ލަންކާގައި ބޭހުގެ ދަތިކަމާ ހެދި ސިއްހީ ކުއްލި ހާލަތު އިއުލާންކޮށްފި

ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ

ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: އީޕީއޭ

ބޭހާއި ސިއްހީ ދާއިރާއަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވެ، ސިއްހީ ކުއްލި ހާލަތު ސްރީލަންކާގައި އިއުލާންކޮށްފި އެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމުން، ދައުލަތުން ސިއްހީ ހިދުމަތްދޭ ފެސިލިޓީތަކުގައި އަންގާރަ ދުވަހުން ފެށިގެން އިސްކަންދޭނީ އެމެޖެންސީ އަދި އަވަސް ފަރުވާއަށް އެކަންޏެވެ.

އިގްތިސާދީ ކާރިސާއެއް ކުރިމަތިވެ، ޑޮލަރުގެ ދަތިކަމާ ހެދި ލަންކާއަށް ބޭނުންވާ ޒަރޫރީ ތަކެތީ އިމްޕޯޓް ނުކުރެވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް ކަނޑައި އާއްމު ދިރިއުޅުމަށް ވަނީ ބުރޫ އަރާފަ އެވެ.

މިހާރު ލަންކާގައި ކޮންމެ ދުވަހަކު ވެސް ރައްޔިތުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރަމުންނެވެ.

އާދީއްތަ ދުވަހުގެ ރޭ ކެބިނެޓުން އިސްތިއުފާ ދިން ނަމަވެސް، ގޮތަބަޔާ ހޯމަ ދުވަހު ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ރައީސަށް އެއްބާރުލުންދީ، ކެބިނެޓުގެ މަގާމުތައް ގަބޫލުކުރުމަށް ދައުވަތު ދިން ނަމަވެސް، ޕާޓީތަކުން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެ އެވެ.

ސިއްހީ ކުއްލި ހާލަތު އިއުލާނު ކުރުން

ގަވަމަންޓް މެޑިކަލް އޮފިސާޒް އެސޯސިއޭޝަން (ޖީއެމްއޯއޭ) އިން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަކަށް ފަހު ނިންމީ ސިއްހީ ކުއްލި ހާލަތު އިއުލާން ކުރުމަށެވެ.

މުޅި ސްރީލަންކާގައި ވެސް ބޭހާއި ސިއްހީ މަސައްކަތަށް ބޭނުންވާ ސާމާނުގެ ދަތިކަން ކުރިމަތިވަމުންދާ އިރު، އެމެޖެންސީ ހިދުމަތް ދިނުމުގައި ވެސް ހޮސްޕިޓަލްތަކަށް ގޮންޖެހުންތައް އެބަ ހުރި ކަމަށް ޖީއެމްއޯއޭއިން ބުނެ އެވެ.

"ސަރުކާރާއި ހެލްތު މިނިސްޓްރީ ވެސް ވަނީ ސިއްހީ ދާއިރާ ހުއްޓުމަކަށް ނާންނަ ގޮތަށް މަސައްކަތް ކުރުމުގައި ފެއިލްވެފައި،" ޖީއެމްއޯއޭގެ ބަޔާނެއްގައި ބުންޏެވެ.

"ރައްޔިތުންގެ ދިރިހުރުމުގެ ހައްގާއި އަސާސީ ސިއްހީ ހިދުމަތުގެ ހައްގު ވެސް ސަރުކާރަށް ކަށަވަރުކޮށް ނުދެވުނު."

ސްރީލަންކާގައި އޮންނަނީ ޔުނިވާސަލް ޕަބްލިކް ހެލްތު ސިސްޓަމެކެވެ. އެ ނިޒާމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ފަންޑު ކުރާއިރު، ދައުލަތުގެ ކޮންމެ ފެސިލިޓީއަކުން ވެސް ރައްޔހިތުންނަށް ހިލޭ ބޭސް ފަރުވާ ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox