ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ "ފެނަކަ އާއިލީ ޤުރުއާން މުބާރާތް 1443"ގެ ކިޔެވުން ފަށައިފި އެވެ.
އިއްޔެ ފެށި އެ މުބާރާތުގެ ޒޯން އެކެއްގެ ކިޔެވުމެވެ. އެއީ ށ. އަތޮޅާއި ނ. އަތޮޅުގެ ރަށްތައް ހިމެނޭ ޒޯނެވެ. މިއީ ފެނަކަ ރެކްރިއޭޝަން ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ އެފަދަ ފަސް ވަނަ ޤުރުއާން މުބާރާތެކެވެ.
ކޮވިޑުގެ ސަބަބުން މެދުކެނޑުނު އެ މުބާރާތް އަލުން ފަށާފައި ވާއިރު މިހާރު ވަނީ ފައިސާގެ އިނާމު ކުރިއަށް ވުރެ ބޮޑު ކޮށްފަ އެވެ.
އެގޮތުން ހަނދާނީ ލިޔުމާއި ތަށްޓާއެކު އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާ، ދެވަނައަށް 10،000 ރުފިޔާ އަދި ތިންވަނައަށް 5،000 ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ކޮންމެ ޒޯނަކަށް ވެސް ފައިސާގެ އިނާމު ކަނޑައަޅާފައި ވަނީ ވަކިން ކަމަށް ފެނަކައިން ބުންޏެވެ.
އެ މުބާރާތުގެ ދެވަނަ ޒޯންގެ ކިޔެވުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހެވެ.


ފެނަކަ ޤުރުއާން މުބާރާތް-- ފޮޓޯ: ފެނަކަ
- ޒޯން 2 މުބާރާތް އޮންނާނީ ގއ.ވިލިނގިލިގައި
- ޒޯން 3 މުބާރާތް އޮންނާނީ ސ.ހިތަދޫގައި
- ޒޯން 4 މުބާރާތް އޮންނާނީ މާލެ (ކ،ހުރާ އަދި ފެނަކަ ހެޑް އޮފީސް މުވައްޒަފުންނަށް)
މި މުބާރާތުގައި ޖުމްލަ 193 މީހުން ބައިވެރި ވެފައިވާއިރު އެއީ ށ.އަތޮޅާއި ނ.އަތޮޅުގެ ފެނަކަ އާއިލާތަކުގެ މެމްބަރުންނެވެ.
މުބާރާތުގައި ބައިވެރިވާ އުމުރު ފުރާތައް:
- 6 އަހަރުން ދަށް
- 9 އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 18 އަހަރުން ދަށް
- ފެނަކަ މުވައްޒަފުން
ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ހިތުން ކިޔެވުމުގެ ގޮފިން މުބާރާތް ކުރިއަށް ދާއިރު މުބާރާތް އިންސާފުވެރި ކޮށްދެއްވައި ފަނޑިޔާރުބްގެ ގޮތުގައި ތިއްބަވާނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ތިން ލެކްޗަރާއިން ކަމަށް ފެނަކައިން ބުނެ އެވެ.












