ކްރިކެޓް ކާނިވަލް: އޭއާރްސީ ކުރީގައި، ސިފައިންނަށް ދިރުމެއް

Apr 10, 2022, 12:52 AM
ކްރިކެޓް ކާނިވަލް: އޭއާރްސީ ކުރީގައި، ސިފައިންނަށް ދިރުމެއް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގެ ޓޭޕް ބޯލް މުބާރާތުގައި އޭއާރްސީ ތިން މޮޅު ހަމަކުރިއިރު، ދިވެހި ސިފައިންގެ ކްލަބުން ފުރަތަމަ މޮޅު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި އޭއާރްސީ އަށް ޓޮސް ދިމާވުމުން ނިންމީ ބެޓް ކުރާށެވެ. އޭއާރްސީ މޮޅުވީ ހަ ލަނޑުންނެވެ. އަށް އޯވަރުގެ ތެރޭގައި އޭއާރްސީން ވަނީ 128 ލަނޑު އެއްކޮށްފަ އެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ލަނޑު ހެދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ. މެރީ ކޯނާގެ އަހުމަދު އަރަފާތު މި އިނިންސްގައި ތިން ވިކެޓް ނެގި އެވެ.

ޖަވާބުގައި މެރީ ކޯނާ އިން ކުޅެންއަރައި އަށް އޯވަރު ހަމަވިއިރު ހެދުނީ 102 ލަނޑެވެ. މެރީ ކޯނާ ޓީމުގެ މުހަންމަދު ހައިކަލް ވަނީ 31 ލަނޑު ހަދައިފަ އެވެ. އެ ޓީމުގެ މުހަންމަދު އަޒްލީ ވަނީ 18 ލަނޑު. ހަދައިފަ އެވެ. އާކް ޓީމ،ުގެ ލީމް ސަފީގް ދެ ވިކެޓް ނެގި އެވެ.

މި ނަތީޖާއާ އެކު އޭއާރްސީން ގްރޫޕް އޭގެ އެއް ވަނައިގައި އޮތީ ތިން މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެވިއާ މޯލްޑިވްސް އާއި ތިން ވަނައިގައި އޮތް ޑީއެސްސީ އަދި ހަތަރެއްގައި އޮތް ގަލޮޅު ކަންމައްޗަށް ވަނީ ދެ ޕޮއިންޓް ލިބިފަ އެވެ. ކުޅުނު ތިން މެޗުން ވެސް ބަލިވެ، މެރީ ކޯނާ އޮތީ މި ގްރޫޕްގެ ފުލުގަ އެވެ.

އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ގަލޮޅު ކަންމަތި ބަނަފްސާއާ ބައްދަލުކޮށް 32 ލަނޑުން މޮޅުވެ ސިފައިން ފުރަތަމަ މޮޅު ހޯދި އެވެ. ޓޮސް ދިމާވުމުން ކުޅެންއަރައި އަށް އޯވަރު ތެރޭގައި ސިފައިންގެ ޓީމުން 135 ލަނޑު ހެދިއިރު، އެ ޓީމުގެ އަލީ ނާޝިދު 35 ލަނޑު ހެދިއިރު، އެ ޓީމުގެ އަހުމަދު ހަސަން 31 ލަނޑު އަދި އަހުމަދު އަމްޖަދު 28 ލަނޑު ހެދި އެވެ.

ޖަވާބުގައި ކުޅެން އަރައި، ގަލޮޅު ކަންމަތި ބަނަފްސާ ޓީމަށް އަށް އޯވަރު ހަމަވިއިރު ހެދުނީ 103 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 33 ލަނޑު ހެދި އިސްމާއިލް އަނިލް އާއި 23 ލަނޑު އެއްކުރި އަލީ ސަރީފް އެވެ.

މިއަދު ކުޅޭނީ ގްރޫޕް ބީގެ ދެ މެޗެެވެ. އެ ގޮތުން 16:00 ގައި ފަށާ ފުރަތަމަ މެޗައި އައިބީއެސް ކުޅޭނީ ސުގަ ކޯންއާ އެވެ. ދެ ވަނަ މެޗުގައި ގްރޫޕް ބީގެ އެއް ވަނައިގައި އޮތް ސަންކުއިކް ލިލީ ކުޅޭނީ ދެ ވަނައިގައި އޮތް މީޓިއޯސްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox