ކްރިކެޓް ކާނިވަލް: ގަލޮޅު ކަންމައްޗާއި އެމްއޭސީއެލް އަށް މުހިންމު މޮޅެއް

Apr 12, 2022, 12:49 AM
ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.

ކްރިކެޓް ކާނިވަލްގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ ޓޭޕް ބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ސީގެ މެޗުތަކުން އެމްއޭސީއެލް އާއި ގަލޮޅު ކަންމަތި ބަނަފްސާ މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ލަވޭލިޔާއާ ބައްދަލުކޮށް ގަލޮޅު ކަންމަތި މޮޅުވީ 60 ލަނޑުންނެވެ. ޓޮސް ދިމާވުމުން ގަލޮޅު ކަންމަތިން ނިންމީ ބެޓް ކުރުމަށެވެ. އެ ގޮތުން ކުޅެން އަރައި ގަލޮޅު ކަންމަތިން ވަނީ 8 އޯވަރު 155 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 51 ލަނޑު ހެދި މުހައްމަދު އަފްލާހް އާއި 35 ލަނޑު ހެދި މުހައްމަދު ނަޒީހް އެވެ. ޖަވާބުގައި ލަވޭލިޔާ އިން ކުޅެންއަރައި 8 އޯވަރު ހަމަވިއިރު ހެދުނީ 95 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ލަނޑު ހެދި އައްސަދު އަބްދުލް ޣަނީ އެވެ. އަދި އެ ޓީމުގެ އިސްމާއިލް ނާސިހް ވަނީ 25 ލަނޑު އެއްކޮށްފަ އެވެ.

އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ކިންޒާ ކެފޭއާ ބައްދަލުކޮށް އެމްއޭސީއެލް މޮޅުވީ ހަތް ވިކެޓުންނެވެ. ޓޮސް ދިމާވުމުން އެމްއޭސީއެލް އިން ނިންމީ ފީލްޑް ކުރުމަށެވެ. އެ އެގޮތުން ކިންޒާކެފޭ އިން ކުޅެން އަރައި 8 އޯވަރު ތެރޭ 60 ލަނޑު ހެދިއިރު، އެ ޓީމުގެ ފައިޒާން ވަނީ 17 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި އެމްއޭސީއެލް އިން ކުޅެން އަރައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 3 އޯވަރުގެތެރޭގައި 66 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 35 ލަނޑު ހެދި އިސްމާއިލް އަލީ އާއި 13 ލަނޑު ހެދި މުއާވިޔަތު އަބްދުލް ގަނީ އެވެ.

މިއަދުގެ ފުރަތަމަ މެޗުގައި ގަލޮޅު ކަންމަތި ބަނަފްސާ ކުޅޭނީް އޭއާރްސީއާ އެވެ. އަދި ދެ ވަނަ މެޗުގައި އެވިއާ މޯލްޑިވްސް އިން ދިވެހި ސިފައިންގެ ކްލަބާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox