ޖޭއެސްސީގައި މައްސަލަ އޮތް ފަނޑިޔާރުންނަށް ރިޓަޔަވާން ހުރަސްތަކެއް!

ޖޭއެސްސީގައި މައްސަލަ އޮތް ފަނޑިޔާރުންނަށް ރިޓަޔަވާން ހުރަސްތަކެއް!

ސިއްހީ ސަބަބަކާއި ހުރެ ނުވަތަ އުމުރުން 55 އަހަރު ވުމުން އަމިއްލައަށް ރިޔަޓަޔާ ވާން ބޭނުންވާ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މައްސަލަ އޮތް ފަނޑިޔާރުންނަށް ޝަރަފުވެރި ކަމާއެކު ރިޓަޔާވެ، އިނާޔަތްތައް ހޯދުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފި އެވެ.

ކުރިން އަމަލު ކުރަމުން އައި ގަވާއިދު އުވާލާފައި ޖޭއެސްސީން ހެދި އާ ގަވާއިދުގައި އޮތް މައިގަނޑު ހަމައެކަނި ބަދަލަކީ ވެސް ރިޓަޔާވާން އެދޭ ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީގައި އޮތް ނަމަ، ރިޓަޔާވެ އިނާޔަތް ހޯދުމުގެ ފުރުސަތު ނުލިބޭ ގޮތަށް ބާބެއް އިތުރުކުރުމެވެ.

ޖޭއެސްސީއަށް ހުށަހެޅިފައިވާ ނޫނީ ބަލަމުންދާ މައްސަލައެއް ނިސްބަތްވާ ފަނޑިޔާރުން އިސްތިސްނާ ވާނެ ކަމަށް މިހާރު ގަވާއިދުގައި ލިޔެފައި އެބަ އޮތެވެ. ސުލޫކީ މައްސަލައެއް ނިސްބަތްވާ ފަނޑިޔާރަކު ރިޓަޔާ ކުރެވޭނީ އެ މައްސަލައެއް ތަހުގީގުކޮށް ނިމި، އެއާ މެދު ކޮމިޝަނުން ގޮތެއް ނިންމުމުން ކަމަށް ވެސް އޭގައިވެ އެވެ.

ރިޓަޔާ ކޮށްދޭ ފަހުން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހަޅަައިފި ނަމަ އަމަލު ކުރާނެ ގޮތެއް ވެސް ގަވާއިދުގައިވެ އެވެ. އެ ފަދަ ޝަކުވާގެ ކުޑަބޮޑު މިނަށް ބަލައި، ރިޓަޔާ ކުރުމާ މެދު ނިންމުން އޮންނަނީ ޖޭއެސްސީގެ ވަޒީފާ ކޮމިޓީއަށެވެ. އެ ކޮމިޓީން ނިންމާ ގޮތެއް ޖޭއެސްސީއަށް ހުށަހަޅަން ޖެހެ އެވެ.

މިހާރު އޮތް ޖޭއެސްސީ އެކުލެވުނު ފަހުން ފަނޑިޔާރުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް ބަލަމުން އެބަ ގެންދެ އެވެ. ފަނޑިޔާރެއްގެ މައްސަލައެއް ބެލުމަށް ފަހު ފަނޑިޔާރު ކަމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ފަހަރަށް ފޮނުވީ ވެސް މިހާރު އޮތް ޖޭއެސްސީންނެވެ. އެ ފަހުން ގިނަ އަދަދެއްގެ ފަނޑިޔާރުން ވަކި ކުރަން މަޖިލީހަށް ހުށަހަޅައި، އެ ގޮތަށް މަޖިލިހުން ފާސް ވެސް ކޮށްފައިވެ އެވެ.

ރިޓަޔާ ކުރާ ފަނޑިޔާރުން ދެވޭ އިނާޔަތްތައް

  • އެއް ފަހަރާ ދެވޭ އިނާޔަތް
  • މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް
  • އެހެނިހެން އިނާޔަތް
  • ސިއްހީ ސަބަބަކާއި ހުރެ ވަކިވާ ފަރާތްތަކަށް ދެވޭ އިނާޔަތް

އެއް ފަހަރާ ދެވޭ އިނާޔަތް

ރިޓަޔާ ކުރެވޭ ފަނޑިޔާރަކު ފަނޑިޔާރު ކަމުގައި ހިދުމަތް ކުރެއްވީ 30 އަހަރަށް ވުރެ ކުރު މުއްދަތެއްގައިނަމަ، އެ ފަނޑިޔާރު ހުރި މަގާމުގެ އަސާސީ މުސާރައިގެ 1/3 އަށްވާ މިންވަރާއި ހިދުމަތް ކުރެއްވި މުއްދަތާއި ގުނަ ކުރުމުން އަންނަ މިންވަރު އިނާޔަތުގެ ގޮތުގައި އެއް ފަހަރާ ލިބޭނެ އެވެ.

ފަނޑިޔާރު ހިދުމަތް ކުރެއްވި މުއްދަތު 30 އަހަރަށް ވުރެ ދިގު ނަމަ، ވަކިވާއިރު ފުރުއްވަމުން ގެންދެވި މަގާމުގެ އަސާރީ މުސާރައިގެ 1/2 އަށްވާ މިންވަރާއި ޚިދުމަތް ކުރެއްވި މުއްދަތާއި ގުނަ ކުރުމުން އަންނަ މިންވަރު އިނާޔަތުގެ ގޮތުގައި އެއް ފަހަރާ ލިބޭނެ އެވެ.

މުޅި އުމުރަށް މަހުން މަހަށް ދެވޭ އިނާޔަތް

މިހާރު ވެސް ރިޓަޔާވާ ނުވަތަ ރިޓަޔާކުރާ ފަނޑިޔާރުންނަށް މިހާރު ވެސް މަހުން މަހަށް ޕެންޝަންއެއް ދެވެ އެވެ. އަލަށް އެކުލަވާލާފައިވާ ގަވާއިދުގައިވާ ގޮތުން، މި އިނާޔަތް ދިނުމުގައި ހިދުމަތުގެ މުއްދަތަށް ބަލާނީ އޭނާ ރިޓަޔާ ކުރާ ތާރީހާއި އެންމެ ފަހުން ޕެންޝަން ދިން ތާރީހާއި ދެމެދަށްވާ މުއްދަތު ވެސް ހިމެނޭ ގޮތަށެވެ.

ގަވާއިދުގައި ބަޔާން ކުރާ އުސޫލުގެ ތެރެއިން ކަނޑައަޅޭ ހިދުމަތުގެ މުއްދަތުގެ އަދަދާއި ފަނޑިޔާރު ކަމުން ވަކިވާއިރު ހުރި މަގާމުގެ އަސާސީ މުސާރައިގެ 1/40 އަށްވާ މިންވަރާއި ގުނަ ކުރުމުން އަދަދުގެ ފައިސާ މަހުން މަހަށް ލިބޭނެ އެވެ. އަދި މިހާރު ވެސް ޕެންޝަނަށް ލިބޭ މިންވަރު ވެސް ލިބޭނެ ކަމުގަ އެވެ.

ޕެންޝަން ލިބެމުން އައި ފަނޑިޔާރެއް ނޫންނަމަ، އޭނާ ރިޓަޔާ ކުރި އިރު ހިދުމަތް ކުރައްވާފައިވާ ތާރީޚަށް ބަލައިގެން، އެ މުއްދަތުގެ އަދަދާއި އޭރު ހުރި މަގާމުގެ އަސާސީ މުސާރައިގެ 1/40 އަށްވާ މިންވަރާއި ގުނަ ކުރުމުން އަންނަ އަދަދު އިނާޔަތުގެ މަހުން މަހަށް ލިބޭނެ އެވެ.

އެހެނިހެން އިނާޔަތްތައް

އެހެނިހެން އިނާޔަތްތަކުގެ ތެރެއިން ލިބިދޭ އެއް އިނާޔަތަކީ މެޑިކަލް އިންޝުއަރެންސް އެވެ. އެއީ އެ ފަނޑިޔާރަކު ވަކިވާއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބެމުންދާ ވަރުގެ އިނާޔަތެކެވެ. މި ހިދުމަތް ފަނޑިޔާރުގެ އިތުރަށް އޭނާގެ އަނބިމީހާ / ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް ވެސް ލިބޭނެ އެވެ.

ސަލާމަތީ ހިދުމަތްތަކުގެ އެހީގައި ހަދާ ރިސްކް އެސެސްމަންޓަށް ފަހު ފާހަގަ ކުރެވޭ ކަންކަމަށް ރިއާޔަތްކޮށް ސަލާމަތީ ގޮތުން އެކަށީގެންވާ ރަނގަޅު ފެންވަރުގެ ހިމާޔަތާއި ރައްކާތެރިކަން ވެސް ލިބިދޭން ޖެހޭނެ ކަމަށް އެހެނިހެން އިނާޔަތްތަކުގެ ބާބުގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox