އިންޓަ އިން މިލާނާ ޕޮއިންޓަކާ ގާތަށް، ފަހަތުން އަރައި ޔުވެންޓަސް އަށް މޮޅެއް

Apr 10, 2022, 12:55 AM
ލަނޑު ޖެހުމަށް ފަހު އިންޓަގެ ޒެކޯ (ވ) އާއި ކޮރޭއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު އިންޓަގެ ޒެކޯ (ވ) އާއި ކޮރޭއާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މިލާން (އޭޕްރީލް 10) - އިޓާލިއަން ލީގުގައި ރޭ ހެލަސް ވެރޯނާ އަތުން 2-0 އިން މޮޅުވެ، އިންޓަ މިލާނުން ލީގުގެ އެއް ވަނައިގައި އޮތް އޭސީ މިލާނާ ޕޮއިންޓަކަށް ގާތަށް ޖެހިލިއިރު، ކަލިއަރީ ގޯލެއް ޖަހާފައިވަނިކޮށް ފަހަތުންއަރައި 2-1 އިން މޮޅުވެ، ޔުވެންޓަސް އިން ލީގުގެ ރޭހުގައި ދެމި އޮންނަން މުހިންމު ޕޮއިންޓްތަކެއް ހޯދައިފި އެވެ.

މިލާން, މި ވަގުތު އެއް ވަނައިގައި އޮތީ 31 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން އިންޓަ ދެ ވަނައިގައި އޮތީ 31 މެޗުން 66 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ނަޕޯލީ އަށް ވެސް ވަނީ 31 މެޗުން 66 ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް ހަތަރު ވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓް ހޯދައިގެންނެެވެ.

މިރޭ ނަޕޯލީން އަމިއްލަ ދަނޑުގައި ފިއޮރެންޓީނާއާ ކުޅޭނެ އެވެ. މިލާނުން ނުކުންނާނީ ރަށުންބޭރުގައި ޓޮރީނޯއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި އިންޓަ އަށް ގޯލު ޖަހައިދޭން އިވާން ޕެރިސިޗް ޖެހި ބޯޅަ ހެލަސް ވެރޯނާ ކީޕަރު ލޮރެންޒޯ މޮންޓީޕޯ ވަނީ މަތަކޮށްފަ އެވެ. މެޗުގެ 22 ވަނަ މިނިޓްގައި އިންޓަ އަށް ލީޑުނަގައިދިނީ ޕެރިސިޗް ނެގި ހުރަހަކުން ނިކޯލޯ ބަރޭލާ އެވެ. ބަރޭލާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. އޭގެ ފަހުން ބަރޭލާ ދިން ބޯޅައަކުން ޔަކީން ކޮރޭއާ ޖެހި ޝޮޓް ކީޕަރު މޮންޓީޕޯ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 30 ވަނަ މިނިޓްގައި އިންޓަގެ ދެ ވަނަ ގޯލު ޖެހީ އެޑިން ޖެކޯ އެވެ. މިއީ ޑި މާކޯ ނެގި ކޯނަރަކުން ޕެރިސިޗް ބޮލުން ޖައްސާލި ބޯޅަ ކުޑައޭރިއާތެރެއިން ގޯލު ތެރެއަށް ފޮނުވާލައިގެން ޖެކޯ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި ޖެކޯގެ 13 ވަނަ ގޯލެވެ.

ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހުމަށް ފަހު ވްލަހޯވިޗް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކަލިއަރީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ 10 ވަނަ މިނިޓްގައި ޖާއޯ ޕެޑްރޯ ޖެހި ގޯލުންނެވެ. ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ އަތުން ބޯޅަ ހޯދައިގެން އައިސް، ކަލިއަރީގެ ރަޒްވާން މަރީން ހުސްކޮށްލާފައި ޖާއޯ ޕެޑްރޯ އަށް ދިން ބޯޅަ އޭނާ ވަނީ ގޯލުގެ މަތީ ކަނަށް ފޮނުވާލައިފަ އެެވެ.

ޔުވެންޓަސް އިން ޖެހި ފުރަތަމަ ގޯލު ބަލައިނުގަތެވެ. އޭރިއާބޭރުން ޑިބާލާ ޖެހި ބޯޅައެއް ކަލިއަރީގެ ކީޕަރު އަލެސިއޯ ކްރާނިޔޯ އަތުގައި ޖެހިފައި ލިބުނީ ޔުވެންޓަސްގެ ލޫކަ ޕެލެގްރީނީ އަށެވެ. ޕެލެގްރީނީ ޖެހި ބޯޅަ ގޯލަށް ވަނީ ޔުވެންޓަސްގެ އޭޑްރިއަން ރަބިއޯ އަތުގައި ޖެހިފައި ކަމަށް ބަލައި، ގޯލު ބަލައިނުގަންނަން ނިންމި އެވެ.

އެކަމަކު، ފުރަަތަމަ ހާފުގެ އިތުރު ވަގުތުގައި މަތައިސް ޑި ލިޓް ބޮލުން ޖެހި ގޯލުން ޔުވެންޓަސް އިން އެއްވަރުކުރި އެވެ. މިއީ ހުއާން ކުއަޑްރާޑޯ ނެގި ހުރަހަކުން އޭރިއާތެރެއިން ހަމަޖެހިލާފައި ޑި ލިޓް ޖެހި ގޯލެކެވެ.

ދެ ވަނަ ހާފްގެ ކުރީކޮޅުގައި ޔުވެންޓަސް އަށް ލީޑުނަގައިދޭން ކުއަޑްރާޑޯ އާއި ޑިބާލާ ޖެހި ބޯޅަތައް ގޯލާ ސީދާނުވި އެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި ޔުވެންޓަސް މޮޅުކޮށްދިން ގޯލު ޖެހީ ޑިބާލާ ދިން ބޯޅަ އަކުން ޑޫސާން ވްލަހޯވިޗް އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox