130 ކިލޯ ޑްރަގު މައްސަލަ: ރާއްޖޭން ފުރުން މަނާކޮށް އެންމެ އިސް ދެ މީހުން ބޭސްފަރުވާއަށް ދޫކޮށްލައިފި

ޝަހީބް އިބްރާހީމް (ކ) އަދި އަހްމަދު މޫސާ (ވ). މި ދެ މީހުން ދޫކޮށްލީ ބޭސްފަރުވާއަށް --- ފޮޓޯ: ފުލުހުން

ޝަހީބް އިބްރާހީމް (ކ) އަދި އަހްމަދު މޫސާ (ވ). މި ދެ މީހުން ދޫކޮށްލީ ބޭސްފަރުވާއަށް --- ފޮޓޯ: ފުލުހުން

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި އިސްކޮށް ހުރި ދެ މީހުން ބޭސްފަރުވާއަށް ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ހަތް މީހަކު ހައްޔަރުކޮށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން އެންމެ އިސް ދެ މީހުން ކަމަށް ފުލުހުން ތުހުމަތު ކުރަނީ ގއ. ވިލިނގިލި, ލައިޓް ހައުސް, ޝަހީބް އިބްރާހީމް އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާއަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކެވެ. އެގޮތުން ޝަހީބާއި އަހްމަދު މޫސާގެ ބޭސްފަރުވާއަށް ރިއާޔަތްކޮށް ބަންދު މުރާޖައާ ކޮށްދޭން ދެ ފަރާތުގެ ވަކީލުން ވެސް ހުށަހެޅި އެވެ.

ޝަހީބުގެ ދިފާއީ ވަކީލުވަނީ އޭނާގެ ނަފްސާނީ މައްސަލަތަކާއި ކަށީގެ މައްސަލަތައް ހުރިކަމަށް ފާހަގަކުރައްވާފަ އެވެ. އޭނާގެ މައިބަދައިގެ ދެ ޑިސްކު ގުޑާފައިވާއިރު އެކަމަށް ފަރުވާ ނުލިބޭ ކަމަށާއި، ޑޮކްޓަރުން ދިން ލަފައާ އެއްގޮތަށް އޭނާއަށް ކައުންސެލިން ދެމުން ނުދާ ކަމަށް ބުންޏެވެ.

އަހްމަދު މޫސާގެ ވަކީލު ފާހަގަ ކުރެއްވި ގޮތުގައި އޭނާގެ ނޭވާލާ ނިޒާމުގައި މައްސަލަތަކެއް ވަނީ ދިމާވެފަ އެވެ. އެކަމާ ގުޅިގެން ހަދަން ޖެހޭ ޓެސްޓުތައް ވެސް މިހާތަނަށް ހެދިފައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. އެ ފުރުސަތުތައް ނުލިބޭތީ ބޭސްފަރުވާއަށް ދޫކޮށްދޭން އެދުނެވެ.

ދައުލަތާއި ސުވާލު ކުރުމުން، ދައުލަތުން ވެސް ވަނީ އަހްމަދު މޫސާ ހަދަން ޖެހިފައި ހުރި ޓެސްޓްތަކާއި ޝަހީބަށް ވެސް ކައުންސެލިންގެ ކަންކަން އަދި އެންމެ ފުރިހަމައަށް ނުދާ ކަމަށް ބުނެފަ އެވެ.

ދެ ފަރާތުން ވެސް ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު، މައްސަލަ ބެއްލެވި ގާޒީ ވަނީ ދެ މީހުން ވެސް ބޭސްފަރުވާއަށް ދޫކޮށްލަން ނިންމަވައިފަ އެވެ. ނަމަވެސް، ރާއްޖޭން ބޭރަށް ފުރުން ވަނީ މަނާކޮށްފަ އެވެ. އަދި، ބޭސްފަރުވާއަށް ބަންދުގެ ލުއި ދެނީ ދެ މަސް ދުވަހަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި މައްސަލައިގައި ހަތް މީހަކު ހައްޔަރުކުރީ 2019 ގަ އެވެ. މި ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރު ނުފުރޭ ކުޑަ ކުއްޖެކެވެ.

މި ދެމީހުންގެ ތެރެއިން ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުން ދޫކޮށްލިއިރު ޖާމިނުވީ ޝަހީބު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox