އައިޕީއެލް 2022: ބެންގަލޫރުން ރަނގަޅު ފޯމެއްގައި އޮތް ރާޖަސްތާން ބަލިކޮށްފި

Apr 6, 2022, 6:56 AM
ރާޖަސްތާން ރޯޔަލްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވި މެޗުގެ ތެރެއިން.--

ރާޖަސްތާން ރޯޔަލްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވި މެޗުގެ ތެރެއިން.--

މުމްބާއީ (އޭޕްރިލް 6) - އިންޑިއަން ޕްރިމއާ ލީގު (އައިޕީއެލް)ގެ ފުރަތަމަ ދެ މެޗު ބޮޑު މޮޅަކާ އެކު ކާމިޔާބުކޮށްފައިވާ ރާޖަސްތާން ރޯޔަލްސް އަތުން ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކްރިކެޓް ލީގުގެ ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގު މިދިޔަ މަހު ފަށާފައިވާއިރު، ތާވަލްގެ އެއް ވަނައިގައި އޮތީ ރާޖަސްތާން ރޯޔަލްސް އެވެ. ހަ ޓީމަކަށް ހަތަރު ޕޮއިންޓް ލިބިފައި އޮތް ނަމަވެސް ރާޖަސްތާން އެއް ވަނައިގައި އޮތީ ނެޓް ރަންރޭޓަށް ބަލާއިރު ކުރި ލިބޭތީ އެވެ. އެ ޓީމުން ވަނީ ކުޅުނު ފުރަތަމަ ދެ މެޗުގައި ސަންރައިޒާސް ހައިދްރާބާދު އާއި މުމްބާއީ އިންޑިއަންސް އަތުން މޮޅުވެފަ އެވެ.

ތިން ވަނަ މެޗުގައި ރޭ ބެންގަލޫރު އަތުން ރާޖަސްތާން ބަލިވީ ހަތަރު ވިކެޓުންނެވެ. މިއީ ބެންގަލޫރު ޖެހިޖެހިގެން މޮޅުވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ޕަންޖާބު ކިންގްސް އަތުން ބަލިވި ނަމަވެސް ދެ ވަނަ މެޗުގައި އެ ޓީމުން ވަނީ ކޮލްކަތާ އަތުން މޮޅުވެފަ އެވެ.

ރާޖަސްތާން އާއި ބެންގަލޫރު ވާދަކުރި މެޗުގެ ޓޮސް ދިމާވުމުން ބެންގަލޫރުން ނިންމީ ރާޖަސްތާނަށް ބެޓްކުރަން ފުރުސަތުދޭށެވެ. ރާޖަސްތާން ކުޅެން އަރައި ތިން ކުޅުންތެރިން ނުބައިވެގެން 169 ލަނޑު ހެދި އެވެ. އެ ޓީމުގެ އޯޕަނިން ބެޓްސްމަން ޖޯ ބަޓްލާ ނުބައިނުވެ 47 ބޯޅައިން 70 ލަނޑު ހެދިއިރު، ޝިމްރޮން ހެތުމަޔާ 31 ބޯޅައިން 42 ލަނޑު ހެދި އެވެ.

ރަނގަޅު ސްކޯއަކާ އެކު އުކަން ނުކުމެ ރާޖަސްތާނުން ރަނގަޅަށް ފެށި އެވެ. މި އިނިންގްސްގެ ހަތް ވަނަ އޯވަރާއި 8 ވަނަ އޯވަރުގައި ބެންގަލޫރުގެ އޯޕަނިން ދެ ބެޓްސްމަނުން ނުބައިކޮށް މެޗުގެ ކޮންޓްރޯލް ނެގި އެވެ. ނުވަ ވަނަ އޯވަރުގައި ބެންގަލޫރުގެ ތަރި ވިރާތު ކޯލީ ނުބައިކޮށް އޯލްރައުންޑަރު ޑޭވިޑް ވިލީގެ ވިކެޓުވެސް ނެގި އެވެ. ބެންގަލޫރުން މެޗު އަނބުރާލީ 13 ވަނަ އޯވަރުގައި ތަޖުރިބާކާރު ކުޅުންތެރިޔާ ޑިނޭޝް ކާތިކް ކުޅެން އެރުމާ އެކުގަ އެވެ. ކާތިކް އާއި ޝަހްބާޒު އަހުމަދުގެ މޮޅު ކުޅުމާ އެކު ބާކީ ފަސް ބޯޅަ އޮއްވައި އެ ޓީމުން މެޗު ކާމިޔާބުކުރި އެވެ.

މި އިނިންގްސް ގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކާތިކް ނުބައިނުވެ 23 ބޯޅައިން 44 ލަނޑު ހެދިއިރު، ޝަހްބާޒު ވަނީ 26 ބޯޅައިން 45 ލަނޑު ހަދައިފަ އެވެ. ރާޖަސްތާނަށް ބަލާއިރު، ޔުޒްވެންދްރަ ޗަހާލް ހަތަރު ހޯވަރުގައި 15 ލަނޑަށް ދެ ވިކެޓު ނެގި އެވެ. އަދި ޓްރެންޓް ބޯލްޓް ވެސް ހަތަރު އޯވަރުގައި 34 ލަނޑަށް ދެ ވިކެޓު ނެގި އެވެ.

މި މެޗުން ބަލިވި ނަމަވެސް ރާޖަސްތާން އޮތީ ތިން މެޗު ކުޅުނުއިރު ލީގުގެ އެއްވަނައިގަ އެވެ. މިރޭ ކުޅޭ މެޗުގައި މުމްބާއީގެ މައްޗަށް ކޮލްކަތާއިން ކުރި ހޯދައިފިނަމަ އެ ޓީމަށް އެއް ވަނަ އަށް ޖެހި ލެވޭނެ އެވެ. މި މެޗަށް ނުކުންނައިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މުމްބާއީ އަދި މެޗަކުން މޮޅު ނުވެ އެވެ. އަނެއްކޮޅުން އެންމެ ފަހުގެ ޗެމްޕިއަން ޗެންނާއީ ވެސް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox