ވޯލްޑް ކަޕަށް ފަހު ކޫމަން އަލުން ނެދަލެންޑްސްއާ ހަވާލުވަނީ

Apr 6, 2022, 10:13 AM
ވޯލްޑް ކަޕަށް ފަހު ކޫމަން އަލުން ނެދަލެންޑްސްއާ ހަވާލުވަނީ

އަމްސްޓެޑަމް، ނެދަލެންޑްސް (އޭޕްރީލް 6) - ގަތަރުގައި މި އަހަރު ފަހުކޮޅުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް ފަހު ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވާން ރޮނާލްޑް ކޫމަން ނިންމައިފި އެވެ.

ކޫމަން އަލުން ނެދަލެންޑްސް ކޯޗުކަމަށް ގެންނަން ނިންމީ މި ވަގުތު އެ ޓީމާ ހަވާލުވެގެން ހުރި ތަޖުރިބާކާރު ކޯޗު ލުއީ ވެން ހާލް، ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާކަން އިއުލާނުކުރުމާ ގުޅިގެންންނެވެ. މިދިޔަ ދެ އަހަރު ކެންސަރަށް ފަރުވާ ހޯދަމުން އައި ވެން ހާލް، ވޯލްޑް ކަޕަށް ފަހު ހާއްސަ މެޑިކަލް ކެއާއަކަށް ދާން އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މިއީ ކޫމަން، 59، ނެދަލެންޑްސް ގައުމީ ޓީމަށް އިރުޝާދުދޭނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ކޫމަން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ނެދަލެންޑްސް ކޮލިފައިނުވުމުން އެ ގައުމުގެ ފުޓްބޯޅަ ވެއްޓުނު އަޑިގަޑުން ނަގައި ކޮޅަށް ޖެހުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވާން ނެދަލެންޑްސް ކޯޗުކަމާ ހަވާލުވެފަ އެވެ. އެ ފަހަރު އޭނާ ވަނީ 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ވެސް ނެދަލެންޑްސް އަށް ފުރުސަތު ހޯދައިދީފަ އެވެ.

ކޫމަން، ނެދަލެންޑްސް ކޯޗުކަން ދޫކޮށްލީ 2020 ވަނަ އަހަރު، ބާސެލޯނާއާ ހަވާލުވާށެވެ. މިދިޔަ އޮކްޓޫބަރު މަހު ބާސެލޯނާގެ ކޯޗުކަމުން ވަކިކުރި ކޫމަން މިވީ މުއްދަތުގައި ހުރީ ކޯޗިން ވަޒީފާއެއް ނެތި އެވެ.

ކޫމަން ބުނީ އަލުން ނެދަލެންޑްސް ގައުމީ ޓީމަށް އަންނަން ހުށަހެޅުން ލިބުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ކުރިން ކުރަމުން އައި ރަނގަޅު މަސައްކަތް އަލުން ފަށައި، ކުރިއަށް ވުރެ ރަނގަޅު މިސްރާބަކަށް ޓީމު ގެންދަން ފުރުސަތު ލިބޭނެތީ ކަމަށެވެ.

ނެދަލެންޑްސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޑިރެކްޓަރު މަރިއާން ވެން ލިއުވެންއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި މި ފަަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސްގެ ޓެކްނިކަލް ސްޓަޑީ ގްރޫޕްގައި ކޫމަން ހަރަކާތްތެރިވާނެ އެވެ. އަދި ޓީމަށް އެހީ ބޭނުންވާ އެކި ދާއިރާތަކުން ކޫމަން ސަޕޯޓް ހޯދާނެ އެވެ.

ނެދަލެންޑްސް އޮތީ ވޯލްޑް ކަޕްގެ ގްރޫޕް އޭގަ އެވެ. އެ ގްރޫޕްގައި ދެން އޮތީ މުބާރާތް ބާއްވާ ގަަތަރާއި ސެނެގާލް އެވެ. ނެދަލެންޑްސް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ސެނެގާލާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox