ޖަލުގައި މަރުވި ޔަމަންގެ ޔަހްޔާ އާއި އަމީންއާ ގާތް ގުޅުމެއް އޮތް: ސިއްރު ހެކި

ޔަހުޔާ އަދި އަމީން: ސިއްރު ހެކިވެރިޔާ ބުނި ގޮތުގައި އެ ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮތް

ޔަހުޔާ އަދި އަމީން: ސިއްރު ހެކިވެރިޔާ ބުނި ގޮތުގައި އެ ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އޮތް

ޓެރަރިޒަމްގެ ތުހުމަތެއްގައި ރާއްޖޭގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައި މަރުވި ޔަމަންގެ ޔާސިރު ޔަހްޔާ ސޯލިހް އާއި އައިސިސްގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ މުހައްމަދު އަމީންއާ ގުޅުމެއް އޮތް ކަމަށް ދައުލަތުން ޝަރީއަތަށް ހުށަހެޅި ހެކިވެރިއަކު ބުނެފި އެވެ.

ޓެރަރިޒަމް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާ އަމީންގެ މައްޗަށް އުފުލައިގެން ކުރިއަށްދާ ޝަރީއަތުގެ މިއަދުގެ އަޑުއެހުމަށް ހާޒިރު ކުރި ސިއްރު ހެކިވެރިއަކީ ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރާ ފަރާތެކެވެ.

އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ، އަމީންގެ އަމަލުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރަށް ކައިރިން ބަލާފައި ވާނެ ކަމަށެވެ. އަމީން އާއި ދީނީ ހަރުކަށި ފިކުރުގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ސޯޝަލް މީޑިއާ އެނައިލައިޒް ކުރުމަށް ފަހު އަމީންގެ ލިންކް ހުރި ފަރާތްތައް އޭނާ ހާމަ ކުރި އެވެ.

މި ގޮތުން ޓެރަރިސްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ޔާސިރު ޔަހްޔާ އާއި އަމީންއާ ގާތް ގުޅުމެއް އޮތް ކަން ސޯޝަލް މީޑިއާ އެނަލައިޒް ކޮށްގެން އެނގުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. މާޗު 3، 2017 ގައި ޔާސިރު ޔަހްޔާ ރާއްޖޭން ހައްޔަރު ކުރީ ވެސް ބޭރުގެ މީޑިއާތަކުން އެ މައުލޫމާތު ފަތުރައިގެންނެވެ. އެ ފަހުން ޖަލުގައި އޮއްވައި އޭނާ މަރުވީ އޮގަސްޓް 2، 2020 ގަ އެވެ.

ސިއްރު ހެކިވެރިޔާ ކިޔައިދިން ގޮތުން ޔާސިރު ޔަހްޔާ އާއި އަމީން މުއާމަލާތް ކުރަމުން ދިޔަ އެވެ. އަދި އަމީން ދިރިއުޅޭ ގެ ކައިރި ސަރަހައްދުން ވެސް ޔާސިރު ޔަހްޔާ ފެނިފައި ހުރި ކަމަށް ހެކިވެރިޔާ ބުންޏެވެ. ޔާސިރު ޔަހްޔާ އާއި އަމީން ބައްދަލުވިތޯ ފަހުން ދިފާއުން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ ބައްދަލުވެފައި އޮތް ކަން އެނގެން ނެތް ކަމަށެވެ. އެކަމަކު ގުޅުމެއް އޮތް ކަން އެނގެން އޮތް ކަމަށް އޭނާ ބުންޏެވެ.

ޔާސިރު ޔަހްޔާ ރާއްޖޭގައި ދިރިއުޅެމުން ދިޔައީ ދިވެހި މީހަކާ ވެސް ކައިވެނި ކޮށްގެންނެވެ. ޖަލުގައި އޮވެގެން އޭނާގެ ހާލަތު ގޯސްވަމުން ދާތީ އޭނާ ދިރިއުޅެމުން ދިޔަ ގެއަށް ބަދަލުކޮށްދޭން ވެސް އެދުނެވެ. ސަރުކާރުން އޭރު ބުނަމުން ދިޔައީ އޭނާ ރާއްޖޭން ބޭރަށް ދާން ދެކޮޅު ހަދަމުން ދިޔަ ކަމަށެވެ. ޔަހްޔާ މަރުވީ އޭނާ ޑިޕޯޓް ކޮށްލަން ސަރުކާރުން މަސައްކަތް ކުރަމުން އައި ކަމަށް ބުނެފައި ވަނިކޮށެވެ.

މީގެ އިތުރުން ސީރިއާއަށް ހަނގުރާމައަށް ދިޔަ ދެ ދިވެއްސަކާ ވެސް އަމީން ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރި އެވެ. އެ ގޮތުން، 2010 ވަނަ އަހަރުގެ ތެރޭގައި އަޑި ޕާކް ސަރަހައްދުން އަލީ އާދަމް އާއި ޝިފާޒް ނަމަކަށް ކިޔާ ދެ މީހުންނާ އަމީން ބައްދަލު ކުރި ކަމަށް ބުންޏެވެ. އަދި 2012 ގައި ޝިފާޒް ސީރިއާއަށް ދިޔަ ކަމާއި ހަނގުރާ މަތީ މަރުވި ކަން ސޯޝަލް މީޑިއާއިން އެނގެން އޮތް ކަމަށް ބުންޏެވެ.

ސިއްރު ހެކިވެރިޔާ މި ހުރިހާ ވާހަކައެއް ކިޔައިދިން ފަހުން އަމީންގެ ދިފާއީ ވަކީލު މުހައްމަދު ޔާމީން ވަނީ ސޯޝަލް މީޑިއާގައި ޕަބްލިޝް ވެގެން ދިޔަ ލިޔެކިއުންތަކާއި ފޮޓޯތަކާއި ވީޑިއޯތައް ވަކިން ވެރިފައި ކުރިންތޯ ސުވާލުކޮށްފަ އެވެ. އޭގެ ޖަވާބުގައި ހެކިވެރިޔާ ބުނެފައިވަނީ ވަކިވަކިން ވެރިފައި ކުރުމުގެ މަސައްކަތް ހަވާލުކުރީ އޭނާއަކަށް ނޫން ކަމަށާއި އެހެންވެ އެ މަސައްކަތް ނުކުރާ ކަމުގަ އެވެ.

މިއަދު ވެސް އަމީން ވަކިން ގޮޅިއެއްގައި ބާއްވާ ކަމުގެ ޝަކުވާ

ސިއްރު ހެކިވެރިޔާ ހެކި ބަސް ނެގުމަށް ފަހު އަމީންއަށް ދިން ފުރުސަތެއްގައި އޭނާ މިއަދު ވެސް ވަނީ މާފުށީ ޖަލުގައި އޭނާ ވަކިން ގޮޅިއެއްގައި އެކަނި ބާއްވާ ކަމުގެ ޝަކުވާ ހިއްސާކޮށްފަ އެވެ. މިއީ މާފުށީ ޖަލުގައި އެހެން ގައިދީންނާއި އަމީންއާ ދެމެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނުމުން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ވެސް އެ ކަން ބަލައިދޭން ޝަރީއަތުން އަންގާފައިވާ ކަމެކެވެ.

ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ އަމީން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ކަރެކްޝަންސް އިން އެ ކަން ސާފު ކޮށްފައިވާ ކަމުގަ އެވެ. ކަރެކްޝަންސް އިން މައުލޫމާތު ދިނީ އަމީންއާ މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. އަދި ބޭސްފަރުވާގެ ހިދުމަތް ވެސް އެހެން ގައިދީންނެކޭ އެއް ގޮތަށް އަމީންއަށް ވެސް ދެމުންދާ ކަން ކަރެކްޝަންސް އިން ފާހަގަ ކުރި އެވެ.

ދައުލަތުގެ ވަކީލް ދެއްކި ވާހަކަތަކަށް ރައްދު ދެމުން އަމީން ބުނީ އޭނާ އަދިވެސް ބާއްވާފައި އޮންނަނީ ޖަލުގައި ވަކިން އެކަނި ގޮޅިއެއްގައި ކަމަށެވެ. އެއީ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ އެހެން މީހުންނާ މެދު ވެސް ޖަލުގައި އަމަލު ކުރަމުންދާ ގޮތެއް ނޫން ކަމަށް އޭނާ ބުންޏެވެ. ޖަލުގައި ކޮވިޑް ފެތުރެމުން ދިޔަ ދުވަސްވަރު އޭނާގެ ފުށުން އަލާމާތްތައް ފެނުމުން ވެސް އެކަމާއި މާ ބޮޑަށް އަޅާނުލާ ކަމަށް އަމީން ބުންޏެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ އެ މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވާނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު ވެސް އޮންނާނީ ދައުލަތުން ހުށަހެޅި ހެކިވެރިންގެ ހެކި ބަސް ނެގުން ކަން ގާޒީ ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރަށް އަމީންގެ ޝަކުވާތައް ދައުލަތުން އިތުރަށް ސާފުކޮށް ޖަވާބު ދިނުމަށް ވެސް ގާޒީ އެންގެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox