ކޫއްޑޫގެ ކެޕޭސިޓީ ބޮޑުކުރުން ލަސްވާތީ މިނިސްޓަރު އަނެއްކާވެސް މަޖިލީހަށް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: މަޖިލިސް

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: މަޖިލިސް

ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރު ނުކޮށް ލަސްވާ މައްސަލާގައި ސުވާލުކުރުމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން މިއަދު ހުށަހަޅައިފި އެވެ.

ދެކުނުގެ މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ނުތަކާވަރަށް މަސް ބާނަމުންދާތީ މަސް ގަންނަ މިންވަރު އެ ކުންފުނިން ލިމިޓުކުރި އެވެ. އެއީ ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން އެޕްރީލް 6 އިން ފެށިގެން މިފްކޯ އިން ކިރަމުން ދަނީ ދޯންޔަކުން ފަސް ޓަނު މަހެވެ.

އެކަމާ ހިތްހަމަނުޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ގާތްގަނޑަކަށް 50-100 އާ ދެމެދުގެ އަދަދަކަށް މަސްވެރިން ވަނީ ކޫއްޑޫއަށް އަރައި ހިތްހަމަނުޖެހުން ފާޅުކޮށް، މިފްކޯގެ އިސްވެރިންނާ ބައްދަލުކުރަން ޑިމާންޑު ކޮށްފަ އެވެ. އަދި، ރެއިން ފެށިގެން މިފްކޯ ކަލެކްޓަރު ބޯޓުގައި ހުރި މަސްތައް ނަގައި، އެ ބޯޓުތައް ހުސްކުރުމަށް ވެސް މަސްވެރިން ވަނީ ހުރަސް އަޅައިފަ އެވެ.

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހުށަހެޅީ މައްސަލާގައި ވަނީ ހަތަރު ސުވާލެއް ކުރުމަށެވެ. އެއީ

  1. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ އިތުރުކުރަން ސަރުކާރުން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމާއި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯ؟
  2. މަސްވެރިން ބާނާ މަސް ކޫއްޑުއަށް ލިބޭ ތަނުން ތާޒާކަމާ އެކު ވަގުތުން ދަޅުގައި ބަންދުކޮށް ހަރަދު ކުޑަކޮށް ޕްރޮސެސް ކުރުމަށް ކުއްޑޫގައި ކޭނިން ފެކްޓްރީއެއް ގާއިމް ނުކުރެވެނީ ކީއްވެތޯ؟
  3. ކޭނިން ފެކްޓްރީއެއް ގާއިމް ކުރުިމަށް އެއްވެސް މަސައްކަތެއް މިހާތަނަށް މިނިސްޓްރީން ކޮށްފައިވާނެތޯ؟
  4. މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް މިނިސްޓްރީން ކުރަމުންދަނީ ކޮން މަސައްކަތެއްތޯ؟

މަސްވެރިކަން ރަނގަޅުވުމާއެކު ބައެއް ދޯނިތަކުން ވަނީ ދުވާލެއްގެ މައްޗަށް 60 ޓަނުގެ މަސް ވެސް މިފަހުން ބާނައިގެން ކިރުމަށް ކޫއްޑުއަށް ދަތުރުކޮށްފަ އެވެ. ނަމަވެސް، އެހާ ގިނަ ދޯނިތަކަކުން އެއްފަހަރާ އެހާ ގިނަ މަހެއް ކިރުމުގެ ކެޕޭސިޓީ ކޫއްޑޫގަައި ވެސް ނެތުމުން، މިފްކޯއިން ވަނީ އެ ކުންފުނީގެ އުތުރު ހަބުކަމުގައިވާ ފެލިވަރުގައި އޮތް ދެ މަސްކިރާ ބޯޓެއް ކޫއްޑުއަށް ގެންގޮސްގެން މަސްކިރައިފަ އެވެ.

މަސްކިރުން ލިމިޓުކުރީ އެބޯޓުތައް ވެސް ކެޕޭސިޓީ އާ ހަމަޔަށް ދިޔުމުންނެވެ. އެއާއެކު ގިނަ މަސްވެރިން ވަނީ އެކަމަށް ހިތްހަމަނުޖެހުން ފާޅުކުރާ އަދި އެމީހުން ބޭނި މަސްތައް ކަނޑަށް އުކާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.

މިފްކޯއިން ދަނީ ކޫއްޑޫގެ މަސްކިރުމުގެ ކަންކަމަށް ވަގުތީ ހައްލެއް ގެނައުމަށް ބޭރުން ބޯޓެއް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެކަން ވެސް އަދި ހަމަޖެހިފައެއް ނުވެ އެވެ.

މިނިސްޓަރު ހާޒިރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައި ވާއިރު، މިދިޔަ އާދިއްތަ ދުވަހުވެސް މިނިސްޓަރު ވަނީ މަޖިލީހަށް ހާޒިރުކޮށްފަ އެވެ. އެއީ ސައުދީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް އިއުލާނުކޮށް އެ މަސައްކަތް ކުރިއަށްނުދާތީ އެކަން ސާފުކުރަން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު ކުރައްވާ ސުވާލަށް ޖަވާބު ދެއްވުމަށެވެ.

ސުވާލުކުރުމުގެ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް މެމްބަރަކު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި ފިޝަރީޒް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރެވުނީ "އީދާރީ އޮޅުމަކުން" ކަމަށް ވިދާޅުވެފަ އެވެ. އެއީ މެމްބަރެއްގެ ސުވާލުގެ ޖަވާބު ލިޔުމުން ހޯދައި ދެއްވުމަށް އެދިފައި އޮއްވާ މަޖިލީހަށް ހާޒިރުކޮށްގެން ސުވާލު ކުރެވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox