ސްރީލަންކާއިން އުޅެނީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައި ޖެހިގެން ނޫން: ސަފީރު

ސްރީލަންލާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕަލިތަ ކޮހޮނާ.

ސްރީލަންލާއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕަލިތަ ކޮހޮނާ.

ސްރީލަންކާއިން އުޅެނީ ޗައިނާގެ ދަރަނީގެ ދަންތުރައެއްގައ ޖެހިގެން ނޫން ކަމަށް އެ ގައުމުން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޕަލިތަ ކޮހޮނާ ވިދާޅުވެއްޖެ އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓް ނޫހަށް ދެއްވި އިންޓަވިއުގައި އެހެން ވިދާޅުވި އިރު، ލަންކާއަށް ވަނީ ބޮޑު އިގްތިސާދީ އަދި މާލީ ކާރިސާއަކާ ކުރިމަތިވެފަ އެވެ.

ކޮހޮނާ ވިދާޅުވީ އިގްތިސާދީ ކާރިސާއާ ގުޅިގެން އިންޓްރެސްޓް މަތިކޮށް، ފައިސާގެ އަގު ދަށްކޮށް، ޒަރޫރީ ނޫން މުދާ އިމްޕޯޓް ކުރުން މެދުކަނޑާލަން ޖެހިފައިވާ ކަމަށެވެ.

"މިފަދަ ކަންކަން ޑިމޮކްރަސީއެއްގައި ފެންނާނެ. އެކަމަކު އޭގެ މާނައެއް ނޫން، ލަންކާއިން ބޭރުގެ އިންވެސްޓްމަންޓް ބޭނުމެއް ނުވެޔޭ،" އޭނާ ވިދާޅުވި އެވެ.

ލަންކާގެ ހާލަތާ މެދު ހިތްހަމަނުޖެހިފައި ތިބި އާއްމުން މިދިޔަ ހޮނިހިރު ދުވަހު ކޮލޮމްބޯގައި ފެށި މުޒާހަރާ އަދިވެސް ދަނީ ކުރިއަށެވެ. ގައުމުގެ އެހެން ހިސާބުތަކުގައި ވެސް ކޮންމެ ދުވަހަކު މުޒާހަރާ ކުރެ އެވެ.

"މިހާރު ދިމާވެފައި އޮތީ ވަރަށް އުނދަގޫ ހާލަތެއް. އެއީ ހަގީގަތުގައި ވަރަށް ގިނަ ކަންކަން އެކުވެގެން މެދުވެރިވި ހާލަތެއް. ރައްޔިތުންނަށް ފިއްތުންތަކާއި ވޭން އެބަ ކުރިމަތިވޭ. އަދި މުޒާހަރާ ކުރުމުގެ ހައްގު ރައްޔިތުންނަށް އެބަ އޮތް."

"އަޅުގަނޑުމެން ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަމަކީ ގަވާއިދުން ދަރަނި ދެއްކުން. ދެން އޮތީ ތެލާއި ގޭހުގެ އިމްޕޯޓަށް ފައިސާ ދެއްކުން. ތެލާއި ގޭސް އަދި ކަރަންޓު ނެތި އެއްވެސް އިގްތިސާދެއް މާ ގިނަ ދުވަހަކު ނުހިނގާނެ."

ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް، ސްރީލަންކާއިން ވަނީ ޗައިނާ ސަރުކާރުން އެއް ބިލިއަން ޑޮލަރުގެ ލޯނެއް ފޯރުކޮށްދިނުމަށް އެދިފަ އެވެ. އޭގެ އިތުރުން ޒަރޫރީ މުދާ ޗައިނާއިން ގަތުމަށް 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއަކަށް ވެސް އެދިފައިވެ އެވެ.

ލަންކާގެ އިގްތިސާދީ އަދި މާލީ ކާރިސާ މެދުވެރިވީ ޗައިނާގެ ދަރަނީ ދަންތުރައެއްގައި ޖެހުމުގެ ސަބަބުންތޯ އެ ގައުމުގެ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ނަމަވެސް ކޮހޮނާ ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ލަންކާގެ ބޭރުގެ ދަރަނީގެ ތެރެއިން ޗައިނާއަށް ދައްކަން ޖެހެނީ 10 ޕަސެންޓަށް ވުރެ ކުޑަ މިންވަރެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox