ކްރިކެޓް ކާނިވަލް: އައިބީއެސް އާއި ގަލޮޅު ކަންމައްޗަށް މޮޅެއް

Apr 8, 2022, 1:07 AM
ކްރިކެޓް ކާނިވަލްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ކާނިވަލްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއޭއެމް) އިން ކޮންމެ ރަމަޟާން މަހަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކްރިކެޓް ކާނިވަލުގައި އިއްޔެ ކުޅުނު އޯޕަން ޓޭޕްބޭލް މުބާރާތުގެ މެޗުތަކުން އައިބީއެސް އާއި ގަލޮޅު ކަންމަތި މޮޅުވެއްޖެ އެވެ.

ކުޅިވަރު އެކުވެނި އެއް ނަމްބަރު ދަނޑުގައި އިއްޔެ ހަވީރު ފުރަތަމަ ކުޅުނު މެޗުގައި މީޓިއޯސްއާ ބައްދަލުކޮށް އައިބީއެސް ކާމިޔާބުކުރީ ހަތް ވިކެޓުންނެވެ.

ޓޮސް ދިމާވުމުން މީޓިއޯސް އިން ނިންމީ ބެޓް ކުރުމަށެވެ. މީޓިއޯސް އިން ކުޅެންއަރައި އަށް އޯވަރު ކުޅެގެން ތިން ކުޅުންތެރިން ނުބައިވިއިރު، ހެދުނީ 109 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 35 ލަނޑު ހެދި އަލީ ސުނާން އާއި 21 ލަނޑު އެއްކުރި އިބްރާހިމް އަލީ އެވެ. އައިބީއެސްގެ ހުސެން ރިޔާޒު ވަނީ މި އިނިންސްގައި ދެ ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި އައިބީއެސް އިން ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން ވަނީ 112 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. އައިބީއެސް ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 34 ލަނޑު ހެދި ފައިސަލް އާއި 31 ލަނޑު އެއްކުރި ހަސަން އިބްރާހިމް އެވެ.

އިއްޔެ ކުޅުނު ދެ ވަނަ މެޗުގައި ކިންޒާ ކެފޭއާ ވާދަކޮށް ގަލޮޅު ކަންމަތި މޮޅުވީ ހަތަރު ވިކެޓުންނެވެ. ކިންޒާ އަށް ޓޮސް ދިމާވުމުން ނިންމީ ބެޓިން އަށް ދިއުމަށެވެ. ކިންޒާ އިން އަށް އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 113 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ލަނޑު ހެދި ސަލާމް މުހައްމަދު އެވެ.

ޖަވާބުގައި ގަލޮޅު ކަންމަތިން ކުޅެން ނުކުމެ، ހަތް އޯވަރުގެ ތެރޭގައި 117 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 42 ލަނޑު ހެދި މުހައްމަދު އަފްލާހު އެވެ. އެ ޓީމުގެ އަލީ ސުޒޭން ވަނީ 17 ލަނޑު ހަދައިފަ އެވެ.

މުބާރާތުގައި މިއަދު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ލަވާލިޔާ ކުޅޭނީ އެމްއޭސީއެލްއާ އެވެ. އެ މެޗަށް ފަހު ދެ ވަނަ މެޗު ފަށާއިރު، ސަންކުއިކް ލިލީން ނުކުންނާނީ ސުގަ ކޯންއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox