މަރުގެ ދައުވާ ލިބޭ ކުއްޖާ ޖަލަށް ބަދަލު ނުކޮށްދިނުމުން އަނެއްކާ ސުޕްރީމް ކޯޓަށް

މަރުގެ ދައުވާ ލިބޭ ކުއްޖާ ޖަލަށް ބަދަލު ނުކޮށްދިނުމުން އަނެއްކާ ސުޕްރީމް ކޯޓަށް

ހުޅުމާލޭގައި 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ 17 އަހަރުގެ ފިރިހެން ކުއްޖާ ގޭބަންދުގައި ބަހައްޓަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ދެވަނަ ފަހަރަށް އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ކުޑަކުއްޖެއްގެ މައްސަލައެއް ކަމުން އެ މައްސަލަ ބަލަމުން ގެންދިޔައީ ޖުވެނައިލް ކޯޓުންނެވެ. އެ ކުއްޖާ ބަންދުކޮށްފައި ހުރި ޑިޓެންޝަން ސެންޓަރަކީ ކުޑަކުދިން ބައިތިއްބަން އެކަށީގެންވާ ތަނެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދިން ލަފައަކާ ގުޅިގެން ޖުވެނައިލް ކޯޓުންނެވެ.

އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ޖުވެނައިލް ކޯޓުގެ ނިންމުމަށް ތާއީދު ކުރި އެވެ. ދެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އޭގައި މައްސަލަ ބަލަންވާ ވަރަށް ހައި ކޯޓުން ބަލާފައި ނެތް ކަމަށް ބުނެ އަލުން މައްސަލަ ގެންދަން ސުޕްރީމް ކޯޓުން އެންގި އެވެ.

ދައުލަތުން ދެން އެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހެޅުމުން އަނެއްކާ ވެސް ގޭބަންދު ދެމެހެއްޓި އެވެ. އަދި ހައި ކޯޓަށް ވެސް ދެވަނަ ފަހަރަށް މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް އަނެއްކާ ނިންމީ ކުއްޖާ ގޭބަންދުގައި ބެހެއްޓުމަށެވެ.

ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މި ނޫހަށް ވިދާޅުވީ މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އަނެއްކާ ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ ކުރިން ވެސް މި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ދައުލަތުން އެދުނު ގޮތަށެވެ.

ގަސްތުގައި މީހާކު މެރުމުގެ ދައުވާއާއި، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ އުފުލިފައިވާ އެ ކުއްޖާ ގޭބަންދުގައި ބަހައްޓާފައި ވަނީ ޝަރުތުތަކެއް ކުރުމަށް ފަހުގަ އެވެ.

ދިރިއުޅޭ ގެއިން ބޭރަށް ނުދިއުމާއި، މުވާސަލަތީ ވަސީލަތް ބޭނުން ނުކުރުމާއި، ގޭގައި އުޅޭ މީހުން ފިޔަވައި އިތުރު މީހުން ގެއަށް ނުވެއްދުމާއި، ޖުވެނައިލް ޖަސްޓިސްގެ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމާއި، އެ ތަނުގެ ސެޝަންތަކަށް ހާޒިރުވާއިރު ބެލެނިވެރިޔަކާ އެކު ގެއިން ނުކުތުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ކުއްޖާގެ މައްޗަށް ތުހުމަތު ކުރެވެނީ ޖިނާއީ ބޮޑު ކުށެއް ކަމާއި، ކުއްޖާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮވެދާނެ ކަމާއި، ކުއްޖާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަން ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމުގައި ފާހަގަ ކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދާވީ ދިމާލުން ފޮށިގޮނޑަކަށް ލާފައި އޮއްވައި ފެނުނު 13 އަހަރުގެ ކުއްޖާ ގަސްތުގައި މަރާލި ކަމުގެ ދައުވާ އުފުލީ 17 އަހަރުގެ ކުއްޖާގެ އިތުރުން 27 އަހަރުގެ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހީމް ޒިހާންގެ މައްޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox