މޯދީ އާއި ބައިޑެން ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި

މޯދީ އާއި ބައިޑެންގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ވާޗުއަލްކޮށް. -- ފޮޓޯ: އޭއެފްޕީ

މޯދީ އާއި ބައިޑެންގެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ ވާޗުއަލްކޮށް. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވާޗުއަލްކޮށް ބައްދަލުކުރައްވައިފި އެވެ.

ރަޝިއާއާ އެކު ގާތް ގުޅުމެއް އޮންނަ އިންޑިއާއިން މިހާތަނަށް ޔޫކްރެއިން ހަނގުރާމަ ކުށްވެރިކޮށްފައެއް ނުވެ އެވެ. އަދި ރަޝިއާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ވެސް ބައިވެރިއެއް ނުވެ އެވެ.

އިންޑިއާއިން ދަނީ ރަޝިއާގެ ތެލާއި ގޭސް ގަންނަމުންނެވެ. އެކަމާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ފިއްތުންތައް ދަނީ މޯދީގެ ސަރުކާރަށް ކުރިމަތިވަމުންނެވެ.

ބައްދަލުވުމުގެ ކުރިން އިންޑިއާއިން ބުނީ މަޝްވަރާ ކުރާނީ ދުނިޔޭގެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނީ ރަޝިއާއިން ހިންގާ އަނިޔާވެރި ހަނގުރާމައާ ގުޅޭ މަޝްވަރާތައް ކުރާނެ ކަމަށެވެ.

ބައްދަލުވުން ފަށަމުން ބައިޑެން ވަނީ ދެ ގައުމުގެ މެދުގައިވާ "ފުން ގުޅުން" ފާހަގަކުރައްވައި، ހަނގުރާމައާ ގުޅޭ ކަންކަމުގައި ވެސް އެ ގުޅުން ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މޯދީ ވިދާޅުވީ ދެ ގައުމަކީ "ފަސޭހަ ދެ ބައިވެރިން" ކަމަށާއި ޔޫކްރެއިންގައި ދިމާވެފައިވާ އޮތް ކާރިސާއާ މެދު އިންޑިއާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

މިދިޔަ މާޗް މަހު ވެސް ބައިޑެން އާއި މޯދީގެ ބައްދަލުވުމެއް އޮތެވެ. ނަމަވެސް އެ ފަހަރު ވެސް ދެ ގައުމު އެކުގައި ރަޝިއާގެ އަމަލުތައް ކުށްވެރިކޮށްފައެއް ނުވެ އެވެ.

މިދިޔަ ހަފްތާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ރަޝިއާ ސަސްޕެންޑް ކުރުމަށް ނެގި ވޯޓުގައި އިންޑިއާއިން ވޯޓު ދީފައެއް ނުވެ އެވެ.

ޔޫކްރެއިން ހަނގުރާމައާ ހެދި ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބޭ ފަދަ ގޮތަކަށް އަމަލު ކުރާ ކޮންމެ ގައުމަކަށް ވެސް "ދެރަވާނެ" ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އިންޑިއާއިން އަދިވެސް ދަނީ ރަޝިއާއާ އެކު ވިޔަފާރީގެ ގުޅުން ފުޅާ ކުރަމުންނެވެ. އެގޮތުން ބޭންކު ނިޒާމާ ގުޅިގެން އެޅި ފިޔަވަޅު ލުއި ކުރުމުގެ ގޮތުން، ޑޮލަރުގެ ބަދަލުގައި ރުޕީ އާއި ރޫބްލްއިން ފައިސާ ދެއްކޭނެ ގޮތެއް ވަނީ ހަދާފަ އެވެ.

އޭގެ އިތުރުން ރަޝިއާގައި އުފައްދާ ތެލުން ހާއްސަ ޑިސްކައުންޓެއް ދެމުން ދާތީ، އެ ތެޔޮ ވެސް އިންޑިއާއިން ދަނީ ގަންނަމުންނެވެ. ހަނގުރާމަ ފެށި ފަހުން އިންޑިއަން އޮއިލް ކޯޕް ކުންފުނިން ވަނީ ރަޝިއާއިން ތިން މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ގަނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox