ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް އައްޑޫގައި: ތަރިންނާ އެކު ކުލަގަދަ އިވެންޓެއް

Apr 7, 2022, 8:19 PM
ޓީޓީގެ ރައީސް އައްޔަ (ކ) އާއި އައްޑޫ ސިޓީ މޭޔަރު ނިޒާރު މިއަދުގެ އިވެންޓްގެ ތެރެއިން.-- ފޮޓޯ: އައްޑޫލައިވް

ޓީޓީގެ ރައީސް އައްޔަ (ކ) އާއި އައްޑޫ ސިޓީ މޭޔަރު ނިޒާރު މިއަދުގެ އިވެންޓްގެ ތެރެއިން.-- ފޮޓޯ: އައްޑޫލައިވް

ބައިނަލްއަގްވާމީ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން އައްޑޫގައި ހާއްސަ ހަރަކާތްތަކެއް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފި އެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ކޮންމެ އޭޕްރީލް މަހެއްގެ ވެސް ހަ ވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަކުރަމުން އަންނައިރު، ރާއްޖޭގައި ވެސް ވަނީ މި ދުވަސް މީގެ ކުރިން ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ. މި އަހަރު ދުނިޔޭގެ ޓީޓީ ދުވަސް ފާހަގަކުރުމުގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ދިޔައީ އައްޑޫ ސިޓީގަ އެވެ.

އައްޑޫ ސިޓީގައި މި އަހަރު ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރަން ނިންމިއިރު ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ މީގެ މިއަހަރު މުޅި ރާއްޖެ އަށް ޓޭބަލް ޓެނިހުގެ ހަރަކާތްތައް ފުޅާކުރުމުގެ ޕްލޭނެއްވެސް ރާވައިފަ އެވެ.

އައްޑޫ ސިޓީގައިި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށް އެސޯސިއޭޝަންގެ އިސްވެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ކުރީގެ ޗެމްޕިއަނުންވެސް ބައިވެރިވި އެވެ.

މިއަދު ހަވީރު އައްޑޫ ސިޓީ ސްކޮޔާގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ގައުމީ އަންހެން ޓީމުގެ އައިޝަތު ރަފާ ނާޒިމް، ރާއްޖޭގެ ގައުމީ ޗެމްޕިއަން މޫސާ މުންސިފް، ކުރީގެ ޝަރަފްވެރި ދެ ޗެމްޕިއަނުން ކަމަށްވާ އަލި މަނިކު (ތާޅަފިލި އަލިބެ) އަދި މުއީނާ މުހައްމަދު ބައިވެރިވި އެވެ.

މީގެ އިތުރުން އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު، ނައިބް ރައީސް އިބްރާހިމް ޝިއުރީ އަދި ޖެނެރަލް ސެކްރަޓްރީ އައިޝަތު ސަމާހަތުގެ އިތުރުން ހަޒާންދާރު އަހުމަދު ޝާޒިލްވެސް ބައިވެރިވި އެވެ.

އައްޑޫ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވި މި ހަރަކާތްތަކުގައި ކުރީގެ އަދި މިހާރުގެ ޗެމްޕިއަނުންނާ އެކު ކުޅުމުގެ ފުރުސަތު ބައިވެރިންނަށް ލިބިފައިވާއިރު، ޓީޓީއާ ގުޅުންހުރި ތަފާތު އެކި މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފަ އެވެ. ޓީޓީއާ ގުޅުން ހުރި ސުވާލުތައް ކޮށްލުމާއި ޗެމްޕިއަނުންގެ ހަޔާތުގެ މުހިންމު މައުލޫމާތު ހިއްސާކުރުން ވެސް ކުރިއަށްދިޔަ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ވެރިންނާއި އައްޑޫ ކައުންސިލްގެ ވެރިން ބޭއްވި ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އައްޑޫ ކައުންސިލް/ފޭސްބުކް

މީގެ އިތުރުން ޓީޓީ އެސޯސިއޭޝަނާއި އައްޑޫ ކައުންސިލް ގުޅިގެން އައްޑޫގައި ޓީޓީ ފުޅާކުރަން ކުރެވޭނެ މަޝްވަރާތައް ވަރަށް ފުޅާކޮށް ކުރިއަށްގެންދިޔަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވި މި ހަރަކާތްތަކުގައި ޓީޓީ އެސޯސިއޭޝަނުން ވަނީ އައްޑޫ ސީޓީގައި ޓޭބަލް ޓެނިސް ކުރިއެރުމަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދީފަ އެވެ. އަދި އެ ސިޓީގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާތައް ކުރި އެވެ.

އެ ގޮތުން ޓީޓީ ޒުވާނުންގެ މަރުކަޒުގައި މިހާރަށް ވުރެ ބޮޑަށް ޓީޓީ ހަރަކާތްތައް ބޭއްވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ ވާހަކަ ދެކެވިފަ އެވެ.

ދުނިޔޭގެ ޓޭބަލް ޓެނިސް ދުވަސް ފާހަގަކުރުމަށް މާލޭގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އިހާ އެކަޑެމީ އިންނެވެ. އެ އެކަޑެމީ އިން ވަނީ މާލޭގެ އާޓިފިޝަލް ބީޗުގައި އިއްޔެ ޓޭބަލް ޓެނިސް ކުޅުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox