ލަންކާގެ އިގްތިސާދީ ކާރިސާ ހައްލު ކުރަން މިނިސްޓްރީތަކުގެ ސެކެޓްރީން ސަރުކާރަށް 33 ލަފާ

ސްރީލަންކާގެ ފިހާރައެއްގެ ބޭރުގައި ކިޔު ހަދާފައި.

ސްރީލަންކާގެ ފިހާރައެއްގެ ބޭރުގައި ކިޔު ހަދާފައި.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާ ހައްލު ކުރަން ކެބިނެޓް މިނިސްޓްރީތަކުގެ ސެކެޓްރީއިންގެ ފަރާތުން ސަރުކާރަށް 33 ލަފާ ފޮނުވައިފި އެވެ.

ހުރިހާ ހުށަހެޅުމެއް ފޮނުވީ ރައީސްގެ ސެކެޓްރީ ގަމިނީ ސެނަރަތު އަށެވެ. މިނިސްޓްރީތަކުގެ ސެކެޓްރީއިން އެދެނީ ވީ އެންމެ އަވަހަކަށް އެ ލަފާތަކާ އެއް ގޮތަށް އަމަލު ކުރުމަށެވެ.

މިނިސްޓްރީތަކުގެ ސެކެޓްރީއިން ހުށަހެޅި ކަންކަން ދިރާސާ ކުރާނީ ބޮޑު ވަޒީރުގެ ސެކެޓްރީއިން ރިޔާސަތު ބަލަހައްޓާ ހާއްސަ ކޮމިޓީއަކުންނެވެ.

ހުށަހެޅި ކަންކަމުގެ ތެރޭގައި މިނިސްޓަރުންގެ އަދަދު މަދު ކުރުމާއި، މިނިސްޓަރުންނަށް ލިބޭ ފައިސާ އާއި އިނާޔަތްތައް ކުޑަ ކުރުމާއި، ސްޓޭޓް މިނިސްޓަރުންގެ އަދަދު ވަރަށް ބޮޑަށް މަދު ކުރުން ނުވަތަ އެއްކޮށް އުވާލުމާއި، ސަރުކާރު ކުންފުނިތަކާއި ސިވިލް ސާވިސްއަށް މުވައްޒަފުން ނެގުން ވަގުތީ ގޮތުން މެދުކަނޑާލުމެވެ.

ސަންޑޭ ޓައިމްސް ނޫހުގައިވާ ގޮތުން މި ވަގުތު 70 އަށް ވުރެ ގިނަ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އެބަ ތިއްބެވެ. އެހެންކަމުން ޕަބްލިކް އެޑްމިނިސްޓްރޭޝަން މިނިސްޓްރީގެ ސެކެޓްރީ ޖޭޖޭ ރަތުނަސިރީ ހުށަހެޅުއްވީ އަދަދު މަދު ކުރުމަށެވެ.

މިނިސްޓަރުން މަދު ކުރުމުން ހަރަދުތައް ކުޑަ ވާނެ ކަމަށާއި އެ ފައިސާ އެހެން މިނިސްޓްރީތަކާއި ތެޔޮ ގަންނަން ބޭނުން ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ތަރައްގީގެ އެއްވެސް އާ މަޝްރޫއެއް ނުފެށުމަށާއި ސަރުކާރާއި ސަރުކާރުން ކުންފުނިތަކުން އެއްވެސް އިމާރާތެއް ނުވަތަ ބިމެއް ކުއްޔަށް ނުނެގުމަށާއި 2022 ވަނަ އަހަރުގެ ބަޖެޓު މުރާޖައާ ކުރަން ވެސް ހުށަހަޅާފައިވެ އެވެ.

ހުށަހެޅުންތަކުގައި އިތުރަށް ބުނީ ތަކެތި އިމްޕޯޓް ކުރުމުގައި އިސްކަން ދޭންވީ ތެލާއި، ގޭސް އަދި ބޭހަށް ކަމަށާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ އެކު ކުރާ މަޝްވަރާ އަވަސް ކުރުން މުހިއްމު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox