ރެލިގޭޝަން ޕްރެޝަރާ ހެދި އެވަޓަން އިން ލަމްޕާޑް ވަކިކޮށްފާނެތަ؟

Apr 7, 2022, 10:39 AM
ރެލިގޭޝަން ޕްރެޝަރާ ހެދި އެވަޓަން އިން ލަމްޕާޑް ވަކިކޮށްފާނެތަ؟

ލަންޑަން (އޭޕްރީލް 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު ބާންލީ އަތުން ބަލިވެ، އެވަޓަން އިން ރެލިގޭޝަނުގެ ބިރާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑަށް ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ޖެނުއަރީ މަހު ފަހުކޮޅު އެވަޓަން އިން ލަމްޕާޑް ކޯޗަކަށް ހަމަޖެއްސީ ދެ އަހަރު ބައިގެ ކޮންޓްރެކްޓެއްގަ އެވެ. ސްޕެއިންގެ ކޯޗު، ރަފައެލް ބެނިޓޭޒާ އެކު މި ސީޒަން ފެށި، އެވަޓަން އިން ލަމްޕާޑްގެ ކޯޗުކަމުގައި ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން ލީގުގައި އެވަޓަން އިން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވިއިރު، ރޭ ބާންލީގެ އަތްދަށުވީ އެވަޓަން ލީޑުގައި އޮއްވައި ބާންލީ ފަހަތުން އަރައި ޖެހި ގޯލުތަކުން 3-2 އިންނެވެ.

އެވަޓަން އެންމެ ފަހުން ރެލިގޭޓްވީ ބައިގަރުނަށް ވުރެ ގިނަ އަހަރުތަކެއް ކުރިން 1951 ވަނަ އަހަރު އެވެ. ރޭ ބާންލީ އަތުން ލިބުނު ނާކާމިޔާބީއާ އެކު އެވަޓަންއާ ރެލިގޭޝަން ޒޯނާ އޮތް ފަރަގަކީ އެއް ޕޮއިންޓެވެ.

ލީގު ތާވަލުގެ 17 ވަަނައިގައި އެވަޓަން އޮތީ 29 މެޗުން 25 ޕޮއިންޓާ އެކު އެވެ. ބާންލީ 18 ވަނައިގައި އޮތީ 29 މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. ފުލުން ދެ ވަނައިގައި އޮތް ވަޓްފޯޑަށް 30 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. އެންމެ ފަހަތުގައި އޮތް ނޮރިޗް ސިޓީ އަށް ވަނީ 30 މެޗުން 18 ޕޮއިންޓް ލިބިފަ އެވެ.

އީރާންގެ މަހުޖަނު ފަރުހާދު މޮޝިރީ، 2016 ވަނަ އަހަރު އެވަޓަން ގަތް ފަހުން ގިނަ ކޯޗުންތަކެއް ބަދަލުކޮށްގެން ވެސް ބޭނުންވާ މިސްރާބަށް އެ ކްލަބަށް ނުދެވެ އެވެ. މޮޝިރީގެ މި ދައުރުގައި އެވަޓަންގައި މަޝްހޫރު ކޯޗުންތަކެއް މަސައްކަތް ކޮށްފައިވާއިރު، ޖުމްލަ އެއްކޮށް 500 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް އާ ކުޅުންތެރިންނަށް ވަނީ ހޭދަކޮށްފަ އެވެ.

އިނގިރޭސި ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި އެވަޓަން އިން ލީގު ސީޒަނުގެ ފަހު ނުވަ މެޗާ ކުރިމަތިލާއިރު، މި ވަގުތު މުހިންމު ފިޔަވަޅުތަކެއް ނާޅައިފިނަމަ ރެލިގޭޓްވުމުގެ ބިރު ވެސް އެބައޮތެވެ.

ރިޕޯޓްތައް ބުނާގޮތުން އެވަޓަންގެ ސީނިއާ މެނޭޖްމަންޓާއި ލަމްޕާޑް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކްލަބްގެ ހާލަތާއި މެޗުތަކުގެ ނަތީޖާއާ ބެހޭގޮތުން މަޝްވަރާކުރަން ބައްދަލުކުރާނެ އެވެ. އެ ބައްދަލުވުމާ ދިމާކޮށް، އެވަޓަންގެ ގިނަ ސަޕޯޓަރުން އަޑުއުފުލަމުން އަންނަނީ ލަމްޕާޑް މަގާމުން ވަކިކުރުމަށް އެދި އެވެ. އަދި ރެލިގޭޝަނުން ޓީމުތައް ސަލާމަތްކުުރުމުގެ ތަޖުރިބާހުރި ކޯޗެއް ގެންނަން ވެސް ބައެއް ސަޕޯޓަރުން އަންނަނީ ގޮވާލަމުންނެވެ.

ދާދި ފަހުން ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ރެލިގޭޝަން ޒޯނުގައި ކުޅެން ޖެހުމުގެ ވާހަކައާ ގުޅޭ ސުވާލެއް ލަމްޕާޑް ގާތުގައި އެހުމުން ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ވާދަވެރި ތަފާތު ރޫހެއްގެ މެޗުތައް ކުޅެން ހާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށެވެ. އެ ގޮތަށް ވިސްނާއިރު، ރެލިގޭޝަން ޒޯނުގައި އޮވެގެން އެވަޓަން ގޮވައިގެން މި ކުޅެން ޖެހޭ މެޗުތަކުގެ "ޓެންޝަން" އަކީ ކްލަބްގައި ތިބި ކުޅުންތެރިންގެ އަސްލު ލެވަލްގައި ކުޅެލަން ލިބޭނެ ހިތްވަރަކަށް ހެދޭނެ ކަމަށް ލަމްޕާޑް ވަނީ ބުނެފަ އެވެ.

އެވަޓަން އަށް ދެން އޮތް މެޗުތަކަކީ މެންޗެސްޓާ ޔުނައިޓެޑް (އަމިއްލަ ދަނޑުގައި)، ލެސްޓާ ސިޓީ (އަމިއްލަ ދަނޑުގައި)، ލިވަޕޫލް (ރަށުންބޭރުގައި)، ޗެލްސީ (އަމިއްލަ ދަނޑުގައި)، ލެސްޓާ ސިޓީ (ރަށުންބޭރުގައި)، ވަޓްފޯޑް (ރަށުންބޭރުގައި)، ބްރެންޓްފޯޑް (އަމިއްލަ ދަނޑުގައި)، ކްރިސްޓަލް ޕެލެސް (އަމިއްލަ ދަނޑުގައި) އަދި އާސެނަލް (ރަށުންބޭރުގައި) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox