ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުނާއި ރަށްތަކުގެ މައްސަލަ އެއް ތަހުގީގަކަށް

އޭސީސީއަށް މި ފަހުން އައްޔަނުކުރި މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

އޭސީސީއަށް މި ފަހުން އައްޔަނުކުރި މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންނާއި އެ ހިޔާނާތް ހިންގުމަށް ނުއަގުގައި ވިއްކާފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނީ އެކީގައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއްޔެ ބުނެފި އެވެ.

އޭސީސީގެ ކުރީގެ މެމްބަރުން މަގާމުން ދުރުކުރަން މަޖިލީހުން އިސްނެގީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސްވާކަމުގެ ޝަކުވާތަކާއެކު އެވެ. މަގާމުން ދުރުކުރުމުގެ ކުރިން ކޮމިޝަނުގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާއިރު، އަލަށް އައްޔަނުކުރި މެމްބަރުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އާދަމް ޝާމިލް ވިދާޅުވީ ބޮޑު ހިޔާނާތުގެ ތަހުގީގު ލަސްވުމުގެ ސަބަބު ދެނެގަތުމަށް ކޮމިޝަނުގެ އިތުރުން އެ ތަހުގީގުގައި ބައިވެރިވާ ފުލުހުންނާއި ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހާއެކު ބައްދަލުވުންތައް ބޭއްވުނު ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް ވެސް އެކުލަވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ނުއަގުގައި ވިއްކި ރަށްތަކާއި ފަޅުތަކުގެ ހަމަ އަގު މިދިޔަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުން އެކުލަވައިލި ރިޕޯޓެއްގައި ދެނަގަނެފައިވާ ކަމަށެވެ.

އެހެންކަމުން އެ މައުލޫމާތުގެ އަލީގައި އެ ރަށްތަކަށް ހަމަ އަގު ހޯދައި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އެދުމަކަށް އޮޑިޓު އޮފީހުން މިދިޔަ އަހަރު އެކުލަވައިލި ރިޕޯޓުގައި ވަނީ އެމްއެމްޕީއާރްސީން 37 ރަށާއި 12 ފަޅު ނުއަގުގައި ވިއްކާލުމުން ދައުލަތަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެންޖެހޭ ކަމަށް ބުނެފަ އެވެ.

ރަށްތަކަށް ހަމަ އަގު ހޯދުމާއެކު ހިޔާނާތުގެ މަންފާ ކުރި މީހުންގެ ތަހުގީގު އެކުގައި ކުރިއަށް ގެންދާނެކަމަށް ޝާމިލް ވިދާޅުވުމާ ގުޅިގެން، ތަހުގީގު އަމާޒުކުރާނީ މަންފާ ލިބުނު މީހުން ކޮން ލިސްޓަކަށްތޯ މެމްބަރުން ސުވާލުކުރެއްވި އެވެ.

މަޖިލީހުގެ އިތުރުން އޭސީސީން ވެސް މީގެ ކުރިން ލިސްޓެއް އާންމުކޮށްފައިވާކަމަށް އިޝާރާތް ކުރައްވަމުން ޝާމިލް ވިދާޅުވީ އާ ލިސްޓެއް އެކުލަވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި ނަމަވެސް މިހާރު އާންމުކޮށްފައިވާ ވަކި ލިސްޓަކަށް ވެސް ބަރޯސާނުވާނެ ކަމަށެވެ.

"މިހާތަނަށް ކުރެވިފައިވާ ޓެކްނިކަލް މަޝްވަރާތަކުން އަޅުގަނޑުމެންނަށް ދަންނަވަން ކެރިދާނެ އޭގައި އަޅުގަނޑުމެން އެބަޖެހޭ އެހެން މެޓްރިކްސްއެއް ވެސް ގެންގުޅެން ވަގުތާއި ވަސީލަތްތައް ހުރި ގޮތްތަކަށް ބަަލާފައި،" ޝާމިލް ވިދާޅުވި އެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހުން އާންމުކުރި ލިސްޓުގެ އަދަދު 281 އަށް އަރަ އެވެ.

އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުގައި މިހާރު ތިބި 119 މީހެއްގެ ނަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox