަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެސް ދެ މިލިއަން ޑޮލަރު ފޯރުކޮށްދޭން މި މަހު ނިންމި އެވެ.

ބޭހުގެ ދަތިކަން ކުރިމަތިވެ ސިއްހީ ނިޒާމަށް ބުރޫ އަރާފައި ވާތީ ޑަބްލިއުއެޗްއޯއިން އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ލަންކާ ސަރުކާރުގެ އެދުމަކަށް ކަމަށް ނޫސްތަކުން ބުނެ އެވެ.

އިގްތިސާދީ ކާރިސާއެއް ކުރިމަތިވެ، ޑޮލަރުގެ ދަތިކަމާ ހެދި ލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތީ އިމްޕޯޓް ނުކުރެވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ކެނޑި އާއްމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox