ކްރިކެޓް ކާނިވަލް: ސަންކުއިކް ލިލީ އަށް އެއް ވަނަ، އައިބީއެސް ދެ ވަނަ އަށް

Apr 11, 2022, 6:22 AM
ކްރިކެޓް ކާނިވަލް: ސަންކުއިކް ލިލީ އަށް އެއް ވަނަ، އައިބީއެސް ދެ ވަނަ އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ ޓޭޕް ބޯލް މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް ބީގެ މެޗުތަކުން މޮޅުވެ، ސަންކުއިކް ލިލީ އެއް ވަނައިގައި އޮތްއިރު، ދެ ވަނަ މަގާމު، އައިބީއެސް އިން ހޯދައިފި އެވެ.

މީޓިއޯސްއާ ވާދަކޮށް ސަންކުއިކް ލިލީ މޮޅުވީ ހަ ވިކެޓުންނެވެ. އަދި އައިބީއެސް އިން ވަނީ ސުގަ ކޯން ހަ ވިކެޓުން ބަލިކޮށްފަ އެވެ.

ގްރޫޕް ބީގެ އެއް ވަނައިގައި ސަންކުއިކް ލިލީ އޮތީ ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެންނެވެ. އައިބީއެސް އަށް ދެ ވަނަ ލިބެނީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދުމުންނެވެ. މީޓިއޯސް ތިން ވަނައިގައި އޮތީ ތިން މެޗުން ދެ ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ސުގަ ކޯން މެޗަކުން މޮޅެއްނުވެ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި މީޓިއޯސް އަށް ޓޮސް ދިމާވުމުން ނިންމީ ބެޓް ކުރާށެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ލަނޑު ހެދި އަލީ ނިހާދާއި 30 ލަނޑު އެއްކުރި އިބްރާހިމް އަލީ އެވެ. ޖުމްލަ އެއްކޮށް މީޓިއޯސް އިން ވަނީ އަށް 112 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، ސަންކުއިކް ލިލީން ވަނީ 5.4 އޯވަރުގެ ތެރޭގައި އެއް ވިކެޓަށް 114 ލަނޑު އެއްކޮށް މެޗުން މޮޅުވެފަ އެވެ. ސަންކުއިކް ލިލީން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 36 ލަނޑު ހެދި ޔޫސުފް އަޒްޔާން ފަރުހަތާއި 33 ލަނޑު އެއްކުރި މުހައްމަދު ރިޝްވާން އަދި 23 ލަނޑު އެއްކުރި ހަސަން ހާޒިގް އެވެ.

އިއްޔެގެ ދެ ވަނަ މެޗުގައި ޓޯސް ދިމާވުމުން ސުގަ ކޯން އިން އެރީ ބެޓް ކުރާށެވެ. އަށް އޯވަރު ނިމުނުއިރު، ތިން ވިކެޓަށް ސުގަ ކޯން އަށް ހެދުނީ 105 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 36 ލަނޑު ހެދި މުހައްމަދު އާމިރާއި 13 ލަނޑު ހެދި އަހުމަދު އާމިރު އެވެ. ޖަވާބުގައި އައިބީއެސް އިން ކުޅެން އަރައި، 6.4 އޯވަރުގެ ތެރޭގައި އެއް ވިކެޓަށް 106 ލަނޑު ހަދައި މެޗުން މޮޅުވީ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 13 ބޯޅައިން 32 ލަނޑު ހެދި މަހުމޫދު ރިޔާޒާއި 20 ލަނޑު އެއްކުރި އަހުމަދު މުނާޒް އެވެެ..

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox