ރައީސްގެ ބާރުތައް ކުޑަކޮށް ލަންކާގެ ގާނޫނު އަސާސީ އިސްލާހު ކުރަން އިދިކޮޅުން ބާރު އަޅައިފި

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ. -- ފޮޓޯ: އޮންލަންކާ

ސްރީލަންކާގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ. -- ފޮޓޯ: އޮންލަންކާ

ސްރީލަންކާގެ ރައީސްގެ ބާރުތައް ކުޑަކޮށް، ޖަވާބުދާރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރެވޭނެ ފަދަ އިސްލާހުތަކެއް ގާނޫނު އަސާސީއަށް ގެންނަން އިދިކޮޅު ލީޑަރު ސަޖިތު ޕްރޭމަދާސަ ގޮވާލައްވައިފި އެވެ.

"މި ހަފްތާގެ ތެރޭގައި އަޅުގަނޑުމެން ކުރަންވީ ކަމަކީ މިހާރު މި އޮތް ނިޒާމް ބަދަލުކުރުން. އެއީ ރައީސަށް ބޮޑެތީ ބާރުތަކެއް ލިބިދޭ ނިޒާމެއް. މިހާރު ހުރި ވަސީލަތްތަކުގެ އެހީގައި ވެސް މި ހަފްތާ ތެރޭގައި މި ބަދަލު ގެނެވިދާނެ،" އަންގާރަ ދުވަހު ކުރިއަށް ދިޔަ ޕާލިމެންޓް ބައްދަލުވުމުގައި ޕްރޭމަދާސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ބޭނުން ވަނީ ހަރުދަނާ ނިޒާމެއް. އެއީ ރައީސް އާއި ބޮޑު ވަޒީރަށް ވެސް އެކަކު އަނެކަކު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް."

އޭގެ އިތުރުން ސަރުކާރު ބަދަލު ކުރުމުގެ ދަޅަ ދެއްކުމުގެ ގޮތުން ކެބިނެޓުގެ އެކި މިނިސްޓްރީތަކުގައި ތިބި ފަރާތްތަކުގެ މެދުގައި "މިޔުޒިކަލް ޗެއާ" ކުޅޭ އިރު އެކަމުގައި އިދިކޮޅުން ބައިވެރި ނުވާނެ ކަމަށް ޕްރޭމަދާސަ ވިދާޅުވި އެވެ.

އޭނާ އެހެން ވިދާޅުވި އިރު، އިންތިގާލީ ސަރުކާރު ގާއިމް ކުރުމަށް ކަމަށް ބުނެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ އިދިކޮޅު ޕާޓީތަކުން ކެބިނެޓުގެ މިނިސްޓްރީތަކާ ހަވާލުވުމަށް ދައުވަތު ދީފަ އެވެ. ނަމަވެސް ޕާޓީތަކުން އެ ދައުވަތު ބަލައެއްނުގަތެވެ.

އަންގާރަ ދުވަހުގެ ޕާލިމެންޓު ބައްދަލުވުމުގައި ލަންކާގެ ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ އެކުވެރި ގައުމުތަކާއި ޖަމިއްޔާތަކުން ލަންކާއަށް މާލީ އެހީ ފޯރުކޮށްދޭން ތައްޔާރު ކަމަށާއި ކާރިސާއިން އަރައިގަނެވޭނެ ގޮތެއް ޕާލިމެންޓުގެ ތެރެއިން ހޯދަން ޖެހޭ ކަމަށެވެ.

އެގޮތުން އިންޑިއާ، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީ ލިބޭނެ ކަމަށާއި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ފަހުން، އަންގާރަ ދުވަހު ބޭއްވި ފުރަތަމަ ޕާލިމެންޓް ބައްދަލުވުމުގައި ބަހުސް ކުރަން ހުޅުވާލީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ އަދި ސިޔާސީ ކާރިސާއާ ގުޅޭ ގޮތުންނެވެ.

ބައްދަލުވުން ކުރިއަށް ދިޔަ އިރު ޕާލިމެންޓް ކައިރީގައި އާއްމުން ދިޔައީ މުޒާހަރާ ކުރަމުންނެވެ. އަންގާރަ ދުވަހުގެ ބައްދަލުވުން މެދުކަނޑާލީ ބުދަ ދުވަހު ހެނދުނު 10:00 ޖަހާއިރު އަލުން ބަހުސް ކުރިއަށް ދާނެކަން އިއުލާން ކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox