ޕެލެސް އަތްދަށުވެ އާސެނަލަށް ގެއްލުން

Apr 4, 2022, 11:33 PM
އާސެނަލްގެ ޕާޓޭ (ވ) އަތުން ބޯޅަ ހޯދަން ޕެލެސްގެ ގަލަގާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

އާސެނަލްގެ ޕާޓޭ (ވ) އަތުން ބޯޅަ ހޯދަން ޕެލެސްގެ ގަލަގާ މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް ކުޅުނު މެޗުން ކްރިސްޓަލް ޕެލެސް އަތުން 3-0 އިން ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ބަލިނުވެ ފަރުޖައްސާލައިގެން އަލުން ހަަތަރަކަށް އަރައި، ތިން ވަނައިގައި އޮތް ޗެލްސީއާ ދެ ޕޮއިންޓަށް ގާތްކޮށްލުމުގެ ފުރުސަތު އޮތް އާސެނަލް ބަލިވުމުން އޮތީ ފަސް ވަނައިގަ އެވެ.

މި ވަގުތު ލީގު ތާވަލުގެ ހަތަރެއްގައި އޮތް ޓޮޓެންހަމަށް 30 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް އާސެނަަލަށް 29 މެޗުން ވަނީ 54 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމްގެ 15 ފައިދާ ގޯލުއޮތްއިރު، އާސެނަލަށް ލިބިފައިވަނީ 10 ގޯލެވެ. ހަ ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑައި ހަތް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 51 ޕޮއިންޓް ލިބިފަ އެވެ. ވެސްޓް ހޭމް 31 މެޗު ކުޅެފައިވާއިރު، ޔުނައިޓެޑް ކުޅުނީ 30 މެޗެވެ.

އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާގެ ކޯޗުކަމުގައި ކުޅޭ ކްރިސްޓަލް ޕެލެސް އިން މި ސީޒަނުގެ ކުރީކޮޅުގައި އާސެނަލް ދަނޑުގައި ކުޅުނު މެޗުގައި ލީޑުގައި އޮތް ނަމަވެސް ފަހު ވަގުތު ވަނީ އެއްވަރުވެފަ އެވެ. އެކަމަކު، އޭގެ ބަދަލުގައި މިރޭ ކްރިސްޓަލް ޕެލެސްގެ ސެލްހަސްޓް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ޕެލެސް އިން ވަނީ ރަނގަޅު ލީޑަކާ އެކު އާސެނަލަށް ފުރުސަތެއް ނުދީ މޮޅުވެފަ އެވެ.

ޕެލެސް އިން މިރޭގެ މެޗުގެ ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއްނެގި އެވެ. އެ ގޮތުން މެޗުގެ 16 ވަނަ މިނިޓްގައި ކޮނާ ގެލަގާ ނެގި ހިލޭ ޖެހުމަކުން ޔަކީމް އެންޑަސަން ބޮލުން ޖައްސާލި ބޯޅަ ފުއްމައިގެން އަަރައި، ޖިއަން ކާލޯސް މަޓޭޓާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ފަހުން މެޗުގެ 24 ވަނަ މިނިޓްގައި އާސެނަލްގެ ފަހަތުން ހުސްވި ޖާގަ އަކަށް ބަލައި، ރަނގަޅު ވަގުތުގައި ޕެލެސްގެ އެންޑަސަން ދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޖޯޑަން އަޔޫ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، އާސެނަލްގެ އެމިލް ސްމިތު ރޯވް، ބުކާޔޯ ސަކާ އަދި މާޓިން އޮޑެގާޑަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު، މީގެއިން އެއްވެސް ބޯޅައެއްގައި ޕެލެސްގެ ކީޕަރު ވިސެންޓޭ ގައީޓާ ކައިރިން ގޯލެއް ވައްދައިނުލެވުނެވެ. މެޗު ނިމެން 15 މިނިޓަށް ވެފައި ހުއްޓައި، ޕެލެސްގެ ފަހު ގޯލު ލިބުނު ޕެނަލްޓީ އަކުން ޖެހީ ވިލްފްރިއެޑް ޒަހާ އެވެ. މިއީ ޒަހާ ހޯދި ޕެނަލްޓީ އެކެވެ.

އެފްއޭ ކަޕްގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދާފައިވާ ޕެލެސް އިން އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު 11 މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހަރަކު އެވެ. މިރޭގެ މެޗަކީ 2022 ވަނަ އަހަރު ފެށިފަހުން ޕްރިމިއާ ލީގުގައި ޕެލެސް އިން އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޭނާގެ ޓީމުން ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅެން މަސައްކަތް ކުރަމުން އަންނައިރު، މި މެޗުގައި ފެނުނީ އެ ލެވަލްގެ ކުޅުމެއް ނޫން ކަމަށެވެ. އަދި މީގެ އޮތް ގޮތަކީ މާފަށް އެދި ކުރިއަށް ހުރި މެޗުތަކުގައި ހާލަތު ރަނގަޅު ކުރުން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox