ސަރުކާރުން ވިޔަފާރިކުރާތީ އާޒިމްގެ ބޮޑެތި ފާޑުކިޔުންތަކެއް!

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންނާތީ އޭނާ މިއަދު ފާޑު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންނާތީ އޭނާ މިއަދު ފާޑު ވިދާޅުވި. ފޮޓޯ: މަޖިލީހުގެ އިދާރާ

ސަރުކާރުން މާބޮޑަށް ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ކުންފުނީގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އާޒިމް ވިދާޅުވީ ސަރުކާރުން ވިޔަފާރީގެ ތެރެއަށް ނުފޫޒު ފޯރުވާތީ ވިޔަފާރިވެރިން ޝަކުވާ ކުރާ ކަމަށެވެ. ސަރުކާރުން އެގޮތަށް ކަންތައް ކުރާ އިރު އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ ވިސްނުމެއް ނޫން، ފިކުރެއް ނޫން ވިޔަފާރީގެ ތެރެއަށް ވަނުމަކީ. އެހެން ނަމަވެސް ވަރަށް ބޮޑަށް، ވަރަށް ބޮޑަށް ދައުލަތުން ސަރުކާރުން، އަޅުގަނޑުމެންގެ ހިއްސާ އޮތް ސަރުކާރެއް [މިއީ]. ސަރުކާރުން ކުންފުނިތަކުގެ ތެރެއަށް ވަރަށް ބޮޑު ނުފޫޒެއް، ހާއްސަކޮށް ވިޔަފާރިތަކުގެ ތެރެއަށް ފޯރުވަމުންދާތީ ވިޔަފާރިވެރިން ކަންބޮޑުވޭ،" އާޒިމް ވިދާޅުވި އެވެ.

އެވާހަކަ އެގޮތަށް ދެއްކެވީމާ އެއީ ސަރުކާރާ އިދިކޮޅު ހިޔާލު ކަަަމަށް ބައެެއް މީހުން ބުނާނެ ކަމަށާއި އެކަމަކު އެއީ ވަކި މީހަކާ ދެކޮޅަށް ދައްކަވާ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަރުކާރުން ކުރާ ވަކި ކަމެއްގެ ވާހަކަ ދެއްކީމާ އެއީ އެކަމާ ގުޅޭ މިނިސްޓްރީގެ މިނިސްޓަރާ ދެކޮޅަށް ދައްކަވާ ވާހަކައެއް ނޫން ކަމަށް އާޒިމް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންނަ ވާހަކައިގެ ތަފްސީލަށް ވަޑައިގެން، ނަން ވިދާޅުނުވެ، އޭނާ ބަހުގެ ހަމަލާތައް ދެއްވީ ސީދާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާގައި އެޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ފައްޔާޒު ބޭނުންކުރައްވާ ކެމްޕޭން މޮޓޯ "ހިންގާލަން" މި ލަފުޒު ވާކައިގެ ތެރެއަށް ގެންނަވައި، އާޒިމް އެއަށް ޖޯކު ޖެއްސެވި އެވެ.

"ދައުލަތް ހިންގާލަން، ސަރުކާރު ހިންގާލުމުގެ ވިސްނުމުގައި 12 ކުންފުނި އެބަ އޮތް މި ތިން އަހަރުގެ ތެރޭ އުފައްދާފައި. ދެން އަޅުގަނޑު ބަލައިލި އިރުގައި، ހިންގާލުމުގެ ޑެފިނިޝަނަކަށް މި އޮންނަނީ ޖީބު ބޮޑުކުރުން، ދައްކާ ވާހަކައާ ކުރާ ކަންތަކާ ދިމާ ނުވުން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް އެގޮތަށް ވާހަކަ ކުރިއަށް ގެންދަވަން ފެއްޓެވުމުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު އެކަން ފާހަގަވެސް ކުރެއްވި އެވެ. އާޒިމްގެ ވާހަކަ ނިންމަވައިލެއްވި ފަހުން ވެސް ފައްޔާޒަށް ތާއީދުކުރައްވާ މެމްބަރުން އޭނާއާ "ދިމާކުރުމުގެ" ވާހަކަތައް ދައްކަވާ އަޑު އިވުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox